އަމިއްލަ ވިޔަފާރިތަކުން އެހީގެ ޕްރޮގުރާމްއަށް ހުށަހެޅެމަށް ފަހި ފުރުސަތެއް

އަމިއްލަވިޔަފާރި ކުރާ ފަރާތްތަކަށް ގްރާންޓް އެހީ ހޯދުމަށް އެހީތެރިވަނީ
Share on facebook
Share on twitter
Share on google

އަމިއްލަ ވިޔަފާރިކުރާ ފަރާތްތަކަށް އިކޮނޮމިކް މިނިސްޓްރީއިން ހިންގާ އެހީގެ ޕްރޮގުރާމްއަށް އެދުމުގައި އެހީތެރިކަން ދިނުމުގެ ޚާއްސަ ހަރަކާތަތްތަކެއް ފުވައްމުލައް ސިޓީގައި ކުރިޔަށް އެބަ ގެންދެއެވެ.

އެގޮތުން މި އޮކްޓޯބަރު މަހު 27-31 އަށް ފުވައްމުލައް ސިޓީ ކުރުނދުމާ މާލަމުގައި އެހީއަށް އެދޭ ފޯމް ފުރިހަމަކޮށްދިނުމާއި ފޯމު ހުށަހަޅައި ދިނުމުގައި އެހީތެރިވުމަށް ޑެސްކުތަކެއް ބަހައްޓައިގެން އަންނަނީ ހަރަކާތްތެރިވަމުންނެވެ.  މިއީ އަމިއްލައަށް ވިޔަފާރި ކުރާ ފަރަޓްތަކަށް އެހީގެ ޕްރޮގުރާމްއަށް ހުށަހެޅެމަށް  ލިބިގެންދާ ފަހި ފުރުސަތެކެވެ.

އަމިއްލަވިޔަފާރި ކުރާ ފަރާތްތަކަށް ގްރާންޓް އެހީ ހޯދުމަށް އެހީތެރިވަނީ

ތިރީގައި ފާހަގަ ކޮށްފައި އެވާ ދާއިރާތަކުން މަސައްކަތް ކުރާ ފަރާތްތަކުން އެހީތެރިކަން ބޭނުންނަމަ ކަނޑައެޅިފައިވާ ދުވަސްތަކުގެ ހެނދުނު 9:00އިން ހަވީރު 4:00އަށް ކުރުންދުމާ މާލަމަށް ވަޑައިގަތުމުން އިކޮނޮމިކް މިނިސްޓްރީގެ އޮފިޝަލުންގެ ފަރާތުން އެހީތެރިކަން ލިބިގެންދާނެ އިންތިޒާމު ހަމަޖައްސާފައި ވެއެވެ. އެގޮތުން ވިޔަފާރިއާއި ގުޅޭ މައުލޫމާތު ދިނުމާއި އެހީ ހޯދުމަށް ކުރަން ޖެހޭ ކަންތައްތައް ކުރުމުގައި އެހީތެރިކަން ލިބިގެންނެ ކަމަށް ވެއެވެ.

މިއީ ފުވައްމުލަކު ސިޓީ ކައުންސިލާއި ފުވައްމުލައް ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ އާއި ޖޮބް ސެންޓަރު އަދި ބިޒްނަސް ސެންޓަރު ކޯޕަރޭޝަން އާއި ގުޅިގެން ހިންގާ “ސެލްފް އެމްޕޮލޮއިޑް ސަޕޯރޓް ގުރާންޓު”ނަމުގައި ކުރިޔަށް ގެންދާ މަޢުލޫމާތު ދިނުމުގެ ސެޝަންތަކެކެވެ.

އެގޮތުން ގްރާންޓް އެހީ ދިނުމަށް ހުޅުވާލާފައިވާ ވިޔަފާރީގެ ދާއިރާތަކަކީ:

ކާބޯތަކެތި އުފެއްދުމުގެ މަސައްކަތަށް

އަތްތެރިމަސައްކަތަށް

ބިއުޓީ އަދި މޭކަޕް ކުރުމުގެ މަސައްކަތްތަކަށް

ފޮޓޯގްރަފީ އަދި ވީޑިއޯ ގްރަފީގެ މަސައްކަތްތަކަށް

ފެހުމާއި ޓެކްސްޓައިލްގެ މަސައްކަތްތަކަށް

އައިސީޓީ ނުވަތަ އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީގެ މަސައްކަތްތަކަށް

ކްރިއޭޓިވް އާޓްސް އަދި މިއުޒިކްގެ ކަންކަމަށް

ކުޅިވަރު އަދި ފިޓްނަސްގެ ކަންކަމަށް

މިކަމާއި ގުޅޭ ގޮތުން އިތުރު މައުލޫމާތު ބޭނުންވާ ފަރާތްތަކުން ގުޅުމަށް ހަމަޖެހިފައި ވަނީ 7484900 އެވެ.

No Article rating
0 Reviews
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments