ފުވައްމުލަކަށް ފެނުގެ ޚިދުމަތް ފޯރުކޮށްދީފައިވާ ފެނަކަ ކޯޕަރޭޝަނުގެ ފެންލައިނަށް ވަޅުފެން ގުޅާފައިވާ ގެތަކުގެ ފެނުގެ ޚިދުމަތް ކަނޑައިލާނެ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.
ފެނަކަ ކޯޕަރޭޝަނުން އިއްޔެ އާންމުކޮށްފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެކޯޕަރޭޝަނުގެ ފެންލައިނަށް ވަޅުފެން ގުޅާފައި ހުރުމުގެ ސަބަބުން ފެނުގެ ނެޓްވޯކަށް ވަޅުފެނުގެ އަސަރުކުރަމުންދާކަން ފާހަގަކުރެވޭތީ އާއި އެކަމަކީ އެނަޖީ އޮތޯރިޓީއިން މަނާކޮށްފައިވާ ކަމަކަށްވާތީވެ، މިމާޗު މަހުގެ 30 ވަނަ ދުވަހުން ފެށިގެން އެފަދަ ގޮތަކަށް ކަނެކްޝަން ހަދާފައިވާ ގެތަކުން ފެނުގެ ޚިދުމަތް ކަނޑައިލެވޭނެ ކަމަށެވެ.
މިކަމާއި ގުޅޭ އިތުރު މައުލޫމާތު 7523224 ނަންބަރުން ލިބޭނެކަމަށްވެސް ފެނަކަ ކޯޕަރޭޝަނުން ހާމަކުރެއެވެ.
+1
+1
ޚިޔާލުތައް