A wide advertisement which will be shown on all devices. (700 x 100)

މާދަމާ އަކީ ޏ.އަތޮޅު ތައުލީމީ މަރުކަޒު ހޯލުގައި ވެކްސިން ދޭ ފަހު ދުވަސް

މި ޖުލައި މަހު ވެކްސިން ޖެހި މީހުން - ފުވައްމުލައް ސިޓީ. 5 އޮގަސްޓ 2021

މާދަމާ އަކީ ޏ.އަތޮޅު ތައުލީމީ މަރުކަޒު (ޏ.އޭއީސީ) ހޯލުގައި ކޮވިޑް-19 ވެކްސިން ދޭ ފަހު ދުވަސް ކަމަށް ފުވައްމުލަކު ހޮސްޕޓަަލުން ހާމަކޮށްފިއެވެ.

މާދަމާ، 7 އޮގަސްޓް 201 ވާ ހޮނިހިރު ދުވަހު ޏ.އޭއީސީ ހޯލުގައި އެސްޓްރަޒެނިކާ ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ  މެންދުރު 1:30 އިން ހަވީރު 4:00 އަށެވެ. އަންނަ ހަފުތާގައި ސްކޫލްތައް ހުޅުވޭތީ ދެން ކޮވިޑް-19ގެ ވެކްސިން ދިނުން ބަދަލުކުރަނީ ފުވައްމުލަކު ހޮސްޕިޓަލަށެވެ. މާދަމާއަށް ފަހު އެސްޓްރަޒެނިކާ ވެކްސިންގެ ފުރަތަމަ ޑޯޒް އައި ދެވަނަ ޑޯޒް ވެސް ޖެހުމަށް ހަމަޖެހިފައި ވަނީ އެހޮސްޕިޓަލުގެ ގަރާޖު ސަރަހައްދުގައެވެ.

މާދަމާއަށް ފަހު ވެކްސިން ސެންޓަރު ހޮސްޕިޓަލަށް ބަދަލުވަނީ

އާބާދީގައި ހިމެނީ 12 އަހަރުން މަތީގެ ކުދިންނަށް ވެކްސިން ޖެހުމުގެ ތައްޔާރީތަށް ފަށާފައިވާ ކަމަށާއި، ސްކޫލް އުމުރުގެ ކުދިންނަށް ޖެހުމަށް ޚާއްސަކުރެވިފައިވަނީ ފައިޒާ ވެކްސިން ކަމަށް މައުލޫމާތު ލިބެއެވެ.

އާބާދީގެ %90 މީހުނަށް ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ވެފައިވާ ރަށްތަކަށް ދަތުރުކުރާއިރު ޕީސީއާރު ޓެސްޓް ހަދަން ނުޖެހޭ ގޮތަށް އެޗްޕީއޭގެ އުސޫލުތައް ވަނީ ބަދަލުގެނެސްފައެވެ. އަދި އެއި ގެސްޓް ހައުސް ހިމެނޭ ރަށެއްނަމަ މިއަދަދު ވާންޖެހެނީ %95 އަށެވެ. އެޗްޕީއޭގެ މިއުސޫލުގައި އިންސައްތަ ބަލާއިރު ބަލަން ޖެހޭނީ އެރަށެއްގައި ދިރިއުޅޭ އާބާދީއަށް ކަމަށް ބެލެވެއެވެ. އަދި މިއުސޫލާއެކު ގިނަ ރަށްތަކަކުން އަވަހަށް މިއަދަދުތަކަށް ވެކްސިން ޖެހިމުހުންގެ އަދަދު އިތުރުކުރުމަށް ވަނީ ފޯރިއާއެކު މަސައްކަތް ފަށާފައެވެ.

މިކަލް ނޫހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން ފުވައްމުލައް ސިޓީގައި ދިރިއުޅޭ މީހުންނަށް 5 އޮގަސްޓް 2021 އާއި ހަމަޔަށް ކޮވިޑް-19ގެ ވެކްސިން، ޖެހިފައި ވަނީ، ރަށުގައި ދިރިއުޅޭ އާބާދީ މިކަލް ނޫހުގެ އަންދާޒާއަށް 7735 މީހުންކަމަށް ބަލާއިރު ފުރަތަމަ ޑޯޒް %77.9 އަދި ދެވަނަ ޑޯޒް %65.6 މީހުންނަށް ޖެހިފައި ވެއެވެ.

ފުވައްމުލައް ސިޓީގައި ދިއިރުޅޭ އާބާދީ އެންމެ ފަހުން ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (2021) ގައި އަންދާޒާ ކޮށްފައިވާ 9963 މީހުންކަމަށް ބަލާނަމަ ފުރަތަމަ ޑޯޒް %60.5 އަދި ދެވަނަ ޑޯޒް %51.0 މީހުންނަށެވެ.

ނަމަވެސް ރޭ ފުވައްމުލައް ސިޓީ ކައުންސިލުން ބޭއްވި މައުލޫމާތު ދިނުމުގެ ސެޝަންއެއްގައި ޑިރެކްޓަރ މަސީހު ވިދާޅުވީ ފުވައްމުލައް ސިޓިގެ އާބާދިގެ %71 މީހުނަށް ވެކްސިން ޖެހިފައިވާ ކަމަށެވެ. ނމަަވެސް މަސީހު އެވިދާޅުވީ ކޮން އާބާދީއެއްގެ މީހުންނަށް ވެކްސިން ގެ ކިތައް ޑޯޒް ފުރިހަމަ ވުންކަން ތަފުސީލުކޮށްދީފައެއް ނުވެއެވެ.

ނަމަވެސް ފުވައްމުލައް ސިޓީއިން މިހާތަނަށް ވެކްސިން ޖެހުނު ކަމަށް މިނިސްޓްރި އޮފް ހެލްތުގެ ވެކްސިންގެ ތަފާސް ހިސާބުތައް ގެނެސްދޭ ޕޯޓަލްގައި ވަނީ:

18 އަހަރުން މަތީގެ އާބާދީއަށް ފުރަތަމަ ޑޯޒް ޖެހިފައިވަނީ %84 ކަމަށެވެ. އަދި ދެވަނަ ޑޯޒް ޖެހިފައިވަނީ %67 އަށް ކަމަށެވެ.

އަދި ފުވައްމުލައް ސިޓީގެ ޖުމުލަ އާބާދީއިން ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހިފައިވަނީ %55 އަސް ކަމަށާއި އަދި ދެވަނ ޑޯޒް ޖެހިފައިވަނީ %45 އަށްކަމަށެވެ.

ހެލްތު މިނިސްޓްރީގެ ތަފާސް ހިސާބު 6 އޮގަސްޓް 2021

ވުމާއެކު މިއަދަދުތައް ސައްހަ ކުރުމުގައި ކަމާއި ގުޅޭ އިދާރާ ފުވައްމުލައް ސިޓީ ކައުންސިލުން ރަށުގައި ދިއިރުޅޭ އާބާދީ ރަސްމީކޮށް ހާމަކުރުން މުހިންމު ވެފައިވާކަމަށް ގަބޫލުކުރެވެއެވެ. މިކަލް ނޫހުން މިއަދަދުތައް ސާފުކުރުމަށް ތަކުރާރުކޮށް މީގެ ކުރިން ކުރެވުނު ސުވާލުތަކަށް ވަނީ އެދެވެ ޖަވާބެއް ލިބޭ ގޮތް ނުވެފައެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !