ފުވައްމުލައް ސިޓީގައި ކުރިޔަށް ގެންދާ ހަށިހެޔޮ ދިޅަ ހެޔޮ ކަސްރަތު ޕްރޮގްރާމުގެ އައު ބުރެއް ފެށުމަށް ތައްޔާރުވެއްޖެއެވެ.
މި ކަސްރަތު ޕްރޮގްރާމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 9894858 ނަމްބަރަށް ވައިބާ މެސެޖު ކުރުމަށް ވަނީ ހުޅުވާލާފައެވެ. މި މެސެޖުގައި ބަިއވެރިވާ މިޙާގެ ނަމާއި، އެޑްރެސް، އުމުރު އަިން ވައިބައީން ގުޅޭ ނެ ނަމްބަރެއް މެސެޖުގައި ހިމަނަން ޖެހެއެވެ.
މި ކަސްރަތު ޕްރޮގްރާމުގައި ބައިވެރިވެވެނީ އުމުރުން 15 އަހަރުން މަތީގެ މީހުންނަށެވެ. މިޕްރޮގްރާމުގައި ކަސްރަތު ހަރަކާތްތައް ކުރިޔަށްގެން ދިއުމަށް ރޭވިފައިވަނީ ހަފްތާގެ 6 ރޭ 8:30 އިން 10:00 އަށެވެ.
މީގެ ކުރިން ކުރިޔަށް ގެންދިޔަ ކަސްރަތު ބުރުތަކުގައި މޫދު ކަސްރަތުގެ ހަރަކާތްތައް ހިމަނާފައި ވެއެވެ.

ފުވައްމުލައް ސިޓީގައި ކުރިޔަށްގެންދެވުނު މޫދު ކަސްރަތު ޕްރޮގްރާމުގެ ތެރެއިން – ފޮޓޯ: މުސްލިމާ
މިއީ ދުޅަހެޔޮ ހަށިހެޔޮ މުޖުތަމައެއް ބިނާކުުރުމުގެ ގޮތުން ސަރުކާރުން ފައްޓަވާފައިވާ ސިޔާސަތުގެ ދަށުން ފުވައްމުލައް ސިޓީގައި ކުރިޔަށްގެންދާ ކަސްރަތު ޕްރޮގްރާމްގެ ބުރެވެ.
މި ކަސްރަތު ޕްރޮގްރާމަށް ގިނަ ބައެއްގެ ތަރުޙީބު ލިބިގެން އަންނަކަމަށް މައުލޫމާތު ލިބެއެވެ

ފުވައްމުލައް ސިޓީގައި ކުރިޔަށްގެންދެވުނު މޫދު ކަސްރަތު ޕްރޮގްރާމުގެ ތެރެއިން – ފޮޓޯ: މުސްލިމާ
ޚިޔާލުތައް