ޓެސްލާ އާއި ސްޕޭސްއެކްސްގެ ވެރިޔާ މަހުޖަނު އެލޮން މަސްކް އޭނާގެ ޕްރައިވެޓް ޖެޓް ޓްރެކްކުރި ޓްވިޓާ އެކައުންޓް ޑިލީޓްކުރުމަށް އެއެކައުންޓް ގެންގުޅޭ ޖެކް ސްވީނީ އަށް ހުށަހެޅި ކަމަށް ސީއެންއެން އިން ރިޕޯޓްކޮށްފިއެވެ. އެލޮން މަސްކް ދަތުރުކުރާ ޕްރައިވެޓް ޖެޓް ޓްރެކްކޮށް ފީޑް އަޕްލޯޑް ކުރުމަށް ފްލޮރިޑާގެ 19 އަހަރުގެ ޅަޒުވާން ސްވީނީ ބޭނުންކުރި ޓްވިޓާ އެކައުންޓް އެއްލައްކަ ފަންސާސްހާސް މީހުން ފޮލޯ ކުރެއެވެ.

ކޮލްޖެގައި ކިޔަވަމުންދާ ސްވީނީ އެލޮން މަސްކްގެ އިތުރުން ދުނިޔޭގެ އެހެން މަޝްހޫރު މީހުން ދަތުރުކުރާ ފްލައިޓްތައް ޓްރެކްކުރުމަށް ބޮޓް އެކައުންޓްތަކެއް ޓްވިޓާގައި ހަދާފައިވެއެވެ. އެއެކައުންޓްތަކުން ބިލް ގޭޓްސް އާއި ޖެފް ބެޒޯސްފަދަ މަޝްހޫރު އެތައް ބައެއްގެ ދަތުރު ޓްރެކްކުރެއެވެ.
އެލޮން މަސްކްގެ ޕްރައިވެޓް ޖެޓް ޓްރެކްކުރި ޓްވިޓާ އެކައުންޓް ޑިލީޓްކުރުމާއި ގުޅޭ ގޮތުން އެލޮން މަސްކްގެ ފަރާތުން ފުރަތަމަ މެސެޖްކޮށްފައިވަނީ މިދިޔަ ނޮވެމްބަރު މަހު 30 ވަނަ ދުވަހު ކަމަށް ސީއެންއެން އިން ރިޕޯޓްކުރެއެވެ. އެލޮން މަސްކްގެ މި ހުށަހެޅަށް ޖަވާބެއްގެ ގޮތުން ސްވީނީ ހުށަހެޅީ އޭނާގެ ކިޔެވުމުގެ ޚަރަދަށް ނުވަތަ ޓެސްލާ މޮޑްލެ 3 ގެ ކާރެއްގެ ހޯދުމަށް ބޭނުންވާ 50 ހާސް ޑޮލަރު ހޯދުމަށެވެ. އޭޣެ ފަހުން އެންމެ ފަހުން މިދެފަރާތް ދޭތެރޭ މެސެޖް ބަދަލުކުރެވިފައިވަނީ މިޖެނުއަރީ މަހު 19 ވަނަ ދުވަހު ކަމަށްވެސް ސީއެންއެން އިން ރިޕޯޓްކުރެއެވެ.
ސްވީނީ ވަނީ ޓެރެކްކުރާ ޕްރޮގްރާމްތައް ބްލޮކްކުރުމާއި ގުޅޭ ލަފާވެސް ދީފައެވެ. އެލަފާގެ ބޭނުން އެލޮން މަސްކް ހިފާކަމަށްވެސް ސްވީނީ އާއި ހަވާލާދީ ސީއެންއެން އިން ހާމަކުރެއެވެ.



ޚިޔާލުތައް