A wide advertisement which will be shown on all devices. (700 x 100)

އިމާމުންނާއި ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމެއް ފުވައްމުލަކުގައި ފަށައިފި

އިމާމުންނާއި ޚަތީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމެއް ފުވައްމުލަކު ސިޓީގައި ފަށައިފިއެވެ. މި ތަމްރީން ޕްރޮގްރާމް ފައްޓަވައިދެއްވީ މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޡަމްގެ އިމާމް އައްޝައިޚް ނަސްރުﷲ ޢަލީއެވެ. 09 ޖޫން 2022 އިން 11 ޖޫން 2022 އަށް ކުރިޔަށްގެންދާ މި ތަމްރީން ޕްރޮގްރާމްގައި ފުވައްމުލައް ސިޓީގެ 38  ފަރާތަކުން ބައިވެރިވެއެވެ. މި ތަމްރީނު ޕްރޮގްރާމްގައި މަޢުލޫމާތު  ހިއްސާކުރައްވާނީ އެކަންކަމާ ގުޅުންހުރި އިސްލާމިކް މިނިސްޓްރީގެ  ބޭފުޅުންނާއި ރާއްޖޭގެ މަޝްހޫރު ޢިލްމުވެރިންނާއި، އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްގެ ލެކްޗަރަރ އިންނެވެ.

މި ތަމްރީން ޕްރޮގްރާމްގައި މައިގަނޑު ގޮތެއްގައި ކިޔަވައި ދެއްވާނީ ތަޖުވީދު، ހުކުރު ޤަވާޢިދާ އުސޫލު، ސިވިލް ސާވިސްގެ ޤަވާޢިދާ އުސޫލު، މަސައްކަތުގެ އަޚްލާޤާއި އެހެން މީހުންނާއި މުޢާމަލާތްކުރުން، ނަމާދުގެ ޙުކުމްތައް އަދި ޚިލާފީ މައްސަލަތަކުގައި ޢަމަލުކުރާނެގޮތް ފަދަ މައުޟޫއުތަކެވެ.

މިއީ ރާއްޖޭގެ މިސްކިތްތަކުގައި އިމާމުވެ ނަމާދުކުރައްވާ އިމާމުންނާއި ޚަޠީބުންގެ ފެންވަރު މަތިކުރުމަށްޓަކައި ކުރިއަށްގެންދާ ސިލްސިލާ ތަމްރީނުތަކެކެވެ. މި ތަމްރީން ޕްރޮގްރާމްތަކުގެ ފުރަތަމަ ބާއްވާފައިވަނީ މާލޭ ސިޓީގައި 2021 ވަނަ އަހަރުގެ މާޗްމަހުގައެވެ. ދެވަނަ ބުރު އައްޑޫ ސިޓީގައި ބާއްވާފައިވާއިރު މިހާރު ފުވައްމުލައް ސިޓީގައި ކުރިއަށް މިދަނީ މި ތަމްރީން ޕްރޮގްރާމްތަކުގެ 3 ވަނަ ބުރެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !