ފުވައްމުލަކު ހޮސްޕިޓަލުގެ ލެބޯޓްރީ ސުމޭކު ކުރުމަށާއި (ޑިޖިޓަލައިޒް) ޒަމާނީ ވަސީލަތްތައް ގާއިމުކުރުމަށާއި ބޭނުންވާ ޖާގަ އިތުރުކުރުގެ ޢަމަލީ މަސައްކަތް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް އިއްޔެ ފައްޓަވައި ދެއްވައިފިއެވެ.
ފުވައްމުލަކު ހޮސްޕިޓަލަށް އަލަށް މިވަގުތު އިތުރުކުރެވޭ ބައިގެ ސަަބަބުން ލެބޯޓްރީގެ ދަތިކަމަށް ހައްލެއް ހޯދިގެންދާނެއެވެ. މީގެއިތުރުން ސްޕެޝަލިސްޓް އޯޕީޑީގެ ޚިދުމަތާ ސްޕެޝަލް ނީޑް ކުދިންނަށް ބޭނުންވާ ސްޕީޗް ތެރަޕީ ދިނުމަށް ޚާއްޞަ ބައެއް ވެސް މިބައިގައި ހިމެނޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.

ފުވައްމުލަކު ހޮސްޕިޓަލުގެ ލެބޯޓްރީ އިމާޜާތް ކުރުން
ފުވައްމުލަކު ހޮސްޕިޓަލުގެ ހުޅަނގުފަރާތަށް އިތުރުކުރެވޭ ބައި އިމާރާތްކުރުމުގެ މަސައްކަތް ކުރަނީ ރައިސާ ޕްރައިވެޓް ލިމިޓެޑްއިންނެވެ. މިމަސައްކަތުގެ އެއްބަސްވުމުގައި އެކުންފުންޏާއި އެކު ފުވައްމުލައް ސިޓީ ކައުންސިލުން ސޮއިކުރީ މި އޮކްޓޮބަރު މަހު 17 ވަނަ ދުވަހުއެވެ.
އިއްޔެ ފުވައްމުލަކު ހޮސްޕިޓަލްގެ ގޯތިތެރޭގައި ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ ދިވެހިރާއްޖޭގެ ޞިއްޙީ ނިޒާމު ވަރުގަދަ ކުރުމަށް އަތޮޅުތެރޭގައި ސިއްޙީ ނިޒާމު ވަރުގަދަކުރުމަކީ މިސަރުކާރުން އެންމެ އިސްކަމެއްދެއްވާ އެއްކަން ކަމުގައެވެ. ރައިސުލް ޖުމްހޫރިއްޔާގެ ނާއިބު ސިފަކުރެއްވީ އަތޮޅާއި ރަށުގައި ތިބެގެން ފެންވަރު ރަނގަޅު ޚިދުމަތްތައް ފަސޭހަކަމާއެކު ހޯދައިދެއްވުމަކީ މިސަރުކާރަށް ކުރެވޭ އެންމެ މުހިންމު މަސައްކަތްކަމުގައެވެ. ސިއްހީ ނިޒާމު ތަރައްގީކުރުމަށް މިކުރެވޭ މަސައްކަތްތަކުން ހޮސްޕިޓަލްތަކުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ތަފާތު ގިނަ މަސައްކަތްތައް މިހާރުވެސް ކުރެވެމުންދިއުން ކަމުގައި ވިދާޅުވިއެވެ. މަތީ ފެންވަރުގެ ޚިދުމަތްތައް ދޭ ހޮސްޕިޓަލުގެ ވަޞީލަތްތައް މިހާރު ރާއްޖޭގައި ވަރަށް ބޮޑުތަން އިތުރުކުރެވިފައިވާ ކަމުގައި ވެސް ވިދާޅުވިއެވެ.

ފުވައްމުލަކު ހޮސްޕިޓަލުގެ ލެބޯޓްރީ އިމާޜާތް ކުރުން
ފުވައްމުލައް ސިޓީ ހޮސްޕިޓަލަކީ ޓާޝަރީ ފެންވަރުގެ ސަބްސްޕެޝަލިޓީ ހޮސްޕިޓަލަކަށް ހެދުމުގެ ޕްރޮޖެކްޓެއް މިސަރުކަރުން ރާވާފައި ވެެވެ. އެގޮތުްނ ހޮސްޕިޓަލުގެ ސަރަހައްދު ބޮޑުކޮށް 4 ބުރީގެ އާއިމާރާތެއް ކުރުމުގެ މަސައްކަތުގެ ތައްޔާރީތައް ވެސް އަންނަނީ ކުރަމުންނެވެ.
ޚިޔާލުތައް