ފުވައްމުލަކު ސިޓީގައި ގަވާއިދާއި ޚިލާފަށް ވިޔަފާރިކުރާ ބިދޭސީންގެ ވިޔަފާރިތައް ހުއްޓުވުމަށް ފިޔަވަޅުތަކެއް އަޅައިފިއެވެ. އެގޮތުން، ގަވާއިދާއި ޚިލާފަށް ދަނޑުވެރިކަން ކުރާ ބިދޭސީންގެ ތަރުކާރީއާއި މޭވާފަދަ ތަކެތި މާލެ ދަތުރުކުރާ ބޮޓުފަހަރުތަކަށް އެރުވުން މަނާކުރުމާއި ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީ މަސައްކަތު މީހުންނަށް މަސައްކަތް ހަވާލުކުރުން މަނާކުރުމާއި އަދި މިކަންތައްތައް ބެލުމަށްޓަކައި ފުލުުންނާއި ފުވައްމުލަކު ސިޓީ ކައުންސިލް ގުޅިގެން މަސައްކަތްކުރުން ހިމެނެއެވެ.
މިހާރަކަށް އައިސް ގަވާއިދާއި ޚިލާފަށް މަސައްކަތްކުރާ ބިދޭސީން ގުރޫޕް ހަދައިގެން ވިޔަފާރި އުސޫލުން ކޮންސްޓްރަކްޝަން މަސައްކަތް ރަށުތެރޭގައި ކުރުމާއި ފުވައްމުލަކުގައި ހައްދާ ތަރުކާރީއާއި މޭވާގެ ބާވަތްތަށް ރަށުތެރެއަށާއި މާލެ ފޮނުވައިގެން ވިއްކައި ވިޔަފާރި ކުރުން ފަދަ ކަންކަން ކުރަމުންދާ ކަމުގެ ޝަކުވާ ސިޓީ ކައުންސިލަށް ލިބެމުންދާކަން ވެސް ފުވައްމުލަކު ސިޓީ ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ. ފުވައްމުލަކު ސިޓީ ކައުންސިލުން އިތުރަށް ބުނެފައިވަނީ މިކަމަކީ ރަށުގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެކަމުގެ ސަބަބުން ނޭދެވޭ އަސަރު ކުރާނެ ކަމަށެެވެ.
ފަހަކަށް އައިސް ގަވާއިދާއި ޚިލާފަށް ފުވައްމުލަކުގައި އުޅޭ ބިދޭސީން ދަނޑުވެރިކަން ކުރުމާއި ކޮންސްޓްރަކްޝަން މަސައްކަތްކުރުން ފަދަ މަސައްކަތްތައް ކުރަމުންދާކަން ވަނީ ފާހަގަކުރެވިފައެވެ. ބިދޭސީންގެ ވިޔަފާރި ވިއުގައަކީ މިހާރު ފުޅާ ވިއުގައެކެވެ. އެގޮތުން، ރަށްރަށުގައި ދަނޑުހެއްދުމުގެ މަސައްކަތުގައި ބިދޭސީން ހަރަކާތްތެރިވަމުންދާއިރު އެމުދާ މާލެ ގަންނަ ބޯޓުފަހަރުގައިވެސް ބިދޭސީ މަސައްކަތްތެރިން މަސައްކަތްކުރެއެވެ. އަދި އެމުދާ މާލެގެންދިއުމުން އެދަފަ މުދާތައް ވިއްކުމުގެ މަސައްކަތުގައިވެސް ހަރަކާތްތެރިވަނީ ބިދޭސީންނެވެ.
+1
+1
ޚިޔާލުތައް
ތީ ވެންނެން ކަމެއްނުން ތިކަން ކެރަންތަނަހަ ކިތަންމެ ދުވަހެއު ކޮންސްޓްރަކްޝަން މަސައްކަތް ކެރީ ދިވެހި ކުދުގްރޫޕްތެއް ތިމީހުންގެ އުދަގުއްލާ ހެދީ މީގެ ވިއްސަކައު އަހަރު ކުރިއަށް ހުއްޓާ ލީއަ މަދޮބައެކެން ނުންފަހޭ