ޑރ. އަބްދުﷲ ވަހީދު އަވަހާރަ ވެއްޖެ!

މެދިކަލް ޑރ. އަބްދުﷲ ވަހީދު އވަހާރަ
Share on facebook
Share on twitter
Share on google

ރާއްޖޭގެ އެންމެ ފުރަތަމަ ޑޮކްޓަރުންގެ ތެރޭގައި ހިމެނިވަޑައިގަންނާ ޑރ. އަބްދުﷲ ވަހީދު، އުމުރު ފުޅުން 65 އހަރުގައި މިއަދު ހެނދުނު އަވަހާރަ ވެއްޖެއެވެ. އޭނާ އަވަހާރަވީ ނިއުމޯނިއާގެ އާލާސްކަންފުޅަކަށް އައިޖީއެމްއެޗުގައި ފަރުވާ ހޯއްދަވަނިކޮށެވެ.

ޑރ. އަބްދުﷲ ވަހީދަކީ މުޅި ދިވެހިރާއްޖެއަށް ވެސް މަޝްހޫރު ސާޖަން އެކެވެ. ސިއްޙީ ދާއިރާގައި ގިނަ ދުވަހު ޚިދުމަތް ކުރެއްވައި، ގިނަ ބައެއްގެ ހުރުން ހޯއްދަވާފައިވާ ބޭފުޅެކެވެ. ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ވެސް އޭނާ ކުރައްވާފައި ވެއެވެ. އެދުވަސްވަރު ދިމާވި ހިތުގެ އާލަސްކަންފުޅަކާއި ގުޅިގެން ސިއްޙީ ދާއިރާގެ ޚިދުމަތްތަކުން ދުރަށްވަޑައިގެންފައި ވެއެވެ.

ޑރ. އަބްދުﷲ ވަހީދަކީ އައްޑޫ މީދު އަށް ނިސްބަތް ވާ ބޭފުޅެކެވެ. އޭނާ މިއަދު އަވަހާރަވި އިރު އަނބިކަބަލަކާއި ދެ ފިރިހެން ބޭފުޅުން ދުނިޔޭގައި އެބަތިއްބެވި އެވެ.

ފަހުން ޑރ. އަބދުﷲ ވަހީދު ވަނީ ރާއްޖެގެ ތާރީޚު ދިރާސާ ކުރެއްވުމުގެ މަސައްކަތްޕުޅުތަކެއް ވެސް ކުރައްވާފައި ވެއެވެ. އެގޮތުން ފުވައްމަލަކާއި ގުޅޭ ގިނަ ލިޔުންތަކެއް ވެސް ލިޔުއްވާފައި ވެއެވެ. އަދި ފޭސްބުކްގައި އޭނާގެ ލިޔުންތައް ހިއްސާ ކުރައްވާ ކިޔުންތެރިންނާއި ވަރަށް ބޮޑަށް އިންޓަރެކްޓް ކުރައްވައި އުޅުއްވިއެވެ. ކިޔުންތެރިންގެ ގިނަ ސުވާލުތަކަށް ޖަވާބުދެއްވާފައި ވެއެވެ. އަދި ކިޔުންތެރިންގެ ފަރާތުން ލިބިވަޑައިގަތް މައުލޫމާތާއި އެކު އޭނާގެ ލިޔުއްވުންތައް ބަދަލުކުރައްވާ ހެއްދެވި އޯގާތެރިކަން އިސްކުރެއްވި ބޭފުޅެކެވެ.

2020 ވަނަ އަހަރު މިކަލް ނޫހުގައި ޝާއިކޮށްފައިވާ ޑރ. އަބަދުﷲ ވަހީދުގެ ދެ ލިޔުމެއް.

ޑރ. އަބަދުﷲ ވަހީދުގެ ހުއްދައާއެކު އޭނާގެ ބައެއް ލިޔުންތައް މިކަލް ނޫހުގައި ވެސް ޝާއިއުކޮށްފައި ވެއެވެ. އެގޮތުން ފުވައްމުލަކު ހުކުރު މިސްކިތާއި ގުޅޭ ތާރީޚީ ލިޔުމަކާއި، ފުވައްމުލަކު ހަވިއްތައާއި ގުޅޭ ތާރީޚީ ލިޔުމެއް ވެސް ހިމެެނެއެވެ.

މީގެ އިތުރުން ވެސް ޑރ. އަބްދުﷲ ވަހީދު ވަނީ ފުވައްމުލަކުގެ ކުރީގެ އާދަކާދަތަކާއި ދިރިއުޅުމުގެ ވައްޓަފާޅިއާއި ފުވައްމުލަކުގެ ތާރީޚާއި ގުޅުން ހުރި ގިނަ ލިޔުއްވުންތަކެއް ލިޔުއްވާފައި ވެއެވެ.

މިކަލްނޫހުގެ ފަރާތުން އެކަންކަން ފާހަގަކޮށް ޑރ. އަބްދުﷲ ވަހީދު މުޅި ރާއްޖެއަށާއި ފުވައްމުލަކުގެ ތާރީޚަށް ކޮށްދެއްވި ޚިދުމަތުގެ އަގު ވަޒަންކުރަމެވެ. މިކަލް ނޫހުން އެދެނީ ޑރ. އަބްދުﷲ ވަހީދަށް ﷲގެ ހަޟުރަތުން ރުއްސެވުމާއި ފުއްސެވުމަށެވެ. – އިންނާލިއްﷲ ވައިނާ އިލައެހި ރާޖީއޫން. މައްޔިތާއަށް ހެޔޮރަހުމަތް މިވަރު ކުރައްވާށިއެވެ. އާމީން.

No Article rating
0 Reviews
  1. 5
  2. 4
  3. 3
  4. 2
  5. 1
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments