ފުވައްމުލައް ސިޓީގައި ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އަޅާ ފިޔަވަޅުތަކަކީ ކޮންމެހެން މާލެއިން ނުވަތަ އެހެން ރަށަކުން އަޅާ ފިޔަވަޅުތައް ވާން ނުޖެހޭ ކަމަށް ފުވައްމުލައް ސިޓީ ކައުންސިލް މެމްބަރު އަބްދުﷲ ނާސިރު އަހުމަދު ވިދާޅުވެއްޖެއެވެ.
ރޭ ބޭއްވި ފުވައްމުލައް ސިޓީ އިމަޖެންސީ އޮޕްރޭޝަން ސެންޓަރުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އަބްދުﷲ ނާސިރު މިހެން ވިދާޅުވީ ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ފުވައްމުލައް ސިޓީ ކައުންސިލުން އަޅާފައިވާ ފިޔަވަޅުތަކާއި މެދު ބައެއް މީހުން ޝަކުވާކޮށް އަދި ސުވާލު އުފައްދަމުން ދާތީ ކަމަށް ވިދާޅުިެއެވެ.
“މި ސިޓީގެ ކަންތައްތައް ކުރިޔަށް ގެންދިއުމަށް، މިސިޓީއިން އަހަރެމެން ވިސްނާއިރު އެ ނުޖޭހޭ ކޮންމެހެން މާލެއިން އަޅާ ފިޔަވަޅު އަޅާކަށް، ނުވަތަ އެހެން ތަނަކުން އަޅާފިޔަވަޅު އަޅާކަށް. އަހަރެމެންގެ ވަސީލަތްތަކާއި އަހަރެމެންނަށް މިކަމުން އަރައިގަތުމަށް، އަހަރެމެންނަށް މަސައްކަތް ވެވެން އޮތީ ކޮން އުސޫލަކުންތޯ، ކިހިނެތް ތޯ؟ އަދި ޚާއްސަކޮށް އަހަރެމެންގެ ކެޕޭސިޓީ ހުރީ ކިހާވަރަކަށް ތޯ ބާލާފައި ސިޓީ ކައުންސިލުން މި ފިޔަވަޅުތައް އަޅަމުން މިދަނީ” ކަމަށް ރައްޔިތުންގެ މައުލޫމާތައްޓަކައި ދަންނަވާލީ ކަމަށް ވިދާޅުވިއެވެ.
ކޮވިޑް ކޮންޓްރޯލް ކުރުމުގެ ގޮތުން ފިހާރަތަކާއި މެދު އަޅާފައިވާ ފިޔަވަޅުތަކާއި މެދު ފުވައްމުލަކުގެ ގިނަ ވިޔަފާރިވެރިންގެ ހިިތްހަމަނުޖެހުން އޮތްކަން މިކަލް ނޫހާއި ވަނީ ހިއްސާކޮށްފައެވެ. ބައެއް ފަރާތްތަކުން ސޯޝަލް މިޑީއާގައި ވެސް އެވާހަކަތައް ހިއްސާކުރަމުން ދެއެވެ. އެމީހުން ނާއި މަޝްވަރާ ކުރުމެއް ނެތި އެފަދަ ފިޔަވަޅުތަކެއް އެޅުމުން ވެސް ބައެއް ފަރާތުން ހިތްހަމަނުޖެހުން ފާޅުކުރިއެވެ.
މިފަދަ ދަތި ދުވަސްވަރެއްގައި ވަޒީފާގައި ތިބި މީހުން ގެއަށް ފޮނުވާލުމަކީ އިންސާނިއްޔަތުކަމެއް ނޫންކަމަށް ދެކޭ ކަމަށާއި އެމީހުން ގޮވައިގެން ކަނޑައަޅާފައިވާ މިންގަނޑުގެ ތެރެއިން ވެސް މިހާރަށްވުރެ ރަނގަޅަށް މަސައްކަތް ކުރެވޭނެ ގޮތެއް ހޯދެން ޖެހޭ ކަމަށް ފުވައްމުލަކުގައި ގިނަ މުވައްޒަފުން ގެންގުޅޭ ވިޔަފާރިވެރިއަކު މިކަލް ނޫހާއި ވާހަކަ ދައްކަމުން ހާމަކުރިއެވެ.
ބައެއް ވިޔަފާރިވެރިން ފާހަގަ ކުރަނީ އެޗްޕީއޭއިން އައްޑޫ ސިޓީއާއި މާލެއަށް، އަދި ބައެއް އެހެން އަތޮޅުތަކުގައި ވެސް ބަލިކޮންޓްރޯލް ކުރުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކުތެރެއިން ވިޔަފާރިތަކަށް ރޭގަނޑު 11:00 އާއި ހަމަޔަށް ޑެލިވަރީ ކުރުމުގެ ހުއްދަ ދީފައިވާއިރު ފުވައްމުލައް ސިޓީ ކައުންސިލުން އެކަން ހުއްޓުވާތީއެވެ. ހުއްދަ ނަގައިގެން ވެސް ޑެލިވަރީ މިކުރެވެނީ އިރުއޮއްސި 6:00 އާއި ހަމައަށް ކަމަށް ބުނެ މިކަލް ނޫހާއި ވާހަކަ ދެއްކި ވިޔަފާރިވެރިން ކަންބޮޑުވުން ފާޅުކުރިއެވެ. އަދި ހުއްދަ ލިބުމުގަިއ ވެސް ދަތިތަކެއް ހުރިކަމަށް ފާހަގަ ކުރެއެވެ.
ބެލެވޭ ގޮތުގައި ކައުންސިލް މެމްބަރު އަބްދުﷲ ނާސިރުގެ ވާހަކަ އަމާޒުވީ މިކަމަށެވެ. ފުވައްމުލައް ސިޓީ ކައުންސިލުން މާނަކުރާ ގޮތުތުގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން އެފަދަ ފިޔަވަޅުތައް އެޅުމުގެ ބާރު އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ 41 ވަނަ މާއްދާގެ ށ. އަދި ނ. އާއި ލާމަރުކަޒީ ގާނޫނުގެ 39 ވަނަ މާއްދާގެ ޓ. އަދި ޗ. އިން އެ ކައުންސިލަށް ލިބިދޭ ކަމަށެވެ.
އަދިއެޗްޕީއޭ ކާފިއުގެ އުސޫލުގެ ދަށުން ފިހާރަތަކުން ޑެލިވަރީއަށް ހުއްދަ ދީފައިވާ ދިނުމާއި ސިޓީ ކައުންސިލުން ޑެލިވަރީ ހަވީރު 6:00 އަށް ކުރުކުރުމާއި ތައާރަޒު ނުވާކަމަށް ސިޓީ ކައުންސިލުން ގަބޫލުކުރެއެވެ. ނަމަވެސް ބައެއް ވިޔަފާރިވެރިން ދެކެނީ އެފިޔަވަޅު އެއުސޫލާއި ވެސް ތައާރަޒުވާ ކަމަށެވެ.
އެމީހުން ބުނާގޮތަގައި ރާއްޖޭގައި ފިހާރަތަކަށް ވިޔަފާރި ގަޑިއެއްގެ ގޮތަށް ރޭގަނޑު 11:00 އާއި ހަމަޔަށް އޮންނަނީ ހުޅުވިފައި ކަމަށެވެ. ކޮވިޑްގެ މިހާލަތުގައި ތަފާތު ވެފައިވަނީ ވިޔަފާރި ކުރާ ގޮތް ކަމަށެވެ. އެގޮތުން ޑެލިވަރީގެ ގޮތުގައި ކުރުމަށް އެޗްޕީއެއިން ވަނީ ކަނޑައާޅފައި ކަމަށެވެ. މީގެ އިތުރުން އެފަރާތުން ހާމަކުރިގޮތުގައި ސިޓީ ކައުންސިލަށް އެގޮތަށް އުސޫލު ނެހެދޭނެ ކަމަށް ސިޓީ ކައުންސިލުން ހަވާލާދޭ އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ނަމްބަރުގެ ރ. އިން އެބަ ބުނާކަމަށެވެ.
އެ ވިޔަފާރިވެރިޔާ ގަބޫލުކުރައްވާ ގޮތުގައި ސިޓީ ކައުނސިލްގެ އެއުސޫލަކީ ޑިރެކްތަރ ޖެނެރަލް ކަނޑައަޅާފައިވާ އުސޫލާއި ޚިލާފު އުސޫލެއް ކަމަށެވެ.

އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ 39ވަނަ މާއްދާގެ ބައެއް
“އެހެން ރަށްތަކާއި ސިޓީތަކާއި އަޅާބަލާއިރު ފުވައްމުލައް ސިޓީ ކައުންސިލުން ވިޔަފާރިތަކާއި ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް މާބޮޑަށް ވެސް ހަރުކަށި” ކަމަށް ހަސަން އަބަދުﷲ އެޗްޕިއެއަސް ޓެގް ކުރަމުން އޭނާގެ ފޭސްބުކްގައި ލިޔެފައި ވެއެވެ.
އެޗްޕީއޭ އިން ފުވައްމުލައް ސިޓީގައި ބޭރަށް ނިކުމެ އުޅުން ހަވީރު 4:00 އަށް މަނާކުރެވިފައި ވުމުން ސިޓީ ކައުންސިލުން ގަބޫލުކުރާ ގޮތުގައި އެއިގެ ފަހުން އާއްމުންނަށް ވެސް ރަށުތެރޭގައި އުޅެވޭނީ ޚާއްސަ ހުއްދައެއް ނަގައިގެންނެވެ. އެގޮތުން ވިޔަފާރިތަކުން ވެސް ހަވީރު 6:00 އާއި ހަމަޔަށް ހުރިހާ ވިޔަފާރި މަސައްކަތެއް ނިންމާލުމަށް އެދެއެވެ.
އިއްޔެ ހަވީރުން ފެށިގެން ފުވައްމުލަކުގެ ހުރިހާ ވިޔަފާރިތަކެއް ވަނީ ފިހާރައަށް ގޮސްގެން ވިޔަފާރިކުރުން 5 ދުވަހަށް މަނާ ކޮށްފައެވެ.
އެޗްޕީ އޭގެ ކާފިއުގައި ހަވީރު 4:00 އިން ފަތިހު 4:00 އަށް އާއްމު އުސޫލެއްގެ ގޮތުން ގެއިން ބޭރަށް ނިކުމެ އުޅުން މަނާކުރެވިފައި ވާ އެހެން ރަށްރަށުގައި ވެސް ޑެލިވަރީ ކުރުން ވަނީ ރޭގަޑު 11:00 އާއި ހަމަޔަށް ހުއްދަ ދީފައިފައެވެ.
ކޮވިޑް ކޮންޓްރޯލް ކުރުމުގައި ރައްޔިތުންގެ އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންކަމަށް އަބްދުﷲ ނާސިރު ހާމަކުރެއްވިއެވެ. ރައްޔިތުންގެ އެއްބާރުލުމާއި އެކު ނޫނީ މިަކން ކާމިޔާބު ނުކުރެވެނެ ކަމަށް ވިދާޅުވިއެވެ.
މިކަމަކީ ވަރަށް ފަސޭހަކަމެއް ކަމަށާއި، ކުރަންވާ ހުރިހާ ކަމަކީވެސް ދިމާވާ ފަރާތްތައް ވީހާވެސް މަދުކުރުން ކަމަށާއި، ކޮންޓެކްޓް ބަބްލް ކުޑަކުރުން ކަމަށެވެ. އަދި އެއާއެކު އެޗްޕީއޭގެ އުސޫލުތަކާއި އެއްގޮތަށް އަމަލުތައް ބަހައްޓަންވީ ކަމަށެވެ. އެގޮތަށް އަމަލުތައް ބެހެއްޓިއްޖެ ނަމަ މިކަމުން އަރައިގަނެވޭނެ ކަމަށް ވިދާޅުވިއެވެވެ.
ޚިޔާލުތައް
Amila fihaarain maudhaa vikaa nagaa hoadheynee dhulhaheyo sihatheh gai Rayyithun thibegenneve. Maakee gai haveeru 4:00 in bandhukurinamaves mi City ge haalathah balaafai City councilun mendhire 14:00 mives bandhu kurevevi dhaane eve. LC Gaanoon ge 41 vana maaidhaa in ikhithiyaaru libe eve