A wide advertisement which will be shown on all devices. (700 x 100)

އެކައުންޓިން ދާއިރާއިން ކެރިއާ ގައިޑެންސް ސެޝަނެއް މިއަދު ޏ.އޭއީސީ ހޯލުގައި

އެކައުންޓެންސީ ދާއިރާއިން ކެރިއާގައިޑެންސް ސެޝަނެއް ބާއްވަނީ

އެކައުންޓިން ދާއިރާއިން ކެރިއާ ގައިޑެންސް ސެޝަނެއް މިއަދު، (9 އޮކްޓޯބަރު 2021) ޏ.އޭއީސީ ހޯލުގައި ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ އިންސްޓިޓިއުޓް އޮފް ޗާޓާޑް އެކައުންޓެންޓްސް އޮފް މޯލްޑިވްސް އިން ބާއްވާ ސެޝަނެކެވެ.

މިސެޝަނުގައި އެކައުންޓިން ދާއިރާއިން ކުރިޔަށް ދާން ބޭނުންވާ ދަރިވަރުންނަށް ހުރި ފުރުސަތުތަކާއި މިދާއިރާގެ މައުލޫމާތު ހިއްސާކޮށްދެއްވާނީ ކަމުގެ ތަޖުރިބާކާރު އިސް ފަރާތްތަކުންނެވެ. އެގޮތުން މާދަމާ ހެނދުނު 9:00 އިން 11:30 އަށް ކުރިޔަށްގެންދާ މިސެޝަނުގައި މައުލޫމާތު ދެއްވާނީ ޗާޓާޑް އެކައުންޓެސްޓްސް އެސޯސިއޭޝަންގެ އިސް ފަރާތްތަކުންނެވެ.

މިސެޝަނުގައި ބައިވެރިވުމުގެ ދައުވަތު ސެކަންޑަރީ އަދި ހަޔާ ސެކަންޑަރީ ސްކޫލް ދަރިވަރުންނަށް ވަނީ ހުޅުވާލާފައެވެ.

މާދަމާގެ ސެޝަންގައި މައުލޫމާތު ދެއްވާ ބޭފުޅުންގެ ތެރޭގައި ޗާޓާޑް އެކައުންޓެސްޓްސް އެސޯސިއޭޝަންގެ ރައީސް، އަދި މިހާރުގެ އޯޑިޓާ ޖެނެރަލް ހުސައިން ނިޔާޒީ އާއި ނާއިބު ރައީސް ހަސަން މުހައްމަދު އާއި ކުރީގެ އޯޑިޓާ ޖެނެރަލް ހަސަން ޒިޔަތު އާއި އެ އެސޯސިއޭޝަންގެ ކައުންސިލް މެމްބަރު އަހުމަދު ސާލިޙު އާއި އެއާޕޯޓސް ކޮމްޕެނީ ލިމިޓެޑްގެ ޖެނެރަލް މެނޭޖަރު އާދަމް ނަސީރު އާއި ކްރޯވޭ އެޑްވައިޒަރީގެ މެނޭޖިން ޑިރެކްޓާ އަބްދުލް ހަލީމު އަބްދުލް ލަތީފު ހިމެނެއެވެ.

ޗާޓާޑް އެކައުންޓެންޓްސް އޮފް މޯލްޑިވްސް

އިންސްޓިޓިއުޓް އޮފް ޗާޓާޑް އެކައުންޓެންޓްސް އޮފް މޯލްޑިވްސް އަކީ ދައުލަތުގެ މުއައްސަސާއެކެވެ. މި މުއަސަސާއިން ދިވެހިރާއްޖޭގެ އެކައުންޓެންސީ ދާއިރާ ބެލެހެއްޓުމާއި ދައިރާއާއި ގުޅޭ ކަންކަމުގައި ލަފާދިނުމާއި، އެދާއިރާގެ ފަންނީ މީހުންގެ ދަފުތަރެއް ބެލެހެއްޓުމުގެ މަސައްކަތް ކުރައްވައެވެ. އަދި ދައިރާގައި މަަސައްކަތް ކުރާ ފަންނީ ފަރާތްތަކަށް މިއެސޯސިއާޝަނގެ މެމްބަރަކަށްވުމުގެ ފުރުސަތު ވެސް ހުލުވާލާފައި ވެއެވެ.

އިންސްޓިޓިއުޓް އޮފް ޗާޓާޑް އެކައުންޓެންޓްސް އޮފް މޯލްޑިވްސް އުފެދުނުތާ އަދި މިވީ އެއް އަހަރުދުވަހެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !