A wide advertisement which will be shown on all devices. (700 x 100)

ޕްރިޒަން އޮފިސަރަކަށް ވުމަށް ބޭނުންވަނީ ކޮންކަމެއް؟

ޕްރިޒަން އޮފިސަރުން ހޯދުން -

ޕްރިޒަން އޮފިސަރަކަށް ނުވަތަ ޖަލު ބަލަހައްޓާ މީހަކަށް ވުމަށް ބޭނުންވާ މައުލޫމާތު ދިނުމުގެ ބައްދަލުވުމެއް މާދަމަ (10 މެއި 2022) ގައި ބޭއްވުމަށް ހަމަޖެހިފައިވާކަމަށް ފުވައްމުލައް ސިޓީ ކައުންސިލުން ހާމަކުރައްވައެވެ. މިސެޝަނުންގައި ބައިވެރިވުމުގެ ދައުވަތު އާއްމުކޮށް ހުރިހާ އެންމެނަށް ވަނީ ހުޅުވާލާފައެވެ.

މިއީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ފަރާތުން “ޕްރިޒަން އޮފިސަރުން” ގޮތުގައި މަސައްކަތް ކުރަން ޝައުގުވެރިވާ ޒުވާނުންނަށް ބާއްވާ މަޢުލޫމާތު ސެޝަނެކެވެ. މިސެޗަން ބޭއްވުމަށް ހަމަޖެހިފައި ވަނީ މާދަމާ ރޭ 8؛30 ގައި ފުވައްމުލައް ސިޓީ ކައުންސިލްގެ އިދާރާގެ ކުރުނދުމާ މާލަމުގައެވެ.

މައުލުމާތު ދިނުމުގެ މިސެޝަނަކީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ފަރާތުން ބާއްވާ ސެޝަނެކެވެ. މިއީ އެސާވިސްގައި މަސައްކަތް ކުރުމަށް ދާދި ފަހުން އިއުލާން ކުރި ގިނައަދަދެއްގެ މީހުން ހޯދުމަށް އަމާޒުކޮށްގެން ދާއިރާއަށް ޝައުގުވެރިވާ ފަރާތްތަކަށް ފަހިވެގެންދާ ފުރުސަތެކެވެ.

ޕްރިޒަން އޮފިސަރުންގެ ގޮތުގައި މަސައްކަތަށް ނަގަން ހަމަޖެހިފައި ވަނީ އުމުރުން 18 އަހަރާއި 35 އަހަރާއި ދެމެދުގެ ދިވެހި ޒުވާނުންނެވެ. މިއީ ރަނގަޅު އާމްދަނީއެއް ލިބޭ ވަޒީފާއެކެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !