A wide advertisement which will be shown on all devices. (700 x 100)

ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ސީނިއާ މުވައްޒަފުންތަކެއް ސަސްޕެންޑްކޮށްފި

ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ (ޕީއެސް) އާއި އެމިނިސްޓްރީގެ ހިއުމަން ރިސޯސަސް ޑިޕާޓްމަންޓުގެ އިސް ދެ މުވައްޒަފަކު ވަޒީފާގެ މަސްއޫލިއްޔަތުތަކުން ސަސްޕެންޑުކޮށްފިއެވެ. ޕާމަނަންޓް ސެކްރެޓަރީއާ އެކު ދެ މުވައްޒަފުން ސަސްޕެންޑްކުރީ ސިވިލް ސާވިސް ކޮމިޝަނުން ބަލަމުން އަންނަ މައްސަލަތަކަކާ ގުޅިގެންނެވެ. އެކަމަކު އެ ކޮމިޝަނުން މިކަމާ ގުޅޭ ތަފްސީލެއް އަދި ނުލިބެ އެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓްރީ އާއި އެމިނިސްޓްރީގެ ހިއުމަން ރިސޯސަސް ޑިޕާޓްމަންޓުގެ އިސް ދެ މުވައްޒަފަކު ވަޒީފާގެ މަސްއޫލިއްޔަތުތަކުން ސަސްޕެންޑްކޮށްފައިވަނީ ގަވާއިދާއި ޚިލާފަށް ވަޒީފާދޭ މައްސަލައެއްގައި ކަމަށް މިހާރު ނޫހުން ރިޕޯޓުކޮށްފައިވެއެވެ.

ވަޒީފާ ދިނުމުގައި އެންމެ އެކަށީގެންވާ ފަރާތް އިޚްތިޔާރުކުރުމުގެ ބަދަލުގައި ސިޔާސީ މަންފާހޯދުމަށް ވަޒީފާ ދެމުންގެންދާ ޝަކުވާއަކީ އަބަދުވެސް ކުރަމުންދާ ޝަކުވާއެކެވެ. މީގެ އިތުރުން ޕާމަނަންޓް ސެކްރެޓްރީން ބަދަލުކުރުމަކީވެސް އާންމު ކަމެކެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !