A wide advertisement which will be shown on all devices. (700 x 100)

ޤުރުއާނާއި ސައިންސް ފޯރަމް 1443ހ.”ގެ 3 ވަނަ ޕްރޮގްރާމު ހުށަހަޅައިދޭނީ ޏ.އޭއީސީގެ ދަރިވަރުން

1443ހ. ރަމަޟާން މަހުގެ ދީނީ ޕްރޮގްރާމް ގުރުއާނާއި ސައިންސްގެ ފޯރަމް- ޏ.އޭއީސީ

“ޤުރުއާނާއި ސައިންސް ފޯރަމް 1443ހ.”ގެ ނަމުގައި ފުވައްމުލައް ސިޓީ ކައުންސިލުން ގެނެސްދޭ ސިލްސިލާގެ 3 ވަނަ ޕްރޮގްރާމް އަންނަ ބުރާސްފަތި ދުވަހުގެ (14 އޭޕްރީލް 2022) ރޭ ގެނެސްދިނުމަށް ތާވަލްކޮށްފިއެވެ.

ދީނީ މައުލޫމާތު ގެނެސްދޭ މި ޕްރޮގްރާމް ހުށަހަޅައިދޭނީ ޏ.އަތޮޅު ތައުލީމީ މަރުކަޒު (ޖީއެން އޭއީސީ) ގެ 5 ދަރިވަރެކެވެ. މިޕްރޮގްރާމުގެ މައުޟޫއަކީ “ގުރުއާނާއި ސައިންސްގެ އަލީގައި ފަލަކީ އިލްމު” އެވެ. ދަރިވަރުންގެ ހުށަހެޅުމަށް ދީނީ އިލްމުވެރިންގެ ޕެނެލަކުން ވާހަކަދެއްކުން ވެސް އޮވެއެވެ.

މި ފޯރަމް ހުށަހަޅައިދެނީ ފުވައްމުލައް ސިޓީ ކައުންސިލް އިދާރާގެ ކުރުނދުމާ މާލަމުގައެވެ. މި ފޯރަމު އަޑުއެހުމަށް އާއްމުކޮށް ވަނީ ހުޅުވާލެވިފައެވެ. މީގެ އިތުރުން މިފޯރަމް ސިޓީ ކައުންސިލްގެ ފޭސްބުކް ޕޭޖުން ލައިވް ކުރާގޮތަށް ވަނީ ހަމަޖެހިފައެވެ.

 

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !