ފާއިތުވި އަހަރުގެ އޭލެވެލް އިން ޏ.އޭއީސީގެ 11 ދަރިވަރުން ގައުމީ ގަދަ 10އަށް

ފުރަތަމަ ސެމެސްޓަރުގެ ކިޔެވުން ނިންމައި ޏ.އޭއީސީއިން ބެލެނިވެރިންނާއެކު ބޭއްވި ބައްދަލުވުން - 2021 ޑިސެމްބަރު
Share on facebook
Share on twitter
Share on google

ފާއިތުވި 2021 ވަނަ އަހަރު ބޭއްވި އެޑެކްސެލް އެޑުވާންސްޑް ލެވެލް އިމްތިހާނުގައި ޏ.އަތޮޅު ތައުލީމީ މަރުކަޒު (ޏ.އޭއީސީ) އިން ބައިވެރިވި ދަރިވަރުން ފާހަގަ ކޮށްލެވޭފަދަ މަތީ ކާމިޔާބީއެއް ޙާސިލުކޮށްފިއެވެ. އެގޮތުން އެސްކޫލުން އިމްތިހާނު ހެދި ދަރިވަރުންގެ %38 ދަރިވަރުން ވަނީ ގައުމީ ގަދަ 10ގައި ހިމެނޭވަރުގެ މަތީ ނަތީޖާއެއް ހާސިލުކޮށްފައި ކަމަށް އެސްކޫލުގެ ޕްރިންސިޕަލް އިސްމާއީލް ސައުދުﷲ ވިދާޅުވިއެވެ.

ނިމުނު ހަފުތާގައި ނަތީޖާތައް ލިބުނު އިރު، ޏ.އޭއީސީއިން މިފަހަރު އިމްތިހާނު ހެދި 29 ދަރިވަރުންގެ ތެރެއިިން 11 ދަރިވަރުކު ގަދަ 10ގައި ހިމެނޭ ވަރުގެ ނަތީޖާއެއް ހޯދާފައި ވެއެވެ. އަދި ގިނަ މާއްދާތަކުން ހުރިހާ ދަރިވަރުން، %100 ފާސަވެފައި ވެއެވެ.

އެގޮތުން:

އެކައުންޓިން – %100 ފާސް

ބިޒިނެސް ސްޓަޑީޒް – %100 ފާސް

އިކޮނޮމިކްސް – %100 ފާސް

ކެމިސްޓްރީ – %100 ފާސް

ބައިލޮޖީ – %100 ފާސް ހޯދާފައިވެއެވެ.

މީގެ އިތުރުން މެތަމެޓިކްސް(ހިސާބު) އިން %83 އަދި ފިޒިކްސް އިން %75 ދަރިވަރުން ފާސްވެފައި ވެއެވެ. އެޗްއެސްސީ އިމްތިހަނުގެ ޕާސް ނަތީޖާ ހުރީ %90 އިން މަތިގައި ކަމަށް މައުލޫމާތު ލިބެއެވެ.

ޏ.އޭއީސީގެ ކިޔަވައިދިނުމާއި ދަރިވަރުންގެ ކިޔެވުން ރަނގަޅުވެފައިވާ ކަމަށް ގިނަ ބަޔަކު ފާހަގަކުރާ ބައެއް ކަންކަމުގެ ހެއްކަކަށް ދައްކަނީ މިފަދަ އިމްތިހާނު ތަކުން ހޯދަމުން އަންނަ މަތީ ނަތީޖާތަކެވެ.

އެނެމް ފަހުން ބޭއްވުން އޯލެވެލް އިމްތިހާނުގެ އިނާމުދިނުމުގެ ޖަލްސާއިން ވެސް ޏ.އޭއީސީގެ 15 ދަރިވަރުން އިނާމު ހާސިލުކޮށްގެން ދިޔަކަން ފާހަގަކުރެވއެވެ. އަދި ދުނިޔޭގެ ގަދަ 10 ގައި ޏ.އޭއީސީގެ 3 ދަރިވަރަކު ހިމެނިފައި ވާކަން ވެސް ފަހަގަ ކުރެވެއެވެ. އެއީ އޯލެވެލް އިމްތިހާނުން، ޏ.އޭއީސީގެ ތާރީޚުގައި ވެސް މަތީ ކާމިޔާބީއެއް ހާސިލުކުރި މަދު ފަހަރު ތަކުގެ ތެރެއިން ވެސް ފާހަގަކޮށް ލެވުނު ފަހަރެއްކަމަށް ބެލެވެއެވެ. އަދި ދިވެހި މާއްދާއިން މުޅި ރާއްޖެއިން 1 ވަނަ ހާސިލުކުރި ކުދިންގެ ތެރޭގައި ވެސް ޏ.އޭއީސީގެ ދަރިވަރު، އާއިޝަތު އަނާ މުހައްމަދު ހިމެނިފައިވެއެވެ.

2019ގެ އޯލެވެލެ އިން މަތީވަނަތައް ހާސިލުކުރި ދަރިވަރުންސްކޫލްތަކުގެ ދަރިވަރުން އިމްތިހާނު ހޯދާ މަތީ ނަތީޖާތަކުން ހާމަކޮށްދެނީ ސްކޫލުގެ މެނޭޖުމެންޓާއި ޓީޗަރުން ކުރާ މަސައްކަތް އެކަންޏެއް ނޫނެވެ. އޭގައި އެންމެ އިސްވަނީ ދަރިވަރުން ކުރާ މަސައްކަތެވެ. ކާމިޔާބީއެއް ލިބުނަސް އަދި ކާމިޔާބީއެއް ނުލިބުނަސް އެކަމުގައި ޓީޗަރުންނާއި ސްކޫލާއި އެއްވަރަކަށް ދަރިަވރުންނާއި ބެލެނިވެރިން ވެސް ޝާމިލްވެއެވެ.

 

No Article rating
0 Reviews
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments