ފުވައްމުލައް ސިޓީގައި ބިދޭސީންގެ ދަފުތަރެއް އެކުލަވާލުމުގެ މަސައްކަތް އަނެއްކާވެސް ކުރަނީ

ބަނގްލާދޭޝް އެމްބަސީގެ ފަރާތުން ފުވައްމުލަކުަގައި އުޅޭ ބަނގްލާދޭޝްގެ މީހުންާއި ބައްދަލުކުރަނީ. 2019 އޮކްޓޯބަރު.
Share on facebook
Share on twitter
Share on google

ފުވައްމުލައް ސިޓީގައި މަސައްކަތްކުރާ ބިދޭސީންގެ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް 3 ވަނަ ފަހަރާ ފުވައްމުލައް ސިޓީ ކައުންސިލުން ކުރަމުން އަންނަކަމަށް ހާމަކޮށްފިއެވެ.

އެގޮތުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އާއި ގުޅިގެން އެންމެ ފުރަތަމަ އެމަސައްކަތް ފެށިކަން ހާމަކޮށްފައި ވަނީ 2019 ވަނަ ހައަރު ސެޕްޓެމްބަރު މަހު 19ގައެވެ. ދެވަނަ ފަހަރާ އެމަސައްކަތް ކުރަމުންދާކަން ސިޓީ ކައުންސިލުން ހާމަކޮށްފައި ވަނީ 2020 ވަނަ އަހަރުގެ ޖެނުއަރީ މަހުއެވެ. އަދި މިއީ މިމަސައްކަތް ކުރަން އިއުލާންކުރި 3 ވަނަ ފަހަރެވެ.

އެގޮތުން މިފަހަރު އިއުލާންކުރީ އަންނަ ޖޫން މަހު 1 (2022) ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ފުވައްމުލައް ސިޓީ ކައުންސިލުގެ ބިދޭސީންގެ ދަފްތަރުގައި ރަޖިސްޓްރީ ކުރުމަށެވެ. ސިޓީ ކައުންސިލުން ބިދޭސީންގެ ދަފުތަރު ބެލެހެއްޓުމައްޓަކައި ލޯކަލް ގަވާމެންތް އޮތޯރިޓީއިން ގާއިމުކޮށްފައިވާ ޕޯޓަލްގައި ފުވައްމުލައް ސިޓީގައި މިހާރު މަސައްކަތް ކުރަމުންދާ ބިދޭސީންގެ މައުލޫމާތު ހިމެނުމުގެ މަސައްކަތް ސިޓީ ކައުންސިލުން ކުރަމުން އަންނަ ކަމަށް ހާމަކޮށްފައި ވެއެވެ.

ބިދޭސީންތަކެއް ފުވައްމުލަކުގައި މަސައްކަތްކުރަނީ؛ ފައިލް ފޮޓޯ

ލާމަރުކަޒީ ގާނޫނުގެ ދަށުން އެކައުންސިލެއްގެ އިހުތިސޯސްގެ ތެރޭގައި އުޅޭ ބިދޭސީން މަސައްކަތްތެރިންގެ ދަފްތަރެއް އެކުލަވާލައި ބެލެހެއްޓުމުގެ ޒިންމާ އެކައުންސިލާކާިއ މަތިކުރެވިފައި ވެއެވެ.

މީގެ ކުރިން އިއުލާން ކުރުމުން ކޮންމެވެސް ވަރަކަށް (އަދަދު ނޭގޭ) ބިދޭސީން ރަޖިސްޓްރީކުރި ކަމުގައި ވިޔަސް ގިނަބަޔަކު ރަޖީސްޓްރީ ނުކޮށް އަދިވެސް ދިރިއުޅެމުން އާދެއެވެ.

ފުވައްމުލައ ސިޓީގައި ތިބީ ކިހާ ބިދޭސީންނެއްތޯ މިކަލް ނޫހުން ކުރިން ތަކުރާރުކޮށް ފުވައްމުލައް ސިޓީ ކައުންސިލާއި ކުރި ސުވާލުތަކަށް އެކަށީގެންވާ ޖަވާބެއް ލިބިފައެއް ވެއެވެ. ވުމާއެކު އެއިން އެނގިގެންދިޔައީ ފުވައްމުލައް ސިޓީގައި ބިދޭސީންގެ ދަފުތަރެއް އެކުލަވާލެވި ބެލެހެއްޓިފައި ނުވާ ކަމެވެ. އަދި ފުވައްމުލައް ސިޓީގައި ތިބީ ކިހާ ބިދޭސީންނެއް ކަމެއް ފުވައްމުލައް ސިޓީ ކައުންސިލަށް އެނގިފައި ނުވާކަމެވެ.

ނަމަވެސް ބައެއް ބޭފުޅުން ލަފާކުރައްވާ ގޮތުގައި ފުވައްމުލައް ސިޓީގައި އުޅެނީ 800 އެއްހާ ބިދޭސީންނެވެ.

ބިދޭސީން ގަވާއިދުގެ ތެރެއަށް ފައްތައި ރަޖިސްޓްރީކުރުމުގެ މަސައްކަތް މީގެ ކުރިން ކުރަން އުޅުނު ބައެއް މީހުން މިކަލް ނޫހަށް މައުލޫމާތުދިން ގޮތުގައި އެއީ ކުރެވޭ ވަރުގެ ކަމެއްނޫނެވެ. އެކަން ކުރުމަށް ފުރަތަމަ ކޯޓާ ހޯދަން ޖެހޭއިރު ކޯޓާދެނީ ރާއްޖެއިން ބޭރުން މީހުން ގެނައުމަށެވެ. ނަމަވެސް ބަނގްލާދޭޝް އިން މީހުން ގެނައުން ވަނީ ހުއްޓާލާފައެވެ. ވުމާއެކު ރަށުގައި ތިބި ބަންގްލާދޭޝް މަސައްކަތު މީހުން ގޭގެއަސް ރަޖިސްތްރީކުރެވޭނެ ގޮތެއް ނެތެވެ. އެކަން ކުރި މަދުބަޔަކުވެސް ކުރީ ހަގީގަތް އޮޅުވާލައި ކޮންމެވެސް ކުންފުންފުންޏެއް ނުވަތަ ފިހާރައެއްގެ ނަމުގައި ރަޖިސްޓްރީކޮށްފައި ގޭގެ މަސައްކަތް ކުރުވަނީ ކަމަސް މައުލޫމާތު ލިބެއެވެ. ނޫންނަމަ އެފަދަ ގޮތަކަށް ރަޖިސްޓްރީ ކުރުމަށްފަހު ރަށުތެރެއަށް ދޫކޮށްލަނީ ކަމަށެވެ.

ބިދޭސީންގެ ސާވޭ ފެށުމުގެ ރަސިްމއްޔާތުގެ ތެރެއިން؛ ސިޓީ ކައުންސިލްގުގެ މުވައްޒަފުންނާއި ސާވޭގެ ބައިވެރިން

މިހާރު ރަށުގައި ގަވާއިދާއި ޚިލާފަށް ތިބި މީހުން ގަވާއިދުގެ ތެރެއަށް ވެއްދުމަށް ކޯޓާދެނީ ވަރަށް މަދު ކަންކަމަށެވެ. އެގޮތުން ވިޔަފާރިތަކަށާއި، ދަނދުގެ މަސައްކަތަކަށް އަދި ކޮންސްތްރަކްޝަން ކުންފުނިތަކަށް ކޯޓާ ދޫކުރެއެވެ. ނަމަވެސް އެކޯޓާތައް ވެސް ހޯދުމަކީ ތަކުލީފުބޮޑު އުނދަގޫ ކަމެއް ކަމަށް އެމީހުން ބުންޏެވެ. ޚާއްސަކޮށް ގޭތެރޭގެ މަސައްކަތަށާއި، ބަލިމީހުން ބެލުމަށް ނުވަތަ ގެ ބެލެހެއްޓުމުގެ މަސައްކަތަށް ކޯޓާ ލިބޭނެ ގޮތެއް ނޯވެއެވެ. ވުމާއެކު އެމަސައްކަތަށް އަދިވެސް ގިނަ މީހުން ބޭނުންކުރަނީ ގަވާއިދާއި ޚިލާފަށް އުޅޭ މީހުން ކަމަށެވެ. އަދި ރަށުތެރޭގައި ގިނައިން މަސައްކަތްކޮށް އުޅެނީ ވެސް ގަވާއިދާއި ޚިލާފަށް އުޅޭ މީހުން ކަމަށް އެމީހުން ބުނެއެވެ.

ނަމަވެސް ދިވެހި ސަރުކާރުން ބޭނުންވަނީ ގަވާއިދާއި ޚިލާފަށްތިބި މީހުން ގަވާއިދުގެ ތެރެއަށް ފެއްތުމަށެވެ. ނަމަވެސް އެކަމަށް ހުރި ހުރަސްތައް ގިނަކަން އާއްމުންގެ ވާހަކަ ތަކުން އެނގެއެވެ.

ފުވައްމުލައް ސިޓީ ކައުންސިލްން މިހަފުތާގައި ނެރުނު އިއުލާނުގައި ވާގޮތުން ފުވައްމުލައް ސިޓީގައި މަސައްކަތްކުރާ ބިދޭސީންގެ ތެރެއިން ޕާސްޕޯޓް ނުވަތަ ރަސްމީ އެއްވެސް ލިޔެކިޔުމެއް ނެތް ބިދޭސީން ރަޖިސްޓްރީ ކުރަންޖެހެނީ އެމީހަކު ދިރިއުޅޭ ގޭގެ ވެރިފަރާތުގެ ހަވާލުގައެވެ. ނަމަވެސް ގިނަ ބިދޭސީން އުޅެނީ އެމީހުން އަމިއްލައަށް ކުށްޔަށް ހިފައިގެން އުޅެ ފަޅު ގޭތަކުގައެވެ. އެގޭގެ ވެރިން އެފަދަ މީހުން ރަޖިސްޓްރީ ކުރުމުގެ މަސައްކަތުގައި އުޅޭނީ ކިހާވަރަކަށް ކަމާއި މެދު ސުވާލު އުފެދެއެވެ. އަދި ގަވާއިދާއި ޚިލާފަށް އުޅޭބައެއްގެ ޒިންމާ، ގޭގެ ވެރިފަރާތުން ނަގަން ތައްޔާރުތޯ ވެސް ސުވާލު އުފެދެއެވެ

ފުވައްމުލައް ސިޓީގައި ގަވާއިދާއި ޚިލާފަށް ދިރިއުޅޭ ބިދޭސިން ދެނެގަނެ އެމީހުންގެ ދަފްތަރެއް އެކުލަވާލުމަށް ސާވޭއެއް 2019 ވަނަ އަހަރު ނޮވެމްބަރު މަހުގެ ތެރޭގައި ކުރިޔަށް ގެންގޮސްފައި ވެއެވެ. އެސާވޭގެ ނަތީޖާ އާއްމުންނާއި އަދި ހިއްސާކުރެވިފައެއް ނުވެއެވެ. އަދި ފުވައްމުލަކުގައި ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސސީންގެ ދަފްތަރެއް އެކުލަވާލެވުމުގެ މަސައްކަތް ކުރެވެމުން ދާކަމަށް ސިޓީ ކައުންސިލުން 3 ވަނަ ފަހަރާ ހާމަކުރި ނަމަވެސް އަދި ވެސް ދަފްތަރެއް އެކުލަވާލެފވިފައި ނުވަކަމަށް މިކަލް ނޫހަށް އެނގިފައި ވެއެވެ. އެންމެ ފުރަތަމަ 2019 ވަނަ އަހަރު ސިޓީ ކައުންސިލުން ހާމަކުރައްވާފައިވަނީ ގަވާއިދާއި ޚިލާފަށް ދިރިއުޅޭ ބިދޭސިން ދެނެގަތުމުގެ ސާރވޭއަށް ފަހު ހަފުތާއެއްގެ ތެރޭގައި ރެގިއުލަރައިޒޭޝަން ޖައްސައިދޭން ފެށޭނެ ކަމަށެވެ. ނަމެވސް އެކަން ވެސް ލަސްވެ އެންމެ ފަހުން ވީގޮތެއް އެނގިފައެއް ނުވެއެވެ. ފައެވެ.

ފާއިތުވި ނޮވެމްބަރު މަހު ފުވައްމުލައް ސިޓީގައި ދިރިއުޅޭ ބިދޭސީންގެ ސާވޭ ފެއްޓުން

މުޅި ދިވެހިރާއްޖެއެކޭ އެއްގޮތަށް ފުވައްމުލައް ސިޓީގައި ވެސް ބިދޭސީންގެ މައްސަލަތައް ވަނީ އިންތިހާއަށް ބޮޑުވެފައެވެ. ރާއްޖޭގައި ތިބި ގިނަ ބިދޭސީންނަކީ ބަންގްލާދޭޝްގެ އަންސްކިލްޑް މަސައްކަތްތެރިން ކަން ވަނީ ހާމަވެފައެވެ. އަދި މީގެ ގިނަ މީހުންނަކީ ގަވާއިދާއި ޚިލާފަށް ރާއްޖޭގައި އުޅޭ ފަރާތްތަކެއްކަން ކަމާބެހޭ އިދާރާތަކުން ވަނީ ހާމަކޮށްފައެވެ. ރާއްޖޭގެ ާބާދީގެ 1/5 އަކި ބިދޭސީން ކަމަށް ރަސްމީ އިދާރާތުނުް ހާމަކުރެއެވެ. އަދި އެއިގެ ތެރެއިން ގިނަ މީހުންނަކި ގަވާއިދާއި ޚިލާފަށް އުލޭ މިހުން ކަމަށް ވެސް ހާމަކުރެއެވެ.

ބިދޭސީން ރަޖިސްޓްރީވުމަށް އެދޭ ފޯމް

ބިދޭސިން ރަޖިސްޓްރީ ވުމަށް ކުރެވުނު އިއުލާން 

No Article rating
0 Reviews
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments