ފުވައްމުލައް ސިޓީ ކައުންސިލްގެ އެސްޖީ ކަމަށް އަސްލަމު އައްޔަން ކުރުމަށް ފެންނަކަމަށް ފާސްކޮށްފި

ސިޓީ ކައުންސިލްގެ މިރޭގެ ޖަލްސާ- އެސްޖީއަކު ހޮވުން
Share on facebook
Share on twitter
Share on google

ފުވައްމުލައް ސިޓީ ކައުންސިލްގެ ސެކެރެޓަރީ ޖެނެރަލް (އެސްޖީ) ކަމަށް އަސްލަމު ރަޝީދު، މާދަޑު، އެސްޓޯރިއާ، އައްޔަން ކުރުމަށް ފެންނަ ކަމަށް ފާސްކޮށްފިއެވެ. މިރޭ ބޭއްވި ކުއްލި ޖަލްސާގައި ސިވިލް ސާވިސް އިން ފޮނުވާފާއިވާ ނަމަށް ފެނޭތޯ ނެގި ވޯޓގައި ބައިވެރިވި 3 މީހުންގެ އިއްތިފާގުން އަސްލަމު ގެންނަން ވަނީ ފާސްވެފައެވެ.

މިރޭ އޮންލައިންކޮށް ބޭއްވި 5 ވަނަ ކުއްލި ޖަލްސާގައި ސިޓީ ކައުންސިލްގެ މޭޔަރާއި އެކު އަނެއް 6 މެމެބަރުން ވެސް ބައިވެރިވިއެވެ. މިޖަލްސާގައި ވޯޓަށް އެހުމުން 3 މެމްބަރަކު ވޯޓްގައި ބައިވެރިވެފައެއް ނުވެއެވެ. ވުމާއެކު ފުވައްމުލައް ސިޓީ ކައުންސިލްގެ އެސްޖީ ކަމަށް ސިވިލް ސާވިސް ކޮމިޝަނުން ފޮނުވި އަސްލަމް ރަޝީދު އަށް ތާއިދުކުރާ ކަމަށް ފާސްވެގެން ދިޔައީއެވެ.

މެމްބަރުން ވޯޓް ދިންގޮތް

ސިވިލް ސާވިސްއިން ފޮނުވާފައިވާ ނަމަށް

ޑެޕިއުޓީ މޭޔަރު މުހައްމަދު ފިކުރީ – ތާއިދު

ކައުންސިލް މެމްބަރު އަބްދުﷲ ނާސިރު – ތާއިދު

ކައުންސިލް މެމްބަރު އާމިނަތު އިނާޔާ – ތާއިދު

ކައުންސިލް މެމްބަރު – އިބުރާހިމް މުހައްމަދު – ވޯޓުގައި ބައިވެރިނުވޭ

ކައުންސިލް މެމްބަރު – މުހައްމަދު އިސްމާއީލް – ވޯޓުގައި ބައިވެރިނުވޭ

ކައުންސިލް މެމްބަރު – އާއިޝަތު އަބްދުލް ގާދިރު – ވޯޓުގައި ބައިވެރިނުވޭ

މި ޖަލްސާގައި ސިޓީކައުންސިލް މެމްބަރުންގެ ވިސްނުން މިކަމުގައި ދެކަފިވެފައިވާކަން ހާމަވެގެން ދިޔައެވެ. އެގޮތުން ބައެއް މެމްބަރުން ބޭނުންވީ ސިޓީ ކައުންސިލްގެ އެސްޖީއަކަށް މީހަކު ހޮވުމުގެ މަރުހަލާތަކުގައި ސިޓީ ކައުންސިލްގެ ދައުރެއް އޮތުމަށެވެ.

ނަމަވެސް އެހެން މެމްބަރުން ބޭނުންވިކަމަށްވަނީ އެސްޖީގެ މަގާމަކީ ސިވިލްސާ ވިސް މަގާމަކަށްވާއިރު އެމަގާމަށް މީހަކު ހޮވމުގައި އެނެމް އިންސާފުވެރިވާނީ ސިޔާސީ ފަރާތްތައް ހިމަނައި ސިދާ ސިވިލް ސާވިސް ކަމިޝަނުން އެކަމުގައި ގޮތެއް ނެިނމުމެވެ. އަދި އެމަގާމަށް މީހަކު އައްޔަން ކުރުމާއި ވިކިކުރުމުގެ ބާރަކީ ސިވިލް ސާވިސް ކައުންސިލަށް ލިބިގެންވާ ބާރެއްކަމަށް ވީހިނދު އެކަމަށް ކަޑައަޅާފައިވާ އުސޫލުގައި ވަނީ ސިވިލް ސާވިސް ކައުންސިލުން އާއްމުކޮށް ހުޅުވާލުމުން މަގާމަށް ކުރިމަތިލާ ފަރާތްތަކަށް ތައުލީމާއި ތަޖުރިބާ އަދި މަސައްކަތުގެ ގާބިލުކަމަށް (އިންޓަވިއު) ޕޮއިންޓް ދީގެން، މީހަކު ހޮވުމުގައި ކައުންސިލްގެ ލަފައެއް ހޯދުމަށެވެ.

ސިޓީ ކައުންސިލްގެ މިރޭ ބޭއްވި ކުއްލި ޖަލްސާ- އެސްޖީއަކު ހޮވުން

އެގޮތުން ފުވައްމުލައް ސިޓީ ކައުންސިލުގެ ސެކެރެޓަރީ ޖެނެރަލް ކަމަށް ކުރިމަތިލި ފާރަތްތަކުގެ ތައުލީމާއި ތަޖުރިބާ އަދި ގާބިލުކަމަށް އިންޓވިއުކޮށްގެން ލިބުނު ޕޮއިންޓުން އެންމެ ކުރިގައި އޮތީ އަސްލަމު ރަޝީދުއެވެ.

މިރޭގެ ޖަލްސާ ކުރިޔަށްދިޔައިރު ޖަލްސާގައި އިދާރީގޮތުން މަސްލަހަތު ފުށުއަރާ ފަރާތެއް ބައިވެރިވެފައިވާކަމުގެ ކަން ބޯދުވުން މިކަލް ނޫހާއި ވާހަކަ ދެއްކި ފަރާތަކުން ހާމަކުރިއެވެ. އެފަރާތުން ފާހަގަ ކުރި ގޮތުގައި މިރޭގެ ޖަލްސާގައި ވާހަކަ ދެކެވުނު މައްސަލައިގެ މަސްލަހަތު ކައުންސިލްގެ ޑިރެކްޓަރު އަލީ މަސީހުގެ އޮތީ އޭނާ ވަނީ އެމަގާމަށް ކުރިމަތިލައި، ޕޮއިންޓް ލިބުނު ލިސްޓުގެ ދެވަނާގައި ކަމަށްވުމެވެ. އަދި ސިވިލސް ސާވިސްގެ އުސޫލުގައި ވާ ގޮތުން 1 ވަނާގައި އޮތްފަރާތަށް ސިޓީ ކައުންސިލްގެ ރުހުން ނުލިބިއްޖެނަމަ ދެވަނަޔަށް އެމަގާމަށް ރުހުން ހޯދަން ސިވިލް ސާވިސް އިން ފޮނުވަން އޮންނަނީ ލިސްޓްގެ ދެވަނާގައިވާ ފަރާތަށްވުމެވެ.

ޑިރެކްޓަރު މަސީހު އަށް މިރޭ އެޖަލްސާގައި ހުންނަން ވެސް އުނދަގޫ ވެދާނެއެވެ. ނަމަވެސް އިދާރީގޮތުން އެޒިންމާ އޭނާއާއި ހަވާލުކުރި ފަރާތްތަކުން ވެސް އެ ކުރިމަތުކުރީ އޭނާއަށް ވެސް އުނދަގޫ ވާނެ ދަތިހާލަތެއްކަމަށް މިކަލް ނޫހާއި ވާހަކަ ދެއްކި ފަރާތުން ހާމަކުރިއެވެ. އަދި އެއީ މަސްލަހަތު ފުށުއަރާ ހާލަތެއް ކަމަށެވެ. އެހެނީ ހުށަހެޅިފައިވާ މައްސަލައާއި އެއްކޮޅަށް ވާހަކަ ދައްކަން މަސީހު ކުރިމަތީގައި ހުރުމުން ބައެއް ފަރާތްތަކަށް ދަތިވެދާނެއެވެ. އަދި މައްސަލައާއި ދެކޮޅަށް ވާހަކަ ދައްކަން ބައެއް މީހުންނަށް ފަސޭހަވެދާނެ ފަދަ ނުފެންނަ ނުފޫޒެއް އުފެދިފައި އޮވެދާނެ މަސްރަހަކަށް އެޙާލަތު ވާކަމަށެވެ.

އެފަރާތުން ފާހަގަ ކުރި ގޮތުގައި މިރޭގެ ޖަލްސާގައި އެހެންކަންތައްތައް ދިޔައީ އުސޫލާއި އެއްގޮތަށެވެ. ނަމަވެސް އޮންލައިންކޮށް ގެންދިއުމުގައި ބައެއްފަހަރު މަންޒަރު ނުފެނި ދިޔަކަން، ޚާއްސަކޮށް ވޯޓު ދޭގަޑީގައި މަންޒަރު ނުފެނި އަތްމައްޗަސް ނަގާގޮތަށް ވޯޓަށް އެހުމުން ވާނުވާ ސާފުވުމުގައި ދަތިތަކެއްވި ކަމަށް ފާހަގަ ވިކަމަށެވެ. އެފަދަ ހާލަތްތަކުަގއި އަތް އުފުލުމުގެ ބަދަލުގައި “ރޯލްކޯލް” ވޮޓަކަށްދިޔަނަމަ ފަސޭހަވީސްކަމަށެވެ.

No Article rating
0 Reviews
  1. 5
  2. 4
  3. 3
  4. 2
  5. 1
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments