A wide advertisement which will be shown on all devices. (700 x 100)

މާދަމާ، ބުރާސްފަތި ދުވަހު ދިގުވާޑުގެ ބަޔަކުން ކަރަންޓް ޚިދުމަތް މެދުކެނޑާލަނީ

ކަރންޓް ކޭބަލް ބަދަލުކުރުން

މާދަމާ، 2 ސެޕްޓެމްބަރު 2021 ވާ ބުރާސްފަތި ދުވަހު ހެނދުނު 8:30 އިން މެންދުރު ފަހު 10:30 އަށް ދިގުވާޑު އަރުއްފަނުނ މަގު ހިމެނޭ ސަރަހައްދުގެ ބަޔަކުން ކަރަންޓްގެ ޚިދުމަތް މެދުކަނޑާލެވޭނެ ކަމަށް ފެނަކަ-ފުވައްމުލަކުން ހާމަކޮށްފިއެވެ.

މާދަމާ ކަރަންޓްގެ ޚިދުމަތް މެދުކަނޑާލަނީ އަރުއްފަނު މަގުގެ ސަރަހައްދުގައި އޮތް ލޯ ވޯލްޓޭޖް ކަރަންޓް ކޭބަލަށް ދިމާވެފައިވާ މައްސަ ހައްލުކުރުމަށް ކަމަށް ހާމަކޮށްފައި ވެއެވެ. އެމަސައްކަތް ކުރެވެން އޮތީ ކަންރަންޓް ކަނޑާލައިގެން ކަމަށް ވާތީ މަސައްކަތް ކުރުމަށް 2 ގަޑިއިރަށް ކަރަންޓް ކަނޑާލަން ހަމަޖެހިފައިވާ ކަމަށް ފެނަކަ-ފުވައްމުލައް އިން ހާމަކުރެއެވެ.

2 ސެޕްޓެމްބަރު 2021 ގައި ކަރަންޓްގެ ޚިދުމަތް މެދުކަނަޑާލެވެނީ:

ދިގުވާޑު އަވަށުގެ ނިމޯ، ބްލޭޒް، މައިސަންވިލާ، އުރީދޫ އެންޓެނާ، ކްރިކެޓްް ސްޓޭޑިއަމް، ދިވަރު، އާދުނި، ސައިބާ، ލޫވާ، މާޒީ، ސިންދު، ތަރަހަ، ދެވަހަ، ޗާނދަނީގެ، ބާލިޔާ، ކުރިކީލަ، އައިކު، މާފެހި، ޝިބްރަޒްވިލާ، ބައިތު، ދުވާކުރި، ސަވާ، ތުރާން، ޝަބްނަމް، ބީޗްވޭ، ނޫކޮކާގެ އާއި އިރަމާގެ ހިމެނޭ ސަރަހައްދެވެ.

އެއްވެސް ސަބަބަކާއި ހުރެ ކަރަންޓް ކެނޑޭނަމަ ނުވަތަ ކަރަންޓް ކެނޑޭގޮތް ވެއްޖެނަމަ، ކަރަންޓް ކެނޑޭ ކޮންމެ ފަހަރަކުވެސް ކަރަންޓް އައުމުގެ ކުރިން ބޭނުންކުރާ އިލެކްޓްރޯނިކް އަދި އިލެކްޓްރިކަލް އާލާތްތަކުން ކަރަންޓް ސްވިޗުން ކަނޑާފައި ބެހެއްޓުމަކީ ރައްކާތެރިކަމެއް ކަމަށް އިންޖީނުގެއިން އިރުޝާދު ދެއެވެ. އަދި ކަރަންޓް ކެނޑުމާއި ގުޅޭ ގޮތުން އިތުރު މައުލޫމާތު ސާފުކުރެއްވުމަށް  ފެނަކަ-ފުވައްމުލައް ގެ 9784194 ނުވަތަ 6865009 އަށް ގުޅުއްވުމަށް އެފަނކައިން އިން އެދިފައިވެއެވެ.

ފެނަކައިގެ އައު އިންޖީނުގޭގެ ބިންގާއެޅުމުގެ ރަސްމިއްޔާތުގައި ނާއިބު ރައީސް ފައިސަލް ނަސީމު އަދި އެމްޕީ ހުސޭން. 8 އޭޕްރީލް 2021

ފުވައްމުލަކުގެ ކަރަންޓް ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެ ގޮތުން އައު އިންޖީނުގެއެއް އެޅުމާއި ކަރންޓް ނެޓްވޯކް އަޕްގްރޭޑް ކުރުމުގެ މަސައްކަތުގެ ބޮޑު ޕްރޮޖެކްޓެއް ފަށައިގެން ކުރިޔަށް ދެއެވެ. އެމަސައްކަތުގެ ދަށުން އައު އިންޖީނުގެއެއްގެ ބިންގާ ފުވައްމުލަކުގައި ދޫނޑިގަމު ބަނދަރު ސަރަހައްދުގައި ވަނީ އަޅާފައެވެ. އެޕްރޮޖެކްތްގެ ދަށުން ފުވައްމުލަކުގެ ކަރަންޓް ނެޓްވޯކްގެ ކޭބަލްތައް އެޗްވީ ކޭބަލަށް ބަދަލުކުރުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ.  އެ ޕްރޮޖެކްޓަށް 220 މިލިޔަން ރުފިޔާ ޚަރަދުވާކަމަށް ފެނަކައިގެ އެމްޑީ އަހުމަދު ސައީދު ވިދާޅުވެފައި ވެއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !