A wide advertisement which will be shown on all devices. (700 x 100)

ބަލިމީހާ އުފުލި ސީ އެމްބިއުލާންސް ކަނޑުމެދަށް ހުއްޓުމުން އެހެން ލޯންޗެއްގައި އައްޑޫއަށް

ސީ އެމްބިއުލާންސް ހުއްޓުމުން އަނބުރާ ބަދަރަށް ގެނެސްފައި

ފުވައްމުލައް ސިޓީއިން އިއްޔެ ބަލިމީހަކު އުފުލި ސީ އެމްބިއުލާންސް ކަނޑުމެދަށް ހުއްޓުމުން އެހެން އުޅަދެއްގައި ބަލިމީހާ އައްޑޫ ސިޓީ ގެންގޮސްފިއެވެ.

މިކަލް ނޫހަށް މައުލޫމާތު ލިބުނު ގޮތުގައި ފުވައްމުލައް ސިޓީއިން ސަރަހައްދީ ހޮސްޕިޓަލް ކަމަށްވާ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލަށް ބަލި މީހަކު ގެންދަންގެންދަން ފުރީ އިއްޔެ މެނދުރެއްހާއިރުއެވެ. އަދި ސީ އެމްބިއުލޭންސްގެ ހުންގާނު ސިސްޓަމްގައި ޖެހުނު މައްސަލައެއްގައި ދަތުރު އިތުރަށް ކުރިޔަށް ނުގެންދެވުމުން ދޯންޏެއް ފޮނުވައި ކަފުޖަހަިއގެން ވަނީ އަނގުރާ ރަށަށްގެނެސް ފައެވެ.

އަދި އެބަލި މީހާ އެމްޓީސީސީ ލޯންޗެއްގައި އިއްޔެ ވަނީ އަލުން އަޑޫއަށް ފޮނުވާލާފައެވެ. ކުރިން އެމްޕީއެލް އިން ކުރަމުން އައި އައްޑު ފުވައްމުލައ ލޯންޗް ފެރީ ދަތުރުތައް މިހާރު ކުރަމުން އަންނަނީ އެމްޓީސީސީއިްނނެވެ.

މިކަލް ނޫހަށް އުލުމާތު ލިބުނު ގޮތުގައި ފުވައްމުލައް ސިޓީ ސީ އެމްބިއުލޭންސްގައި މައްސަލައެއް ވަރަށް ދިމާނުވާ ކަމަށް ވެއެވެ. ސީ އެމްއުލޭންސްގައި މައްސަލައެއް ދިމާވާ ހާލަތްތަކުގައި އެހެން ލޯންޗަކުން އެދަތުރުތައް ކުރިންވެސް މަދުމަދުން ކޮށްފައިވާ ކަމަށް ވެއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !