A wide advertisement which will be shown on all devices. (700 x 100)

އެތެރޭގެ މަގުހެދުން: ކުރިޔަށް! މުއްދަތަށް ނިންމާ ލެވޭނެ ބާ؟

އެތެރޭގެ މަގު ހެދުން - 15/31 މަގެއްގައި ތާރު އެޅިއްޖެ - ޑިސެމްބަރު 2022. ފޮޓޯތައް: ޟިރާރު

ފުވައްމުލަކުގެ އެތެރޭގެ މަގުހެދުމުގެ މަސައްކަތުގެ ސްޕީޑު މިދުވަސްކޮޅު ހަލުއުކޮށް ކުރިޔަށް އެބައެއެވެ. އެގޮތުން ގިނަ މަގުތަކެއްގައި ތާރު އެޅެމުމުގެ މަސައްކަތް އަންނަނީ ކުރަމުންއެވެ. ޚާއްސަކޮށް މީހުން ގިނައިން ބޭނުންކުރާ ބޮޑެތި މަގުތަކުގައި ތާރުގެ މަސައްކަތް އަންނަނީ ނިންމަމުންނެވެ.

އެގޮތުން އެންމެ ފުރަތަމަ ތާރު މަސައްކަތް ކުރި ފިނިވާމަގާއި އޯކިޑުމަގުގެ މަސައްކަތް ނިންމައި އާއްމު ދަތުރުތަކަށް އެ ދެ މަގުވެސް ހުޅުވާލާފައި ވަނީ ފާއިތުވި ސެޕްޓެމްބަރު މަހު ފަހުކޮޅުއެވެ. އެއިގެ ފަހުން ރަސްމީބޯޅަ ދަނޑު ވަށައިގެންވާ މަގުތަކާއި، ފުވައްމުލަކު ހޮސްޕިޓަލް ހުރި ފީނދިފަންނު މަގުގައި ތާރު އެޅުމުގެ މަސައްކަތް ވެސް ވަނީ ނިންމައި އާމުންނަށް ހުޅުވާލާފައެވެ. އެއިގެ އިތުރުން އެމްޖޭއެސް ހިމެނޭ ސަރަހައްދުގެ ބައެެއް މަގުތަކާއި މާދަޑުން ފެންފޯއް މަގުގައި ތާރުއެޅުމުގެ މަސައްކަތް ވެސް ވަނީ ނިންމާފައެވެ.

ކާނޭޝަން މަގުގައި ތާރު އަޅައިފި: ފޮޓޯ- ޟިރާރު

މިކަލް ނޫހަށް އެންމެފަހުން މައުލޫމާތު ލިބުނު ގޮތުގައި މިހާރުވަނީ ޖުމުލަ 8.016 ކިލޯ މީޓަރުގެ މަގުގައި ތާރުއެޅުމުގެ މަސައްކަތް ނިންމާފައެވެ. އޭގެތެރޭގައި ކުރިން ނިންމާފައިވާ 2.9 ކިލޯމިޓަރުގެ ރިންގް ރޯޑުގެ ބައި ވެސް ހިމެނެއެވެ.

އެއިގެ އިތުރުން ތާރުއެޅުމުގެ މަސައްކަތް ނިމިފައިވަނީ:

ފިނިވާމަގު – 1.264ކ.މ

އޯކިޑުމަގު – 0.675 ކ.މ

އަރުއްފަންނު މަގު – 0.411 ކ.މ

ރަށްދެބައިމަގު – 0.102 ކ.މ

ނަސްރީނު ގޯޅި – 0.085 ކ.މ

ފީނދިފަންނު މަގު – 0.116 ކ.މ

ފެންފުވައް މަގު – 0.370 ކ.މ

ކިރިވޭދެމަގު – 0.176 ކ.މ

ޖާމާލުއްދީނު ހިނގުން – 0.103 ކމ

ލައިނޫފަރު މަގު – 0.131 ކ.މ

ހަދުވަރީ ގޯޅި – 0.192 ކ.މ

ގެރިގަނޑޮފަންނު މަގު – 0.207 ކ.މ

ވަލިފަންނު މަގު – 0.248 ކ.މ

ދުވައްފާނޑު މަގު – 0.238 ކ.މ

ގެންމިސްކިތް މަގު – 0.800 ކ.މ އެވެ.

ނަރުގިސްމަގުގައި އޭބީސީ އެލުމަސްތައްޔާރުކުރަނީ. ފޮޓޯ: ޟިރާރު

ނަރުގިސްމަގުގައި އޭބީސީ ލޭޔާ އަލަން ތައްޔާރުވަނީމީގެ އިތުރުން ސަންފާގެ މަގާއި، ހާފިޒް އަހުމަދު ސްކޫލް ހިމެނޭ ސަރަހައްދުގެ މަގުތަކުގައި ވެސް މިހާރު ވަނީ ތާރު އަޅާފައެވެ. މިއަދު މަސައްކަތް ކުރަމުން އަންނަނީ ކާރުނޭޝަން މަގުގައި ތާރުޅުމަށެވެ. ނަރުގިސް މަގުގައި ވަނީ ތާރުއެޅުމަށް އޭބީސީ އަޅަން ތައްޔާރުކޮށް ފައެވެ. އަދި ހާނޖެއެޅޭ މަގު ވެސް އަންނަނީ އޭބީސީ އެޅުމަށް ތައްޔާރުކުރަމުން ނެވެ.

މަގުހެދުމުގެ މަސައަކަތުގައި ހަރަކާތްތެރިވާ ބައެއް ޓީމު ތަކުން އަންނަނީ ތާރުއެޅުމުގެ މަސައްކަތް ނިންމާފައިވާ ބައެއް މަގުތަކުގެ ޖަންކްޝަންތަކުގައި ކާސްޓިން ދަގަނޑު ޖާލީ މަތި އެޅުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.

މި މަޝްރޫއުގެ ދަށުން ފުވައްމުލައް ސިޓީގެ އެތެރޭގެ 31 މަގެއް ހަދަން ވަނީ ކަނޑައަޅާފައެވެ. އަދި ތާރު އެޅުމުގެ މަސައްކަތް މި ނިމުނީ 15 މަގެއްގައެވެ. ބާކީ 16 މަގުގައި ތާރުއެޅުމުގެ މަސައްކަތް ވެސް ކުރަން ޖެހެއެވެ. މި މަޝްރޫއުގައި ހިމެނޭ ހުރިހާ މަގެއްގައި ހެން ވަނީ ޖަންކްޝްތައް ހެދުމާއި ކާނުގެ މަސައްކަތާއި ދުވާރުގެ މަސައްކަތް ނިންމާފައެވެ.

އެތެރޭގެ މަގު ހެދުން – 15/31 މަގެއްގައި ތާރު އެޅިއްޖެ – ޑިސެމްބަރު 2022- ފޮޓޯ- ޟިރާރު

ނަމަވެސް މުޅި މަޝްރޫއުގެ މަސައްކަތް ނިންމަން އެންމެފަހުން އިތުރުކުރި މުއްދަތަކީ ކުރިއަށް މިފެށޭ 2023 ވަނަ އަހަރުގެ ޖެނުއަރީ މަހެއެވެ. އެ މުއްދަތަށް މަގުތައްކުގެ މަސައްކަތް ނިންމާނުލެބޭނެ ކަމަށް މިކަލް ނޫހާއި ވާހަހަކަ ދެއްކި ފުވައްމުލައް ސިޓީގެ މީހުން ބުނެއެވެ.

އެގޮތުން އިތުރަށް ކުރަން ޖެހޭ ބައެއް މަސައްކަތުގެ ތެރޭގައި މަގުބައްތި ޖެހުމައި، ޖަންކްޝަންތައް މަގާއި އެއްވަރުކުރުމާއި މަގުތައް ކުރެހުމާއި ނިޝާން ބޯޑުތައް ޖެހުމާއި ސްޕީޑް ބްރޭކާރު ހެދުންފަދަ ކުދި ނަމަވެސް ގިނަ މަސައްކަތްތަކެއް ހިމެނެއެވެ.

މިފިޔަވަހި ނިމުމުން އިތުރު 10 ކިލޯމީޓާރުގެ މަގުގައި ތާރު އަޅާއިގެން ހެދުމަށް ވަނީ ނިންމާފައެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !