A wide advertisement which will be shown on all devices. (700 x 100)

މާދަމާ، ހޯމަ ދުވަހު ހޯދަޑާއި ދަޑިމަގުގެ ބޮޑު ބަޔަކުން ކަރަންޓް ޚިދުމަތް މެދުކެނޑާލަނީ

މާދަމާ، 30 އޮގަސްޓް ގައި ކަރަންޓް ކެޑުމަށް ހަމަޖެހިފައިވާ ސަރަހައްދުތައް

މާދަމާ، 30 އޮގަސްޓް 2021 ވާ ހޯމަ ދުވަހު ދުވަހު ހެނދުނު 8:30 އިން މެންދުރު ފަހު 1:30 އަށް ހޯދަޑު އަވަށާއި ދަޑިމަގު އަވަށުގެ ބޮޑު ބަޔަކުން ކަރަންޓްގެ ޚިދުމަތް މެދުކަނޑާލެވޭނެ ކަމަށް ފެނަކަ-ފުވައްމުލައް އިން ހާމަކޮށްފިއެވެ.

މާދަމާ ކަރަންޓްގެ ޚިދުމަތް މެދުކަނޑާލަނީ  ފުވައްމުލަކު ކަރަންޓް ނެޓްވޯކް އަޕްގްރޭޑް ކުރުމަށް ސަބް-ސްޓޭޝަން 21 އަށް ހައި ވޯލްޓޭޖް ކޭބަލް ގުޅުމުގެ މަސައްކަތް ކުރުމުގެ މަސައްކަތް ކުރުމަށް ކަމަށް ހާމަކުރައްވައެވެ. އެމަސައްކަތް ކުރެވެން އޮތީ ކަންރަންޓް ކަނޑާލައިގެން ކަމަށް ވާތީ މަސައްކަތް ކުރުމަށް 5 ގަޑިއިރަށް ކަރަންޓް ކަނޑާލަން ހަމަޖެހިފައިވާ ކަމަށް ފެނަކަ-ފުވައްމުލައް އިން ހާމަކުރެއެވެ.

30 އޮގަސްޓް 2021 ގައި ކަރަންޓްގެ ޚިދުމަތް މެދުކަނަޑާލެވެނީ:

1. ދަޑިމަގު އަވަށު ފިނިވާގެއިން ފެށިގެން އިން މާތެރެގަނޑު، ޑޭޒީމާގެ، އޯކިޑްމާގެ، މާވާގެ، އާޒާދުވާދީ، ގާޑެންހައުސް، ވައިމަތީގެ، ވާރޭވިލާ، ޔާގޫތުގެ، ހުޅަނގުގެ، ސަންސެޓް، ވިލާޑިސޯސަން، ދަޑިމަގު ފްލެޓްތައް، ބިއްސާވެލި، ސޫރަޖް، ނިރު، ނަޝޭމަން، ގާޑެންގޭޓް، ފްލޭޝް، މަނާމް، މުނިޔާ، ވާނާ، ފިނިވެލި، އާމީ، އަކުފާ، ކާލި، ކަންފި، އަދި ގެންމިސްކިތާއި އެހިސާބުގެ ދަނޑުބިންތަކާއި ޕެބްލްސް ރެސްޓޯރަންޓް ހިމެނޭ ސަރަހައްދެވެ.

2. ހޯދަޑު އަވަށުން އަވަށުން އިތާ، ފެހިއަލި، ނިޔާޒު، ޒީނަތުމަންޒިލް، ހުދުހުދާގެ، ވައިފިލާގެ، މަނާގެ، ކޮވެލި، ވެލިރަންގެ، މެދުގެ، ދޮންދޫމިގެ، ގުއްލަލާގެ، ސިވިލައިޒްގެ، ގިނަމާގެ، މަތެރެސްމާގެ، ބާޒް، ގުލްހަޒާރުގެ، ތުނިވެލި، ބަންޑާރަވިލާ، ކާމަރަނގަމާގެ، ޏަމްނަމްގެ، ވިލިވަރު، ނޯވެލް، ރަބާތު، ވެސްޓް، ލާސްޓް، ރިވާ، ސުނާ، އާފެހި، ރިއަލް، ހާރޓް، ލޯޔަލް އާއި އެހިސާބުގެ ދަނޑުބިންތައް ހިމެނޭ ސަރަހައްދުން ކަމަށް ފެނަކަ-ފުވައްމުލައް އިން ހާމަކުރެއެވެ.

ފެނަކައިގެ އެމްޑީ އަހުމަދު ސައީދު

ފުވައްމުލަކުގެ ކަރަންޓަށް ދިމާވާމުންދާ މައްސަލތައް ހައދުލުކރުމަށް ދާދި ފަހުން ވަނީ އައު އިންޖީނެއް ގެނެސް ކަރަންޓް ނެޓްވޯކަށް ގުޅަފައެވެ. ނަމަވެސް އިތުރުމައްސަލތައް ހައލުކުރުމަށް ކަރަންޓް ނެޓްވޯކްގެ ކޭބަލްތައް ހައިވޯލްޓޭޖް ކޭބަލަށް ބަދަލުކުރަން ޖެހެއެވެ. އަދި އެމަސައްކަތް ފެނަކަ-ފުވައްމުލައް އިން އަންނަނީ ކުރަމުންނެވެ. ނަމަވެސް ބައެއް ހިސާބުތަކުގައި އަދިވެސް އެކަށީގެންވާ ވޯލްޓޭޖްގައި ކަރަންޓް ނުލިބޭކަމުގެ ޝަކުވާ އެބަ އޮތެވެ.

ފުވައްމުލަކުގެ ކަރަންޓް ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެ ގޮތުން އައު އިންޖީނުގެއެއް އެޅުމާއި ކަރންޓް ނެޓްވޯކް އަޕްގްރޭޑް ކުރުމުގެ މަސައްކަތުގެ ބޮޑު ޕްރޮޖެކްޓެއް އިއްޔެ ވަނީ ފަށާފައއެވެ. އެގޮތުން އެޕްރޮޖެކްޓަށް 220 މިލިޔަން ރުފިޔާ ޚަރަދުވާކަމަށް ފެނަކައިގެ އެމްޑީ ވިދާޅުވެފައި ވެއެވެ. އައު އިންޖީނުގެގެ ބިންގާ އަޅާފައިވަނީ ފުވައްމުލަކުގައި ދޫނޑިގަމު ބަނދަރު ސަރަހައްދުންނެވެ.

އެއްވެސް ސަބަބަކާއި ހުރެ ކަރަންޓް ކެނޑޭނަމަ ނުވަތަ ކަރަންޓް ކެނޑޭގޮތް ވެއްޖެނަމަ، ކަރަންޓް ކެނޑޭ ކޮންމެ ފަހަރަކުވެސް ކަރަންޓް އައުމުގެ ކުރިން ބޭނުންކުރާ އިލެކްޓްރޯނިކް އަދި އިލެކްޓްރިކަލް އާލާތްތަކުން ކަރަންޓް ސްވިޗުން ކަނޑާފައި ބެހެއްޓުމަކީ ރައްކާތެރިކަމެއް ކަމަށް އިންޖީނުގެއިން އިރުޝާދު ދެއެވެ. އަދި ކަރަންޓް ކެނޑުމާއި ގުޅޭ ގޮތުން އިތުރު މައުލޫމާތު ސާފުކުރެއްވުމަށް  ފެނަކަ-ފުވައްމުލައް ގެ 9784194 ނުވަތަ 6865009 އަށް ގުޅުއްވުމަށް އެފަނކައިން އިން އެދިފައިވެއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !