A wide advertisement which will be shown on all devices. (700 x 100)

ހަފްތާރެސް ޕްރޮގްރާމް ފުވައްމުލަކުގައި ބާއްވައިފި

މިނިސްޓްރީ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓާއި ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރާއި ފުވައްމުލައް ސިޓީ ކައުންސިލް ގުޅިގެން ކުރިއަށް ގެންދިޔަ “ހަފްތާރެސް” ޕްރޮގްރާމެއް ފުވައްމުލަކުގައި ބާއްވައިފިއެވެ. މިޕްރޮގްރާމަކީ ރައްޔިތުންނާއި ގުޅިގެން މުޖުތަމަޢުގައި ހުރި މައްސަލަތައް ހައްލުކުރުމުގެ މަގުސަދުގައި ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މީގެ ހަތަރު ދުވަސްކުރިން ފެށުނު މިޕްރޮގްރާމަކީ 4 ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.

 

މިޕްރޮގްރާމްގެ ތެރޭގައި އަމާން، ވިލުންވެރި މުޖުތަމަޢެއް ބިނާކުރުމަށް ސިޓީގެ ކައުންސިލްގެ ވެރިންނާއި ފެމިލީ އެންޑް ސިލްޑްރެންސް ސަރވިސް އަދި ފުވައްމުލައް ސިޓީގެ އެކި އިދާރާތަކުގެ ވެރިންނާއި ސްކޫލްގެ ވެރިންނާއި މުދައްރިސުންނާއި ބެލެނިވެރިންނާއި ގުޅިގެން މަސައްކަތްކުރެވުނެވެ.

މީގެ އިތުރުން ޒުވާނުންނަށް ކުރިމަތިވެފައިވާ އެކި މައްސަލަތަކާއި އެކަންކަން ޙައްލުކުރުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރެވުނެވެ.

 

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !