A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލައް ސިޓީގެ ‘ލޭންޑްސްކޭޕިން’ އަށް އެޗްޑީސީގެ އެހީތެރިކަން ހޯދަނީ

އެޗްޑީސިއާއެކު 6 ސެޕްޓެމްބަރު 2021ގައި ބޭއްވުނު ބައްދަލުވުން- ފޮޓޯ އެޗްޑީސީ

ފުވައްމުލައް ސިޓީގެ ޑިވެލޮޕްމެންޓް ޕްލޭނާއި، ސިޓީގެ ‘ލޭންޑްސްކޭޕިން ޑިޒައިން’ އަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން ލިމިޑެޓް (އެޗްޑީސީ) އިން އެހީތެރިކަން ދެވޭނެ ގޮތްތަކާއި ގުޅޭ ގޮތުން މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

އިއްޔެ އޮންލައިންކޮށް ބޭއްވި މިބައްދަލުވުމުގައި ސިޓީގެ ޑިވެލޮޕްމެންޓް ޕްލޭނާއި، ސިޓީގެ ‘ލޭންޑްސްކޭޕިން ޑިޒައިން’ ހެދުމަށް ޓެކްނިކަލް ކަންކކަމުގައި އެހިތެރިކަން ދެވިދާނެ ގޮތަކާއި ގުޅެ ގޮތުން މަޝްވަރާކުރެވިފައިވާ ކަމަށް ފުވައްމުލައް ސިޓީ މޭޔަރު އިސްމާއީލް ރަފީގު މިކަލް ނޫހަށް ވިދާޅުވިއެވެ.

އެޗްޑީސިއާއެކު 6 ސެޕްޓެމްބަރު 2021ގައި ބޭއްވުނު ބައްދަލުވުމުގައި މޭޔާ އިސްމާއީލް ރަފީގު- ފޮޓޯ އެޗްޑީސީ

ފުވައްމުލައް ސިޓީގެ ތަރައްގީގެ ކަންކަމުގައި ފަންނީ ކަންކަމުގަިއ އެހީތެރިކަންދެވޭނެ ގޮތްތަކާއި ގުޅޭގޮތުން މޭޔަރާއި ކައުންސިލް މެމްބަރުންނާއެކު އިއްޔެ މަޝްވަރާކުރެވިފައި ވާކަމަށް އެޗްޑީސީއިން ވެސް ހާމަކޮށްފައި ވެއެވެ. އެޗްޑީސީއިން ހާމަކުރައްވާފައި ވާގޮތުގައި މިއީ އެކުންފުނީގެ މިއީ އެކުންފުނީގެ ‘ގޯ ބިޔޯންޑް ހުޅުމާލެ” އިނީޝީއޭޓިވްގެ ދަށުން ގައިމުކުރެވުނު ފުރަތަމަ އެއްބަސްވުމުގެ ދަށުން ކުރިޔަށްގެންދެވުނު މަޝްވަރާ ބައްދަލުވުމެކެވެ. މި އިނީޝިއޭޓިވްގެ ދަށުން އެޗްޑީސީގެ ހަރަކާތް މުޅި ރާއްޖެއަށް ފުޅާ ވެގެން ދާނެކަމަށް ވެސް އެކުންފުނިން ކުރިން ހާމަކޮށްފައި ވެއެވެ.

ފާއިތުވި 2020 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ފުވައްމުލައް ސިޓީ ކައުންސިލާއި އެޗްޑިސީއާއި ދެމެދު ފަންނީކަންކަމުގައި އެހީތެރިކަންން ދިނުމަށް އެއްބަސްވުމެއް ގާއިމުކޮށްފައި ވެއެވެ.

1 އޭޕްރީލް 2021ގައި ހުޅުވި ފުވައްމުލައް ސިޓީ – އެޗްޑީސީ ކޯލް ސެންޓާ

މިއަހަރުގެ އޭޕްރީލްމަހު އެޗްޑީސީގެ ކޯލްސެންޓަރެއް ފުވައްމުލައް ސިޓީގައި ހުޅުވައި ޚިދުމަތްދޭން ވަނީ ފަށާފައެވެ. ފުނާޑު އަވަށުގެ ކުރީގެ އިޖުތިމާއީ މަރުކަޒް އިމާރާތުގައި ހިންގަނީ އެކުންފުނީގެ 1516 ނަމްބަރު ކޯލްސެންޓަރެވެ. އެސެންޓަރުގައި މިވަގުތު ޚިދުމަތް ދެމުން އަންނަނީ 3 މުވައްޒަފުންނެވެ. ފުވައްމުލައް ސިޓީއަކީ ކޯލްސެންޓަރު ފަދަ ޚިދުމަތްތައް ގާއިމުކުރުމުގައި ޕޮޓެންޝަލް ހުރި ތަނެއްކަމަށާއި، އެެކޯޕަރޭޝަންގެ މަޝްރޫއޫތައް ހިންގުމުގައި ބައިވެރިއެއްގެ ގޮތުގައި ފުވައްމުލައް ސިޓީ ހިމެނިގެންދާނެ ކަމަށް އެޗްޑީސީގެ އެމްޑީ ސުހައިލް ވިދާޅުވެފައި ވެއެވެ. އަދި ކުރިޔަށް އޮތްތަނުގައި އިތުރު ޕޮސިބިލިޓީސްތަކަށް ބައްލަވަމުން ގެންދާވާނެ ކަމަށް ހާމަކުރައްވާފައި ވެއެވެ.

އެޗްޑީސީ އާއެކު ވުނު އެއްބަސްވުމަކީ ފުވައްމުލައް ސިޓީގެ ތަރައްގީގައި މުހިންމު ބައިވެރިއަކު ވެސް ލިބިގެން ދިއުން ކަމަށާއި އެއާއެކު ރަށުން އިތުރު ވަޒީފާތަކެއް އުފެދިގެން ދިއުމާއި ފުވައްމުލައް ސިޓީގެ އާބަން ޑިވެލޮޕްމެންޓަށް ފަންނީ ލަފާ ލިބިގެންދާނެ ބައިވެރިއެއް ކަމަށް ގަބޫލުކުރައްވާ ކަމަށް  ފުވައްމުލައް ސިޓީ ގައި ޣާއިމުކުރެވުނު ކޯލް ސެންތަރު ހުޅުވުމުގެ ރަސްމިއްޔާތުގައި ކުރީގެ މޭޔަރު ފަލާހު ޝަރީފު ވިދާޅުވެފައި ވެއެވެ.

އެޗްޑީސީއަކި ރާއްޖޭގައި ސިޓީއެއް ބިނާ ކުރުމުގައި އެންމެ ފުރިހަމަ ތަޖުރިބާއާއި ގާބިލްކަން ހުރި ފަރާތްކަން ގަބޫލުކުރައްވާ ކަމަށް ވެސް ފުވައްމުލައް ސިޓީ ކައުންސިލުން ކުރިން ހާމަކުރައްވާފައި ވެއެވެ.

އެޗްޑީސީގެ – ބިޔޯންޑް ހުޅުމާލޭ އިނީޝިއޭޓިވްގެ ދަށުން އަތޮޅުތަކަށް އެހީތެރިވެދޭ ދާއިރާތައް

މިއީ އެމްޑީޕީ ސަރުކާރުގެ ޖަޒީރާ ދިރިއުޅުމުގެ ސިޔާސަތުގެ ދަށުން ޔުނެސްކޯގެ އެސްޑީޖީއަށް ވާސިލުވުމަށް އަމާޒު ހިފާފައިވާ ހަރަކާތެއް ކަމަށް އެޗްޑީސީން ހާމަކޮށްފައި ވެއެވެ. އެގޮތުން ކުރުމަށް އެޗްޑީސީން ފާހަގަކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި:

  • ވިޔަފާރިތައް އުފެއްދުމާއި
  • ޓެކްނޮލޮޖީ އާއި އައު އީޖާދުތަކަށް ފުރުސަތު ހުޅުވުމާއި
  • ދިރިއުޅުމަށް ފަހި ރަށްވެހި ޕްލޭނިން އާއި
  • ގެދޮރު ބިނާކުރުމުގެ ވިޔަފާރި އާއި
  • ބިނާވެށި ތަރައްގީ ކުރުމާއި
  • އާއްމު ކަންކަމުގެ ހައްލުތަކާއި ޓައުންޝިޕް މެނޭޖްމެންޓްގެ އެހީ އާއި
  • ޑިޖިޓަލް، އައިސީޓީ އަދި ސްމާޓް ސޮލިއުޝަންތައް ހޯދައި ދިނުމާއި
  • ކޮމިއުނިޓީ ޑިވެލޮޕްމެންޓްގެ އެހީތެރިކަން ދިނުމަށް ވެއެވެ.

އޮކްޓޯބަރު 11، 202ގައި އެޗްޑީސީއާއެކު ވެވުނު ކުރެވުނު އެއްބަސްވުމުގެ ދަށުން ފުވައްމުލައް ސިޓީ އަށް ލިބޭނެ ފައިދާތަކުގެ ތެރޭގައި:

  • ޚާއްސަ ރިސޯސްތައް ލިބުމުގެ މަގު ފަހިވުމާއި
  • އިގުތިސާދީ އަދި އިޖުތިމާއީ ފައިދާތައް ލިބުމާއި
  • ސްމާޓް ޑިޖިޓަލް ސޮލިއުޝަންތައް ލިބިގެން
  • އިންވެސްޓަރުންގެ ޝައުގުވެރިކަން ފުވައްމުލައް ސިޓީއަށް ލިބިގެން ދިއުން

ހިމެނިފައިވާ ކަމަށް އެޗްޑީސީން ހާމަކޮށްފައި ވެއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !