އެއްގަމު ދުއްވާ އުޅަނދުތަކުގެ ނަންބަރު ބޯޑު ގަވާއިދާއި އެއްގޮތަށް ބެހެއްޓުމަށް ފުލުހުން އަންގައިފިއެވެ.
ފުލުހުން އާއްމުކޮށްފައިވާ ގޮތުގައި އެއްގަމު ދުއްވާ އުޅަނދުތަކުގެ ނަންބޯޑު ހުންނަން ޖެހޭނީ އެކަމާއި ގުޅޭ ގަވާއިދާއި އެއްގޮތަށެވެ. ފުލުން އެކަން ބަލައިން މިހާރު ވަނީ ފަށާފައި ކަމަށާއި މި ސެޕްޓެމްބަރު މަސް ނިމެންދެން ގަވާއިދާއި އެއްގޮތާ ނަންބަރު ބޯޑު ނުހުންނަ އުޅަނދުތައް ދުއްވާ ފަރާތްތަކަށް ނަސޭހަތް ދީ ރަނގަަޅު ކުރުމަށް ފުރުސަތު ދޭނެކަމަށެވެ. ނަމަވެސް މިމަސް ނިމުމުން ދެން އެފަދަ ފަރާތްކާއި މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރުވެސް ފުލުހުން ދެއެވެ.
ސައިކަލު ނަމަބަރު ބޯޑު ހުންނާނެ ގޮތްފުވައްމުލައް ސިޓީގައި ވެސް އަދި މުޅި ރާއްޖެގައި ވެސް އެންމެ އާއްމުކޮށް ދުއްވާ ސައިކަލް ތަކުގެ ނަންބޯޑު ހުންނަން ޖެހެނީ ކުރިއާއި ފަހަތުގައި ތަފާތު ދެ ސައިޒެއްގެ ބޯޑެވެ. ކުރީ ބޯޑު ކުޑަކޮށް އަދި ފަހަތު ބޯޑު ބޮޑުކޮށެވެ.
ހަތަރު ފުރޮޅުލީ އުޅަނދުތަކުގެ ކުރިއާއި ފަހަތުގައި ވެސް ހުންނަން ޖެހެނީ އެއް ސައިޒެއްގެ ދެބޯޑެވެ.

ނަމަބރު ބޯޑުތަކުެގ ކޯޑު އަކުރުތައް
ހުރިހާ ބޯޑެއްގައި ވެސް ރަޖިސްޓްރީ ނަމްބަރާއި ޑޮމެއިން އަދި ޒޯން ކޯޑުތައް ހުންނަން ޖެހެނީ އޭރިއަލް ބޯލްޑް ފޮންޓުން ވަކި އުސްމިނެއްގައެވެ.
ނަމްބަރު ބޯޑު ހަރުކުރާ އިސްކުރު ފަދަތަކެތި 1 ސެމްޓި މީޓަރަށް ވުރެ ބޭރަށް ނިކުމެފައި ހުރެގެން ނުވާނެއެވެ.
އަކުރުތައް ކަނޑައި ނަގައިގެން ހަރުކޮށްފައި ބެހެއްޓުމާއި، އަދި ޕްރިންޓް ކުރާ އަކުރު ވެސް 1 މިލިމީޓަރަށް ވުރެ ބޭރަށް އުސްކޮށް ހުރެގެން ނުވާނެއެވެ.
މީގެ އިތުރުން ކަރުދާހުން ނަމްބަރު ބޯޑު ހަދައިގެން ބޭނުންކުރުމަކީ ވެސް މަނާ ކަމެއްކަމަށް ވެއެވެ.
ނަމްބަރު ގަނެގެން ގެންގުޅޭ ފަރާތްތަކުން ބޭނުންނަމަ ޒޯން ކޯޑާއި، އުޅަނދުގެ ބާވަތް ވަކި ކުރާ ކޯޑު އަދި ނަމަބަރު ކޮންޓްރޯ ކޯޑުގެ އިތުރުން އުޅަނދުގެ އާއިޅާ ރަމްޒުކޮށްދޭ ކޯޑު ނުޖަހައިވެސް ނަމަބަރު ބޯޑު ބޭނުން ކުރެވިދާނެއެވެ.

ހަތަރު ފުރޮޅުލީ އުޅަނދުގެ ނަމްބަރު ބޯޑު، އަދި ގަނެގެން ބޭޭނުންކުރާ ނަމަބަރުތައް އިޚުތިޔާރު ކުރާ ނަމަ ބޭނުން ކުރެވިދާނެ ގޮތް
ޅަނދު
ޚިޔާލުތައް