A wide advertisement which will be shown on all devices. (700 x 100)

މަހަށް ނިކުމެއުޅުނު މަސްވެރިއަކަށް ހާޓްއެޓޭކެއް ޖެހިގެން ސީއެންބިއުލަންސްގައި ފުވައްމުލަކަށް ގެނެސް ފަރުވާދީފި

ފުވައްމުލަކުގެ ބޭރުން 11 ނޯޓިކަލް މޭލުގައި މަސްވެރިކަން ކުރަމުންދިޔަ އުފާ ނަމަކަށް ކިޔާ މަސްދޯނީގެ ފަޅުވެރިއަކަށް ދިމާވި ކުއްލި ސިއްހީ މައްސަލައަކާއި ގުޅިގެން އޭނާ ފުވައްމުލަކަށް ގެނެސް ފަރުވާދޭން ފަށައިފިއެވެ. ސިއްހީ ކުއްލި މައްސަލައެއް ދިމާވެފައިވަނީ އުފާ ނަމަކަށް ކިޔާ ދޯނީގެ ކެޔޮޅަށެވެ. ކެޔޮޅަކީ ފުވައްމުލަކުން މީހަކާ އިދެގެން އުޅޭ ގދ ތިނަދޫ މީހެއްކަމަށް މިކަލް ނޫހަށް މައުލޫމާތު ލިބެއެވެ.

ފުވައްމުލަކުގެ ބޭރުން ރޭ މަހަށް ނިކުމެފައިވާ އުފާ ދޯނި އޮތީ މިއަދު މަސްބާނައިގެން ފުވައްމުލަކަށް އަންނަ ގޮތަށެވެ. ނަމަވެސް، މިއަދު ހެދުނު އެދޯނީގެ ކެޔޮޅަށް ދިމާވި ސިއްހީ މައްސަލައާއި ގުޅިގެން އެދޯނި ފުވައްމުލަކަށް މިސްރާބު ޖެހިނަމަވެސް ލަސްވާތީވެ އެމްއެންޑީއެފްގެ އެހީގައި ފުވައްމުލަކަށް ގެނެވުނު ކަމަށް މިކަލް ނޫހުގެ ރިޕޯޓަރު ހާމަކުރެއެވެ. އޭނާ ހޮސްޕިޓަލަށް ގެންދެވުނުއިރު ހުރީ ހާޓްއެޓޭކެއް ޖެހިފައިކަމަށާއި އިތުރު ފަރުވާއަށް މިރޭ މާލެ ފޮނުވާލުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ފުވައްމުލަކު ހޮސްޕިޓަލުން ބުންޏެވެ.

އުފާ ދޯނީގެ ކެޔޮޅަށް ސިއްހީ މައްސަލަ ދިމާވިއިރު 4 ވަރަކަށް ޓަނުގެ މަސްބޭނިފައިވާ ކަމަށްވެސް މިކަލް ނޫހުގެ ރިޕޯޓަރު ހާމަކުރެއެވެ. އެމަސްތައް މިއަދު ވަނީ ފުވައްމުލަކަށް ގެނެސް ވިއްކާލާފައެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !