ނެއިބާހުޑް ޕޮލިސް ޚިދުމަތާއި ގުޅޭ ގޮތުން ފުވައްމުލައް ސިޓީ ކައުންސިލާއި މަޝްވަރާ ކޮށްފި

ފުރާވަރު ކޭމްޕާއި ގުޅޭ މަޢުލޫމާތު ހިއްސާކުރުމަށް ސިޓީ ކައުންސިލާއި ފުލުން - 2022
Share on facebook
Share on twitter
Share on google

ނެއިބާހުޑް ޕޮލިސް ޚިދުމަތާއި ގުޅޭ ގޮތުން ފުވައްމުލައް ސިޓީ ކައުންސިލާއި ފުވައްމުލައް ސިޓީ ފުލުހުން ސިޓީ ކައުންސިލާއި އެކު އިއްޔެ މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

މިއަދުގެ ބައްްދަލުވުމުގައި ފުވައްމުލައް ސިޓީ ޕޮލިސް ކޮމާންޑަރު ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް ރިޟްވާން ޝަރީފް އާއި ފުވައްމުލައް ސިޓީ މޭޔަރު އިސްމާޢިލް ރަފީޤު ބައިވެރިވެ ވަޑައިގެންނެވިއެވެ. މީގެ އިތުރުން ވެސް ސިޓީ ކައުންސިލް މެމްބަރުނާއި ކަައުންސިލް އިދާރާގެ އިސް މުވައްޒަފުން ބައިވެރިވިއެވެ.

ފުރާވަރު ކޭމްޕާއި ގުޅޭ މަޢުލޫމާތު ހިއްސާކުރުމަށް ސިޓީ ކައުންސިލާއި ފުލުން – 2022

ފުވައްމުލައް ސިޓީ ކައުންސިލް އިދާރާގެ މީޓީން ރޫމުގެ ބޭއްވި މިބައްދަލުވުމުގައި ފުވައްމުލަކުގައި ކުރިއަށްގެންދާ ފުރާވަރު ކޭމްޕާއި ގުޅޭ މަޢުލޫމާތު ހިއްސާކޮށްފައިވާ ކަމަށް ސިޓީ ކައުންސިލުން ހާމަކުރައްވައެވެ.

ފުވައްމުލަކުގަިއ ފުލުހުން ވާނީ މިގެ ކުރިންވެސް ތަފާތު ނަންނަމުގައި ކޭމްޕތައް ބާއްވާފައެވެ. އެގޮތުން 2014، 2018 ވަނަ އަހަރު “ބުލޫސް ފޯ ޔޫތް ކޭމްޕް”ނަމުގައި 3 ކޭމްޕެއް ބާއްވާފައި ވެއެވެ. އަދި 2015 ވަނަ އަހަރު “ޔޫތު އޮފް ޔުނިޓީ (ޔޫ) ކޭމްޕު” ޑިސެމްބަރު މަހުގައި ބާއްވާފައި ވެއެވެ. ޟިގެ ިއތުރުން ޅާމަސީލު ޒުވާނާގެ ނަމުަގއި 2019 ވަނަ އަހަރާއި 2020 ވަނަ އަހަރުވެސް ފުލުހުން ބާއްވާ ކޭމްޕް ކުރިޔަށްގެންގޮސްފައި ވެއެވެ.

ފުވައްމުލަކުގައި 2018ގައި ބޭއްވުނު ބުލޫސް ފޯ ޔޫތް ކޭމްޕްގެ 3 ވަނަ ބުރު އިފުތިތާހު ކުރުމަށް ހާޒިރުވި ހާޒިރީންނާއި ބައިވެރިން. ފޮޓޯ؛ މޯލްޑީވްސް ޕޮލިސް ސަރވިސް

ޔޫތު އޮފް ޔުނިޓީ (ޔޫ) ކޭމްޕަކީ އެކި އެކި ކަންކަމާހުރެ ނިޒާމީ ތަޢުލީމީ މަރުހަލާ ފުރިހަމަނުވެ މުޖުތަމަޢުގެ ހަވާސާގައި އުޅޭ ފުރާވަރުގެ ކުދިންނާ ޒުވާނުން ޒިންމާދާރު ބަޔަކަށް ހަދައި ސިފަވަންތަ ދިރިއުޅުމަކަށް މަގުފަހިކޮށްދީ ވަޒީފާގެ ބާޒާރަށް ތައްޔާރުކުރުމަށް ކުރެވޭ ގިނަ މަސައްކަތްތަކާއެކު ހިންގި ކޭމްޕު 42 ކުއްޖަކު ފުރިހަމަ ކޮށްފައިވެއެވެ.

ފުލުހުން ކުރިޔަށް ގެންދިޔަ އެކޭމްޕްތަކަށް ގިނަ ބަޔެއްގެ ރުހުމާއި ތާއިދު ލިބި އެފަދަ ކޭމްޕްތައް މެދުނުކެޑި ކުރިޔަށް ގެންދުއުމަށް އެދޭކަން ވެސް ހާމަކަޮށްފައި ވެއެވެ.

ލާމަސީލު ޒުވާނާ- ކޭމްޕް 2020

 

No Article rating
0 Reviews
  1. 5
  2. 4
  3. 3
  4. 2
  5. 1
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments