ބޮޑު އީދު ނަމާދު ބޮޑު ޖަމާއަތުގައި ފުވައްމުލަކު ކްރިކެޓް ސްޓޭޑިއަމްގައި

ބޮޑު ޖަމާއަތުގައި މިއަހަރުގެ ބޮޑު އީދު ނަމާދު ކުރުން 1443
Share on facebook
Share on twitter
Share on google

މި އަހަރުގެ، 1443ގެ ބޮޑު އީދު، ނުވަތަ އަޟުހާ އީދު ނަމާދު ބޮޑު ޖަމާއަތުގައި ފުވައްމުލައް ސިޓީގައި ކުރުމަށް ހަމަޖެހިފައިވަނީ ފުވައްމުލަކު ކްރިކެޓް ސްޓޭޑިއަމްގައި ކަމަށް ފުވައްމުލައް ސިޓީ ކައުންސިލުން ހާމަކުރައްވައިފިއެވެ.

ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރުން ސިޓީކައުންސިލުން އިންތިޒާމުކުރަނީ ގާޑިއަން އެސޯސިއޭޝަން ގުޅިގެންނެވެ. އިދު ނަމާދު ކުރަން ފަށާނީ ހެނދުނު 7:30 ގައެވެ. ހުކުރު ނަމާދާއި ތަފާތުކޮށް އީދު ނަމާދުގައި ޚުތުބާ ކިއުން އޮންނަނީ ނަމާދުގެ ފަހުންނެވެ. ވުމާއެކު ގަޑިޖެހުމުގެ ކުރިން ނަމާދަށް ނުދެވިއްޖެނަމަ އީދު ލައްވާ ނުލާނެކަން ވިސްނަން ޖެހެއެވެ. މަދުން ނަމަވެސް ބައެއް މީހުންނަށް އެގޮތަށް ދިމާވެއެވެ.

ބޮޑު ޖަމާއަތުގައި އީދު ނަމާދަށް އަންނަ ފަރާތްތަކުން ސަމާލުވުމަށް އިންތިޒާމު ކުރާ ފަރާތްތަކުން ފާހަގަ ކުރާ ބައެއް ކަންތައްތަކެއް އެބަހުއްޓެވެ.

ގެއިން ވުޟޫ ކޮސްގެން އައުން

ނަމާދުކުރުމަށް މުސައްލައެއް ގެނައުން

ކުޑަ ފެންފުޅިއެއް ގެނައުން

އަދި ފައިވާނަށް ސަމާލުވާނެ ނުވަތަ ރައްކާކުރާނެ ގޮތެއް ވިސްނުމަށެވެ.

މާދަމައަކީ އީދުގެ ފުރަތަމަ ދުވަހަށްވާއިރު މާދަމާއަކީ ހަފުތާގެ ގޮތުން ހުކުރު ދުވަސް ވެސް މެއެވެ. ވުމާއެކު ޖަމާއަތުގައި ހުކުރު ކުރުން އޮންނާނީ މެންދުރު 12:35 ގައެވެ.

ދިވެހިން ބޮޑުއީދު ކިޔަނީ އަޟުހާ އީދަށެވެ. މި އީދަށް ބޮޑު އީދު ކިޔާކަމަށް ބެލެވެނީ މި ޢީދުގައި 4 ދުވަސް އުފާ ފާޅުކުރުމަށް ޗުއްޓީގެ ގޮތުގައި ލިބިގެންދާތީއެވެ. ދެން އޮންނަ ފިތުރު އީދުގައި ލިބެނީ 3 ދުވަހެވެ.

5.0/5.0 Article rating
1 Review
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments