A wide advertisement which will be shown on all devices. (700 x 100)

ސިތާނާ ސްޓޯރުގެ ކަސްޓަމާ އެޕްރިސިއޭޝަން ނައިޓް ގިނަ ފަރާތްތަކަކަށް އިނާމު

ސިތާނާ ސްޓޯރުގެ ކަސްޓަމަރުންނަށް އިނާމު ދިނުމުގެ ހަފުލާގައި 1-5އަށް އިނާމު ހާސިލުކުރި ފަރާތްތައް 2022

ފުވައްމުލަކު ސިތާނާ ސްޓޯރުން ފާހަގަކުރަމުން އަންނަ ކަސްޓަމާ އެޕްރިސިއޭޝަން ނައިޓް ހަފުލާ ބާއްވައި ގިނަ ފަރާތްތަކަކަށް އިނާމު ދީފިއެވެ. މީގެ އިތުރުން މިހަފުލާގައި ވަނީ މުޅިން އަލަށް ބަސްމަތީ ރައީސް އަލީޝާން އާއި ޖޫހެއް ކަމަށްވާ ފުރުޓާޒް ފުވައްމުލަކަށް ތައާރަފުކޮށްފައި ވެއެވެ.

ކަސްޓަމާ އެޕްރިސިއޭޝަން ނައިޓް ހަފުލާގައި އިނާމު ދީފައި ވަނީ 2021 ވަނަ އަހަރުން 2022 ވަނަ އަހަރާއި ހަމަޔަށް ސިތާނާ ސްޓޯރުގެ ލޯޔަލް ކަސްޓަމާ ޕްރޮގްރާމުގައި ބައިވެރިވެ އެންމެ ގިނައިން ވިޔަފާރި ކުރި ފަރާތްތަކަށެވެ.

ސިތާނާ ސްޓޯރުގެ ކަސްޓަމަރުންނަށް އިނާމު ދިނުމުގެ ހަފުލާގައި 1-5އަށް އިނާމު ހާސިލުކުރި ފަރާތްތައް 2022

އިނާމު ދިނުމުގެ ހަފްލާގައި ވާހަކަ ދައްކަމުން އެފިހާރައިގެ ފަރާތުން ބުނެފައިވަނީ މިއީ ސިތާނާ ސްޓޯރުގެ ލޯޔަލްޓި ކަސްޓަމަރުންގެ އަގު ވަޒަންކުރުމުގެ ގޮތުން ކުރިޔަށް ގެންދާ ޕްރޮގްރާމެއް ކަމަށެވެ. މިޕްރޮގްރާމުގެ ދަށުން ކޮންމެ މަހެއް ނިމިގެން ވެސް ކަނޑައެޅޭ ވަކި އިނާމުތަކެއް ދިނުން އޮވެއެވެ. އަދި މުޅި އަހަރުދުވަހު ސިތާނާ ސްޓޯރުގެ ކަސްޓަމާ ލޯޔަލްޓީ ޕްރޮގްރާމުގެ ތެރެއިން އެންމެ ބޮޑެތި ވިޔަފާރިތައް ކޮށްފައިވާ ފަރާތްތަކަށް އިނާމު ދިނުން ވެސް ބާއްވައެވެ.

މިފަހަރުގެ ހަފުލާގައި 50 ފަރާތަކަށް އިނާމު ދީފައި ވެއެވެ. މި އިނާމުތަކުގެ ޖުމްލަ އަގު 2 ލައްކަ ރުފިޔާއަށް ވުރެ އިތުރު ކަމަށް ހަފުލާގައި ސިތާނާ ސްޓޯރުން ހާމަކުރިއެވެ.

އެއްވަނަ އިނާމަށް ލިބިފައި ވަނީ 65 އިންޗީގެ ޓީވީއަކާއި ވޫފާރު ސިސްޓަމެކެވެ. މި ސިބްކޯއިން ދިން މިއިނާމު ލިބުނީ ފާތިމަތު ވަހީދާ ، ޒެސްޓް

2 ވަނަ އިނާމު: އައިސް ލަމާރި – ފާތިމަތު މޫސާ އާފް

3 ވަނަ އިނާމު: ލެޕްޓޮޕް – އައިޝަތު ފަސީހާ، ކޭދަޑު

4 ވަނަ އިނާމު: ޗެސްޓް ފްރީޒާ – ފާތިމަތު ވަހީދު، ހަވާނާ

5 ވަނަ އިނާމު: އެއާކޮނޑިޝަނާ- މަޒީނާ މުހައްމަދު، ބަޑިޔާވަލް

ސިތާނާ ސްޓޯރުގެ ކަސްޓަމަރުންނަށް އިނާމު ދިނުމުގެ ހަފުލާގައި އައު ޕްރޮޑަކްޓް ތައާރަފު ކުރުން 2022

6-11 އަށް އިނާމު ދީފައިވަނީ ރެޑްބުލް – ޔޫރޯ ސްޓޯރު އިންނެވެ. އިނާމުތަކުގެ ތެރޭގައި މައިކްރޯވޭވް އަވަން، އަވަނާއެކު ހުންނަ ގޭސް އުނދުން، އައިސްއަލަމާރި، ޓީވީ، ފްރޮންޓްލޯޑް ދޮންނަ މެޝިން، ހިމެނެއެވެ. 2-އިން 5 އަށް ލިބިފައި ވަނީ އެއާކޮންޑިޝަނާ އާއި ޗެސްޓް ފްރީޒާ، ލެޕްޓޮޕް، ބޮޑު އައިސް އަލަމާރިއެކެވެ. މިއިނާމުތައް ދީފައިވަނީ ޕޮއިންސް އިންނެވެ.

12- 20 ވަނަ އަށް ދިން އިނާމުތަކުގެ ތެރޭގައި މައިކްރޯވޭވް އަވަން އާއި، ކަރަންޓް އަވަން، ބްލެންޑާ، ކުކާ، ހެވީ ޑިއުޓީ ހޭންޑް މިކްސާ، ގޭސް އުނދުން ހިމެނުނެވެ. މި އިނާމުތައް ދީފައިވަނީ ޓްރޭޑްއެކްސް އިންނެވެ.

31 އިން 40 އާއި ދެމެދުގެ ކަސްޓަމަރުންނަށް ވަނީ ވަގުތުން އިނާމު ދީފައެވެ. މިއނާމުތައް ހަދިޔާކޮށްފައި ވަނީ ހެޕީ މާކެޓުންނެވެ. 21-30 ވަނަ އަށް އިނާމު ހަދިޔާކޮށްފައި ވަނީ ވެސްޓްރޭޑް އިންނެވެ. އިނާމުގެ ތެރޭގައި ސޭންޑްވިޗް މޭކާ، ރައީސް ކުކާ، ގޭސްކުކާ ހިމެނެއެވެ.

އައު ޕްރޮޑަކްޓް ލޯން ކުރުމުން ރަހަ ބެލުން… 2022

41 ވަނަ އިން 50 ވަނައަށް ދީފައިވަނީ ފައިސާގެ ވައުޗާއެވެ. ނުވަތަ އިނާމު ވައުޗާގައި ވާ އަދަދަށް އެފިހާރައިން ތަކެތި ލިބޭނެ ފުރުސަތެވެ.

ކަސްޓަމާ އެޕްރިސިއޭޝަން ނައިޓްއަކީ ކަސްޓަމަރުންގެ އަގު ވަޒަންކޮށް، ކަސްޓަމަރުންނާއި ގާތް ގުޅުމެއް ބޭއްވުމުގެ މަޤްސަދުގައި 2014 ވަނަ އަހަރު ބާއްވަމުން އަންނަ ނައިޓެއްކަމަށް ސިތާނާ ސްޓޯރުން  ކުރިން މައުލޫމާތު ދީފައި ވެއެވެ.

 

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !