A wide advertisement which will be shown on all devices. (700 x 100)

އެތެރޭގެ މަގުހެދުން: އޯކިޑުމަގުގެ ތާރު އެޅުން މާދަމާ ނިންމާލެވޭނެ

މަގު ހެދުމުގެ މަސައްކަތް - ކުރިޔަށްދާ ގޮތ

ފުވައްމުލަކުގެ އެތެރޭގެ މަގުހެދުމުގެ މަސައްކަތުގެ ތެރެއިން މިހާރު ފިނިވާމަގާއި އޯކިޑުމަގުގައި ތާރު އެޅުން އެއްކޮށް މާދަމާ ނިންމާލެވޭނެ ކަމަށް މައުލޫމާތު ލިބެއެވެ.

ފިނިވާމަގު ނިންމާފައި ތާރު އެލުމުގެ މަސައްކަތް ފެށި އޯކިޑުމަގުގެ މަސައްކައް ނުނިމި ލަސްވީ މޫސުމާ ހެދި ކަމަށް ވެއެވެ.

މިހާރު އަންނަނީ ރަސްމީބޯޅަ ދަނޑު ވަށައިގެންވާ މަގުތަކާއި، ފުވައމްުލަކު ހޮސްޕިޓލް ހުރި ފީންދިފަންނު މަގުތާރުއެޅުމަށް ތައްޔާރުކުރަމުންނެވެ. މިަކލް ނޫހަށް މިއަދު މައުލޫމާތު ލިބުނު ގޮތުގައި ބޯޅަދަނޑުގެ ވަށައިގެންވާ މަގުތަކުގައި މިހާރު ވަނީ ތާރުއެޅުމަށް ކެމިކަލް ސްޕްރޭ ކުރުމަށް ފަހު 24 ގަޑިއިރު ހަމަކުރުމަށް ބާއްވާފައެވެ. ހަމަ އެގޮތަށް އަރުއްފަންނު މަގުވެސް އޮތީ ތާރުއެޅުމަށް ކެމިކަލް ސްޕްރޭކޮށްފައެވެ. މިމަގުތަކުގައި ވެސް ދެ ދުވަހެއްގެ ތެރެގައި ތާރުއަޅާނެކަމަށް ވެއެވެ.

އޯކިޑުމަގުގައި ތާރުއެޅުމުގެ މަސައްކަތް މާދަމާ ނިމޭނެ

މީގެ އިތުރުން ގެންމިސްކަތް މަގާއި ފެންފޯއްމަގު (މާދަޑު- ޒުވާނުންގެ މަރުކަޒު ކުރިމަތިން) ގައި ތާރުއެޅުމަށް ތައްޔާރުކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.

މި ފިޔަވަހީގެ ދަށުން ހެދުމަށް ކަނޑައަޅާފައިވާ 31 މަގުގެ ތެރެއިން ތާރުއެޅުމުގެ މަސައްކަތް އަދި އެއްކޮށް ނިންމާލެވިފައި ވާނީ ފިނިވާމަގުގައި އެކަންޏެވެ. ނަމަވެސް އިތުރު މަގުތަކުގައި ވަރަށް އަވަހަށް ތާރުއަޅާއި ނިމިގެންދާނެއެވެ.

މިފިޔަވަހި ނިމުމުން އިތުރު 10 ކިލޯމީޓާރުގެ މަގުގައި ތާރު އަޅާއިގެން ހެދުމަށް ވަނީ ނިންމާފައެވެ.

 

 

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !