A wide advertisement which will be shown on all devices. (700 x 100)

މަލީހު ޕީޕީއެމް އާއި ގުޅިވަޑައިގެންފި

ކުރީގެ ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލިޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ޕީޕީއެމް އާއި ގުޅިވަޑައިގެންފިއެވެ. ޕީޕީއެމް އޮފީހުގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މަލީހުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ 2 މެންބަރަކުވެސް ޕީޕީއެމް އާއި ގުޅިވަޑައިގަތެވެ. އެދެމެންބަރުންނަކީ ތުލުސްދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ވަހީދު އިބްރާހީމް (ލޯޔަރު ވައްޑޭ) އާއި ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެންބަރު އަހްމަދު އަބްދުލްކަރީމް އެވެ.

މި ތިން ބޭފުޅުންގެ މެންބަޝިޕްގެ ފޯމް ހަވާލުވެވަޑައިގަތީ ޕީޕީއެމް / ޕީއެންސީ ކޯލިޝަން ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.

މަލީހަކީ މިސަރުކާރުގެ ފުރަތަމަ ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މަލީހު މިސަރުކާރުގެ ފުރަތަމަ ކޮމިއުނިކޭޝަން މިނިސްޓަރު ކަމާއި ހަވާލުވެވަޑައިގަތީ ޖޭޕީގެ ޓިކެޓެއްގައެވެ. މަލީހަކީ ނިމިދިޔަ ސަރުކާރުގެ ފުރަތަމަ ޔޫތު މިނިސްޓަރުވެސް މެއެވެ

އަހްމަދު އަބްދުލްކަރީމް މިހާތަނަށް ހުންނެވީ އެމްޑީޕީގެ މެންބަރެއްގެ ގޮތުގަ އެވެ. އޭނާ ވަނީ މާލޭ ސިޓީގައި އެމްޑީޕީގެ ކައުންސިލަރެއްގެ ގޮތުގައިވެސް ކުރިން މަސައްކަތް ކުރައްވާފަ އެވެ. އަދި ނިމިދިޔަ ކައުންސިލް އިންތިހާބުގައި މާލޭގެ މިހާރުގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އެ މަގާމަށް އިންތިހާބު ކުރުމަށްޓަކައި ރުކުމާ އަހްމަދު ވަނީ މުއިއްޒުއާ އެކު ވަރަށް ގިނަ މަސައްކަތްތައް ކުރައްވާފަ އެވެ.

ލޯޔަރު ވައްޑޭ މިހާތަނަށް ހުންނެވީ ޖުމްހޫރީ ޕާޓީގަ އެވެ. އެކަމަކު ޖޭޕީ އަށް ސޮއި ކުރެއްވުމުގެ ކުރިން ވައްޑޭ ހުންނެވީ ޕީޕީއެމްގަ އެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !