‘ފުރާވަރު ކޭމްޕް’ – ނަމުގައި ފުވައްމުލައް ސިޓީ، ހާފިޒު އަހުމަދު ސްކޫލުގައި ސްކޫލް ކުދިންގެ ކޭމްޕެއް އިއްޔެ ފަށައިގެން ކުރިޔަށް އެބަ ގެންދެއެވެ.
ފުރާވަރު ކޭމްޕަކީ މޯލްޑިވްސް ޕޮލިސް ސާވިސް އާއި އެޑިއުކޭޝަން މިނިސްޓްރީ ގުޅިގެން ސްކޫލްތަކުގެ ދަރިވަރުންނަށް ހިންގާ ކޭމްޕެއް ކަމަށް މައުލޫމާތު ލިބިފައި ވެއެވެ. އެގޮތުން ކުރިޔަށްގެންދޭ މީއީ 88 ވަނަ ފުރާވަރު ކޭމްޕްކަމަށް މޯލްޑިވްސް ޕޮލިސް ސާވިސްގެ ކްރައިމް ޕްރިވެންޝަން ޓުނިޓުން ހާމަކުރައްވައެވެ.

ފުރާވަރު ކޭމްޕ 88- ފުވައްމުލައް ސިޓީގައި ކުރިޔަށްދަނީ – 2022
މިކޭމްޕްގައި ބައިވެރިވަނި ފުވައްމުލަކު ހާފިޒު އަހުމަދު ސްކޫލާއި ފުވައްމުކު ސްކޫލުގެ ދަރިވަރުންނެވެ. އެގޮތުން ފުވައްމުލަކު ސްކޫލުގެ 31 ދަރިވަރުންނާއި ހާފިޒު އަހްމަދު ސްކޫލުގެ 54 ދަރިވަރުން މިކޭމްޕްގައި ބައިވެރިވާކަމަށް މައުލުމާތު ލިބެއެވެ.
މީގެ ކުރިންވެސް ފުވައްމުލައް ސިޓީގައި މިފަދަ ކޭޕްމްތައް ކާމިޔާބުކަމާއެކު ކުރިޔަށް ގެންގޮސްފައިވެއެވެ.

ފުރާވަރު ކޭމްޕ 88- ފުވައްމުލައް ސިޓީ ހާފިޒް އަހުމަދު ސްކޫލުގައި ކުރިޔަށްދަނީ – 2022
ޚިޔާލުތައް