A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލައް ސިޓީއިން ކަރަންޓާއި ފެނުގެ ޚިދުމަތް ކެނޑިއްޖެ

ފުވައްމުލަކު ސިޓީއިން ކަރަންޓާއި ފެނުގެ ޚިދުމަތަށް ކެނޑިއްޖެއެވެ. ރޭ ފަތިހު ގާތްގަޑަކަށް 4.45 ހާކަށްއިރު މުޅި ފުވައްމުލަކުން ކުއްލިއަކަށް ކަރަންޓު ދިއުމުގެ ސަބަބުން ފެނުގެ ޚިދުމަތާއި ކަރަންޓު ޚިދުމަތް ކެނޑުނު ނަމަވެސް މިހާރު ބައެއް ހިސާބުތަކަށް ކަރަންޓްގެ ޚިދުމަތް މިހާރު ވަނީ ދެވިފައެވެ. ފެނުގެ ޚިދުމަތް ކެނޑިފައިމިވަނީ ކުއްލިއަކަށް މުޅި ރަށުން ކަރަންޓް ދިއުމުގެ ސަބަބުންކަމަށް ފެނަކަ ކޯޕަރޭޝަނުން ހާމަކުރެއެވެ.

ފުވައްމުލަކު ސިޓީއިން ކަރަންޓު ކެނޑިފައިމިވަނީ މިސިޓީގެ މައި ޓްރާންސްފޯމަރަށް ދިމާވި މައްސަލައަކާއި ގުޅިގެންކަމަށް ފެނަކަ ފުވައްމުލަކު ގޮފިން ހާމަކުރެއެވެ. މިހާރު ޓްރާންސްފޯމަރެއް ފުވައްމުލަކަށް ގެނައުމުގެ މަސައްކަތް ކުރިއަށް ދާކަމަށާއި މިކަމަށް 24 ވަރަކަށް ގަޑިއިރަށްވުރެ ގިނަ ވަގުތު ހޭދަވެދާނެ ކަމަށްވެސް ފެނަކައިން ބުނެފައިވެއެވެ.

ޓްރާންފޯމަރަކީ ބަރުދަނުގައި ގާތްގަނޑަކަށް 8-9 ޓަނު ހުންނާނެ ކަަމަށާއި އެހެންކަމުން ޓްރާންސްފޯމަރު ގެނައުމަކީ އުދަގޫ ކަމެއް ކަަމަށް ފެނަކަ ފުވައްމުލަކު ބްރާންޗުް ބުނެފައިވާ ކަމަށް މިހާރު ނޫހުން ރިޕޯޓުކުރެއެވެ.

މިވަގުތު ކަރަންޓްގެ ޚިދުމަތް ޚިދުމަތް ފޯރުކޮށްދެވިފައިވަނީ ލޯވޮލްޓޭޖުގައި ފުވައްމުލަކުގެ ބައެއް ސަރަހައްދުތަށެވެ.

ފުވައްމުލަކުން ކަރަންޓް ކެނޑުމުގެ މައްސަލަ މީގެ ކުރިންވެސް ވަނީ ދިމާވެފައެވެ. އެމައްސަލަތަކަށް ހައްލެއް ހޯދުމަށް 2019 ވަނަ އަހަރު ފަހުކޮޅުގައިވަނީ ހައި ވޮލްޓޭޖް ކޭބަލާއި ޓްރާންސްފޯމަރުވެސް ފުވައްމުލަކަށް ގެނެސްފައެވެ. އަދި ފުވައްމުލަކު އިންޖީނުގޭގެ ޖާގައިގެ ދަތިކަމާއި ގުޅިގެން އެކަމަށް ހައްލެއް ހޯދުމަށް އާ އިންޖީނުގޭގެ ބިންގާ ވަނީ މިދިޔަ އެޕްރީލް މަހު 8 ވަނަ ދުވަހު އަޅާފައެވެ.

ފުވައްމުލަކު އާ އިންޖީނުގޭގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފެނަކަ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓާ ސައީދު ވިދާޅުވީ އެއްމަސް ދުވަސްތެރޭ އާ އިންޖީނު ގޭގެ މަސައްކަތް ފެށި 18 މަސްދުވަސްތެރޭ ނިމޭނެކަމަށެވެ. 260 މިލިއަން ރުފިޔާގެ އެޕްރޮޖެކްޓް ނިމުމުން ފުވައްމުލަކަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލައަށް ހައްލެއް ލިބޭނެ ކަމަށްވެސް ސައީދު ވިދާޅުވިއެވެ.

“ފެނަކައިގެ އައު އިންޖީނުގޭގެ ބިންގާއެޅުމުގެ ރަސްމިއްޔާތުގައި ތިބީން. 8 އޭޕްރީލް 2021 މިއީ އެއްވެސް ހާލެއްގައި ހުޅަނގު މޫސުމަށް ދިޔަދޮވި ލައި، އިރުވައި މޫސުމަށް އަޅުގަނޑުމެން ފުރާޅުގައި، ޖަހާ، އަޅާ ސަތަރިގަނޑެއް ނޫން. އެއީ  ފަލަމަޑީގެ ގަހަކަށްނުވެ ތިޔަ ރައްޔިތުންނަށް 18 މަސް ދުވަހުގެތެރޭގައި ޚިދުމަތް ދިނުމަށް އަޅުގަނދުމެން އެޅި ބިންގަލެއް” އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފެނަކަ މެނޭޖިން ޑިރެކްޓާ ސައީދު ވިދާޅުވިއެވެ.

 

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !