A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލަކު އެތެރޭގެ މަގުގައި ތާރު އަޅަން ފަށައިފި

ފުވައްމުލަކުގެ އެތެރޭގެ މަގުތަކުގައި ތާރުއަޅަން ފެށުން 1 ސެޕްޓެމްބަރު 2022

ފުވައްމުލަކު އެތެރޭގެ މަގުގައި ތާރު އަޅަން މިއަދު ފަށައިފިއެވެ. މިއަދު ތާރު އަޅަން ފަށާފައިވަނީ ފިނިވާމަގުން ދަޑިމަގު އަވަށު ނެރަގަނގަޑު ސަރަހައްދުގެ މަގުގައެވެ.

މިއީ ފުވައްމުލަކު އެތެރޭގެ މަގުތައް ހެދުމަށް އެމްޓީސީސީ އާއި ހަވާލުކޮށްގެން ކުރިޔަށް ގެންދާ މަޝްރޫޢުގެ ދަށުން ތާރު އެޅި ފުރަތަމަ މަގެވެ.

އެތެރޭގެ މަގުގައި ތާރު އަޅަން (ނުވަތަ އެސްފަލްޓް ލޭއިން) ފެށުމުގެ ގޮތުން އެސަރަހައްދުގައި މިއަދު ރަސްމިއްޔާތެއް ބާއްވާފައި ވެއެވެ. އެ ރަސްމިއްޔާތުގައި ތާރު އަޅަން ފައްޓަވާދެއްވީ ފުވައްމުލައް ސިޓީގެ މޭޔަރު އިސްމާއީލް ރަފީގުއެވެ. މޭޔަ ވަނީ ތާރު އަޅާ މެޝިނަށް އަރާވަޑައިގެން ތާރު އަޅާދެއްވަން ފައްޓާވާފައެވެ.

ފުވައްމުލަކުގެ އެތެރޭގެ މަގުތަކުގައި ތާރުއަޅަން ފައްޓާވާދެއްވީ މޭޔާރު އިސްމާއީލް ރަފީގު. 1 ސެޕްޓެމްބަރު 2022

މިރަސްމިއްޔާތު ފާހަގަކުރުމުގެ ގޮތުން އެސަރަހައްދަށް ދެކުމާދިއުން ވެސް މިއަދު އޮތެވެ.

މިއަދު ތާރު އަޅާފައިވަނީ ފިނިވާމަގުން 250 ފޫޓުގެ ސަރައްދެއްގައެވެ.

ފިނިވާމަގުގެ ބޮޑުބައެއް ވަނީ ތާރު އަޅަން ތައްޔާރު ކޮށްފައެވެ. އެގޮތުން ދަޑިމަގު އަވަށުން ފެށިގެން ދިގުވާޑު އަވަށުގެ ވެސް ބޮޑުބައެއް ވަނީ ތާރު އެޅުމަށް އެންމެ ފަހުގެ މަސައްކަތްތަކަށް ތައްޔާރުކޮށްފައެވެ.

ފުވައްމުލަކުގެ އެތެރޭގެ މަގުތަކުގައި ތާރުއަޅަން ފެށުން – ދެކުމާދިއުން 1 ސެޕްޓެމްބަރު 2022

އެތެރޭގެ މަގުގައި ތާރު އެޅުމުގައި އެންމެ އިސްކަމެއް ދީފައިވަނީ، ރަށުގެ މެދުން އެންމެ ގިނަ މީހުން ބޭނުން ކުރަމުން އަންނަ ފިނިވާމަގާއި އޯކިޑުމަގުގެ މަސައްކަތް ކުރިން ނިންމުމަށް މައުލޫމާތު ލިބެއެވެ. އެގޮތުން އޯކިޑުމަގުގެ ވެސް ބޮޑު ބައެއް ވަނީ ތާރުއެޅުމަށް ތައްޔާރުކުރާ އެންމެ ފަހު މަރުހަލާގައެވެ.

މިމަޝްރޫގެ ދަށުން 122،659 ސްކްއާ މީޓަރުގައި މަގުގެ ސަބްބޭސް ލޭޔާ ހެދުމާއި 95،239 ސްކްއާ މީޓަރުގައި ތާރު އެޅުމާއި 27،450 ސްކްއާ މީޓަރުގެ ދުވާރު ހެދުމާއި 19،940 މީޓަރުގެ ނުވަތަ 19.94 ކިލޯމިޓަރުގެ ފެންހިންދާ ނިޒާމެއް (މޫސުމީ ފެން) ގާއިމުކުރުމާއި، މަގު ކުރެހުމާއި މަގުބައްތި ޖެހުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައި ވެއެވެ.

ފުވައްމުލަކުގެ އެތެރޭގެ މަގުތަކުގައި ތާރުއަޅަން ފެށުން 1 ސެޕްޓެމްބަރު 2022

ކުރިން މައުލޫމާތު ލިބިފައިވާ ގޮތުގައި މިމަޝްރޫއުގެ އަގަކީ 279.4 މިލިޔަން ރުފިޔާ ކަމުގައި ވިޔަސް މއިަދު އެމްޓީސީއީން ހާމަކުރި މައުލޫމާތުގައި ވަނީ މިއީ 331.05 މިލިޔަން ރުފިޔާގެ ޕްރޮޖެއްޓެއް ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން ފުވައްމުލައް ސިޓީގެ އެތެރޭގެ 31 މަގެއް ހެދުމަށް ހަމަޖެހިފައި ވެއެވެ. މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ 2019 ވަނަ އަހަރުގެ ޖުލައި މަހުގެ 04 ވަނަ ދުވަހެވެ. އަދި އަމަލީ މަސައްކަތް ފަށާފައިވަނީ ޖުލައި 20، 2020 ގައެވެ.

މިމަގުތަކުގެ މަސައްކަތް ނިންމުމަށް އެމްޓީސީސީއިން ތަފާތު އެކި ފަހަރުމަތިން ތާރީޚު ތަކެއް ދީފައެވެ. އެގޮތުން އެންމެ ފަހުން  ބުނެފައިވަނީ މިއަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ފުވައްމުލަކުގެ އެތެރޭގެ މަގުތަކުގެ މަސައްކަތް ނިންމައި ހަވާލުކުރާނެ ކަމަށެވެ. ނަމަވެސް އެކި ސަބަބުތަކާއި ހުރެ މަސައްކަތް ލަސްވުމާއި އަދި މަސައްކަތުގެ ހަލުމިން ހުރިގޮތަށް ބަލާއިރު ފުވައްމުލަކުގެ އާއްމު ރައްޔިތުން ގަބޫލުކުރަނީ ފުވައްމުލަކުގެ އެތެރޭގެ 31 މަގުގައި ތާރުއަޅައި މިއަހަރުގެ ނޮވެމްބަރު މަސް ނިމޭއިރަށް ވެސް މަސައްކަތް ނުނިންމޭނެ ކަމަށެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !


  • Anonymous

    ފުވައްމުލަކު ކިއާރަށެއް ރާއްޖެއަކު ނޯވޭ

    ރާއްޖޭގަ އޮންނަނީ ފޯއްމުލައް