A wide advertisement which will be shown on all devices. (700 x 100)

މާދަމާ މާދަޑު އަވަށުގެ ބަޔަކުން ކަރަންޓް ޚިދުމަތް މެދުކަނޑާލަނީ

މާދަކަރންޓް ކެނޭޑޭ ސަރަހައްދު

ފެނަކައިގެ ކަރަންޓް ޑިސްޓްރިބިއުޝަން ފޮށްޓެއް ބަދަލުކުރުމުގެ މަސައްކަތް ކުރުމަށް މާދަމާ، ހޮނިހިރު ދުވަހު (9 އޮކްޓޯަބަރު 2021) ހެނދުނު މާދަޑު އަވަށުގެ ބަޔަކުން 3 ގަޑިއަރަށް ކަރަންޓްގެ ޚިދުމަތް މެދުކަނޑާލެވޭނެ ކަމަށް ފެނަކަ-ފުވައްމުލައް އިން ހާމަކުރެއެވެ.

މާދަމާ ކަރަންޓު ކަނޑާލައިގެން ބަދަލުކުރުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައި ވަނީ މާދަޑު ސިޓީ ކައުންސިލް ކައިރީގައި ބެހެއްޓފައިހުރި 2 ޑިސްޓްރިބިއުޝަން ފޮއްޓެކެވެ. މިމަސައްކަތް ކުރެވެން އޮތީ ކަރަންޓް ކަނޑާލައިގެންކަމަށް ފެނަކައިން ހާމަކުރެއެވެ.

މާދަމާ ކަރަންޓްގެ ޚިދުމަތް މެދުކެނޑުމަށް ހަމަޖެހިފައި ވަނީ މާދަމާ ހެނދުނު 8:30 އިން  11:30 އަށެވެ. މި 3 ގަޑިއިރު ކަރަންޓްގެ ޚިދުމަތް މެދުކަނަޑާލެވެނީ:

1. މާދަޑު އެއްގަމިގެ އިން ފެށިގެން ސިޓީ ކައުންސިލް، ވޭލި، ސައިޒްހައުސް، ބިއްދަރިގެ، ދޫނޑޭރެ، ގުރުއާނައި ބެހޭ މަރުކަޒު، ބިއްދަރިގެ، ހަޒާރުމާގެ،  ސަވާރީ، ހަލަވެލިގެ، ރޯޒްމީޑް، މާކަނޑޯގެ، ސައިބޯނިގެ، ބޮނޑޮގެނދަރު، ބޮނޑޮގެދަރި މިސްކިތް، އީން، ތުއްބީގެ، ރަށްދެބައިގެ، މެދެގެދަރު، މަސްޖިދުލް އިނާރާ، ދަފަގެދަރު، ނަންރީތިގެ، އަސުރުމާގެ، ވިކްޓްރީ ފެންފިޔާޒުގޭ، ރަންމުތްގެ، މުނިމާގެ، ހިމެނޭ ސަރަހައްދާއި

2. ހޯދަޑު އަވަށު ބިންމާގެ، ރިހިދޫލަގެ ރަތްބަގީޗާގެ، މުގުރިގެ ދިވެސް، އެނިސް، އަދި އިވްނިންވިލާ ހިމެނޭ ސަރަހައްދުން ކަމަށް ފެނަކަ-ފުވައްމުލައް އިން ހާމަކުރެއެވެ.

މާދަމާ ކަރަންޓް ކަނޑާލާ ސަރަހައްދު

އެއްވެސް ސަބަބަކާއި ހުރެ ކަރަންޓް ކެނޑޭނަމަ ނުވަތަ ކަރަންޓް ކެނޑޭގޮތް ވެއްޖެނަމަ، ކަރަންޓް ކެނޑޭ ކޮންމެ ފަހަރަކުވެސް ކަރަންޓް އައުމުގެ ކުރިން ބޭނުންކުރާ އިލެކްޓްރޯނިކް އަދި އިލެކްޓްރިކަލް އާލާތްތަކުން ކަރަންޓް ސްވިޗުން ކަނޑާފައި ބެހެއްޓުމަކީ ރައްކާތެރިކަމެއް ކަމަށް އިންޖީނުގެއިން އިރުޝާދު ދެއެވެ. އަދި ކަރަންޓް ކެނޑުމާއި ގުޅޭ ގޮތުން އިތުރު މައުލޫމާތު ސާފުކުރެއްވުމަށް  ފެނަކަ-ފުވައްމުލައް ގެ 9784194 ނުވަތަ 6865009 އަށް ގުޅުއްވުމަށް އެފަނކައިން އިން އެދިފައިވެއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !