A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލަކު ބަނދަރަށް ވަންނަ ސަފާރީތަކުން ނަގާ ފީ ބޮޑުކުރީ ބަނދަރުގެ ޖާގައިގެ ދަތިކަމުން

ސަފާރީތަކުގެ ޑައިވީން އެއް މަންޒިލަކަށް ފުވައްމުލައް

ފުވައްމުލަކު ބަނދަރަށް ވަންނަ ސަފާރީތަކުން ނަގާ ފީ ބޮޑުކުރީ ބަނދަރުގެ ޖާގައިގެ ދަތިކަން ބޮޑުކަމުން ކަމަށް ސިޓީ ކައުންސިލް މެމްބަރު އަބްދުﷲ ނާސިރު ހާމަކުރައްވައެވެ.

ބަނރުގެ ޖާގައިގެ ދަތިކަމުގެ ވާހަކަ ‘ދައުރު’ އަށް ވިދާޅުވަމުން ސިޓީ ކައުންސިލް މެމްބަރު އަބްދުﷲ ނާސިރު ވިދާޅުވީ “ރަށުގެ އުޅަނދުފަހަރުތަކަށް ވެސް އަޅަން މިހާރު ޖާގައެއް ނޯވޭ. އެހެންވެ، އަޅުގަނޑުމެން ނިންމީ ސަފާރީތައް ވަންނަ އަދަދު މަދުކުރުމަށް ފީ ބޮޑުކުރަން،” ށެވެ.

ފުވައްމުލަކު ބަނދަރު ކުރިމަތީގައި އޮންނަ ޑައިވީން ޕޮއިންޓަށް ގިނަ ފަތުރުވެރިން ޑައިވިން ކުރޭ

ބަނދަރަށް ވަންނަ ސަފާރީތަކުން ނަގާ ފީ ބޮޑުކުރަން ފުވައްމުލައް ސިޓީ ކައުންސިލުން ނިންމީ 12 ޖެނއުަރީ 2022 ވަނަ ދުވަހު ބޭއްވި ސިޓީ ކައުނސިލްގެ 33 ވަނަ ޖަލަސާއިންނެވެ. އެޖަލްސާއިން ނިންމީ މި އޭޕްރީލް މަހު 1 އިން ފެށިން އެކަން ތަންފީޒުކުރަން ފެށުމަށެވެ.

އެގޮތުން މިހާރު ބޮޑުކުރި ފީއަކީ ކޮންމެ ދުވާލަކަށް 500 (ފައްސަތޭކަ) ޑޮލެރެވެ.

ފުވައްމުލަކު ބަނދަރަށް ވަންނަ ސަފާރީތަކުން ކުރިން ނަގަމުން އައީ ދުވާލަށް 50 ޑޮލަރެވެ. ނަމަވެސް މިހާރު ބަނދަރުގެ ޖާގަ ދަތިވެ ބައެއް ސަފާރީތަކަށް ބަނަދަރުގެ އެތެރެއަށް ވަންނަން ޖާގަ ނުލިބި ބޭރުގައި ތިބެން ޖެހިފައި ވެއެވެ. އަދި ބައެއް ސަފާރީތައް އައްޑޫގެ ބަނދަރަކަށް ވެސް ދާނެޖެހޭކަމަށް މައުލޫމާތު ލިބެއެވެ. މިޙާރުވެސް ދުވާލެއްގެ މައްޗަށް 6 ސަފާރީ ފުވައްމުލަކު ބަނދަރަށް ވަންނަ ކަމަށް މައުލޫމާތު ލިބެއެވެ.

ފީ ބޮޑު ކުރުމުން ސޯޝަލްމީޑިއާގައި ބައެއް ފަރާތަތަކުން ފުވައްމުލައް ސިޓީ ކައުންސިލަށް ފާޑުކިޔަމުން ބުނެފައި ވަނީ ތިއުޅޭނީ ކައުންސިލަށް ބަޖެޓް ހޯދަން ކަމަށް ހެއްޔެވެ!

ވޭލްޝާކް އާއި ޓައިގާ ޝާކް ފުވައްމުލަކު ފަރުން ފެނޭ – ފޮޓޯ: ފުވައްމުލަކު ޑައިވް ސްކޫލް

ފުވައްމުލައް ސިޓީގައި ގެސްޓް ހައުސްތައް އިތުރުވުމާއި އަދި ސަފާރީތަކުގައި ފުވައްމުލަކަށް ޑައިވީނަށް އަންނަ ފަތުރުވެރިންގެ އަދަދު ވަނީ އިތުރުވެފެއެވެ. އެގޮތުން ފުވައްމުލަކުގައި މިހާރު 7 ޑައިވް ސެންޓަރާއި 21 ގެސްޓްހައުސް ހިންގައެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !