ދުނިޔޭގެ ސާފުކުރުމުގެ ދުވަހު ފުވައްމުލައް ސިޓީގެ އިރުމަތީފަރާތް ސާފުކުރުން ކުރިޔަށް ގެންދާނެކަން ފުވައްމުލައް ސިޓީ ކައުންސިލުން ހާމަކޮށްފިއެވެ.
“ވޯލްޑް ކްލީންއަޕް ޑޭ” ނުވަތަ ދުނިޔޭގެ އެންމެން އެއްފަހަރާ ކުރިޔަށްގެންދާ ސާފުކުރުމުގެ ހަރަކާތް ފާހަގަ ކޮށް އެކަމުގައި ބައިވެރިވުމުގެ ގޮތުން ފުވައްމުލައް ސިޓީގެ އިރުމަތީ ފަރާތުން ހޭޅިފަށް ސާފުކުރުމަށް ވަނީ ނިންމާފައެވެ.
ނިޔޭގެ ސާފުކުރުމުގެ ދުވަހަކީ ކޮންމެ އަހަރެއްގެ ވެސް ސެޕްޓެމްބަރު މަހު 17 ވަނަ ދުވަހެވެ. މިއަހަރު އެއީ އަންނަ ހޮނިހިރު ދުވަހެވެ.
އެދުވަސް ފާހަގަ ކުރުމުގެ ގޮތުން ބާއްވާ ހަރަކާތުގައި ސާފުކުރުމަށް ހަމަޖެހިފައި ވަނީ ފުވައްމުލަކު އިރުމަތީފަރާތު ބަނޑަހަލް ފަންނުން ފެށިގެން ތުނޑީ ސަރަހައްދާއި ހަމައަށެވެ.
މި ހަރަކާތުގައި ބައިވެރިވުމަށް އާއްމު ހުރިހާ ފަރާތްތަކަށް ވަނީ ހުޅުވާލާފައެވެ.
ސާފުކުރުމުގެ ހަރަކާތް ފެށުން އޮންނަނީ 17 ސެޕްޓެމްބަރު ވާ ހޮނިހިރު ދުވަހު ހެނދުނު 7:00 ގައި ބަނޑަހަލް ފަންނުގައެވެ.
ފުވައްމުލައް ސިޓިަގއި ސާފުކުރުމުގެ ގިނަ ހަރަކާތްތަކެއް މީގެ ކުރިން ކުރިޔަށް ގެންގޮސްފައި ވެއެވެ. ނަމަވެސް މިފަހަކުން އެފަދަ ހަރަކާތްތައް ވަނީ ވަރަށް ބޮޑުތަން މަދުވެފައެވެ.
+1
+1
ޚިޔާލުތައް