ފުވައްމުލައް ސިޓީގެ ތަރައްޤީގެ ޕްލޭން 2022-2026 އެކުލަވާލުމަށްޓަކައި ރައްޔިތުންގެ ޚިޔާލު ހޯދުމަށް ބާއްވާ ދެވަނ އަދި 3 ވަނަ ބައްދަލުވުން މިރޭ އޮންލައިން ކުރިޔަށް ގެންދަން ތައްޔާރުވެއްޖެއެވެ.
މިއީ އިދާރީ ދާއިރާތައް ލާމަރުކަޒީކޮށް ހިންގުމުގެ ގާނޫނު 7/2010 ގެ ދަށުން އެކުލަވާލަން ޖެހޭ ތަރައްގީގެ ޕްލޭން އެކުލަވާލުމަށް ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ގޮތުން ކުރިޔަށް ގެންދާ ބައްދަލުވުންތަކެއް ކަމަށް ސިޓީ ކައުންސިލުން ހާމަކުރައްވައެވެ.
އެގޮތުން ބޭއްވި ފުރަތަމަ ބައްދަލުން މި ޖުލައި މަހު 18 ވަނަ ދުވަހުގެ ރޭ ވަނީ ކުރިޔަށް ގެންގޮސްފައެވެ. އެބައްދަލުވުމުގައި ޚިޔާލު ހޯދާފައިވަނީ ވިޝަނެއް އެކުލަވާލުމާއި ގުޅޭ ގޮތުންނެވެ.
ފުވައްމުލައް ސިޓީގެ ތަރައްޤީގެ އައު ޕްލޭނެއް އެކުލަވާލުމަށްޓަކައި ކުރިޔަށްގެންދާ 2 ވަނަ ބައްދަލުވުން މިރޭ 8:30 އަށް ތާވަލު ކުރެވިފައިވާ ބައްދަލުވުމުގެ މައުޟޫއަކީ ވިޔަފާރިއާއި އާއްމު އިގުތިޞާދެވެ.

ތަރައްގީގެ ޕްލޭނަށް ޚިޔާލުހޯދުމުގެ 3 ވަނަ ބައްދަލުވުން މިރޭ، 21 ޖުލައި 2021.
މީގެ 3 ވަނަ ބައްދަލުވުން މިރޭ 10:00 އަށް ތާވަލު ކުރެވިފައިވާއިރު މިބައްދަލުވުން ޚާއްސަ ކުރެވިފައިވަނީ ފަތުރުވެރިކަމަށެވެ. މިއިން ކޮންމެ ބައްދަލުވުމެއް ވެސް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ދޮޅު ގަޑިއިރުގެ ވަގުތަށެވެ.
މިރޭގެ ބައްދަލުވުންތައް ކުރިޔަށް ގެންދަނީ ކްލަބްހައުސްގައި ވެއެވެ. އަދި މި ބައްދަލުވުން ތައް ސިޓީ ކައުންސިލްގެ ފޭސްބުކް ޕޭޖުން ލައިވް ކުރާނަކަން ސިޓީ ކައުންސިލުން ވަނީ އިއުލާންކޮށްފައެވެ.
އެންމެ ފަހުން އެކުލަވާލި ފުވައްމުލައް ސިޓީގެ ތައްރައްގީގެ ޕްލޭން 2019-2023 އަށް އަކީ ފުވައްމުލައް ސިޓީ ކައުންސިލުން ރަށުގެ ތަރައްގީއަށް ކުރިޔަށް އޮތް 5 އަހަރަށް ކުރަން ރާވާފައިވާ ކަންތައްތައް ހިމެނޭ 5 އަހަރު ދުވަހުގެ ތަރައްގީގެ ޕްލޭނެކެވެ. އެ ޕްލޭނުން ހާސިލުކުރެވިފައި ވަނީ ކިހާ މިންވަރެއްތޯ ވެސް ބަލާލަން ޖެހެއެވެ. ތަރައްގީގެ ޕްލޭނުގައި ހިމަނާ ހުރިހަ ކަމެއް އެމުއްދަތުގައި ހާސިލު ނުވެދާނެއެވެ. އަދި އެކަންތައްތައް ހާސިލުނުވުމަށް މެދުވެރިވި ސަބަބުތައް ވެސް ކައުންސިލް ދައުރު ނިމޭއިރު އެކައުންސިލްކުން ހާމަކުރުމަކީ ރައްޔިތުންނަށް ކަންކަން ސާފުވެގެން ދާނެ މަގެކެވެ.
މާދަމާ ޜެގެ މައުޝޫތަކަކީ ފުރަތަމަ ބައްދަލުވުން މަސްވެރިކަން އަދި ދެވަނ ބައްދަލުވުން ދަނޑުވެރިކަމެވެ.
މިރޭ ބައްދަލުވުމުގައި ބައިވެރިވުމަށް:
ކްލަބްހައުސް މެދުވެރިކޮށް: ވިޔަފާއރިއާއި އާއްމު އިގްތިޞާދު
ކްލަބްހައުސް މެދުވެރިކޮށް: ފަތުރުވެރިކަން

ފުވައްމުލައް ސިޓީ ޕްލޭން 2022-2026 ބައްދަލުވުންތަކުގެ ތާވަލް
ޚިޔާލުތައް
Kobaitho Islam dheen kuriaruvan oy planaky