ފުވައްމުލައް ހޮސްޕިޓަލަށް 50 އަހަރު ފުރޭ ގޯލްޑެން ޖުބިލީ ފާހަގަ ކުރުން އިއްޔެ (ހޮނިހިރު) ދުވަހު ބޭއްވި މުވައްޒަފުންގެ އަހަރީ ކޭމްޕްގައި ފަށައިފިއެވެ.
ފުވައްމުލަކު ތުނޑީގައި ބޭއްވި ‘ސްޓާފް އެނުއަލް ކޭމްޕް’ ގައި ވަނީ ހޮސްޕިޓަލަށް 50 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ކައުންޓް-ޑައުން އެއް ފާށާފައެވެ. ފުވައްމުލައް ހޮސްޕިޓަލުގެ އަހަރީ ދުވަހަކީ 12 މެއި އެވެ.
ފުވައްމުލައް ހޮސްޕިޓަލުގެ ތާރީޚު
1973- ރިޔާޒު (ފުނާޑު ކިޔާ ގޭގައި) ފެށުން
– ހެލްތު ސެންޓަރު ކުރުނދުމާގެ (މިހާރުގެ ކުރުނދުމާ މާލަމެއް ނޫން)
– ޏ.އަތޮޅު ސިއްހީ މަރުކަޒުން ފުވައްމުލަކު ސިއްހީ މަރުކަޒަށް
– ޏ.އަތޮޅު ހޮސްޕިޓަލް، ދުވައްފާނޑު
2011 – ފުވައްމުލައް ހޮސްޕިޓަލް

ފުވައްމުލައް ހޮސްޕިޓަލަށް 50 އހަރުން ފުރޭ ގޯލްޑެން ޖުބިލީހަރަކާތްތައް ފެށުން 2023
ފުވައްމުލަކުގައި އެންމެ ފުރަތަމަ ދައުލަތުގެ ފަރާތުން ސިއްހީ ޚިދުމަތް ފެށުނީ 1973ގެ މޭ މަހު 12 ވަނަ ދުވަހު ފުނާޑު އަވަށު ރިޔާޒު ކިޔާގޭގެ ކޮޓަރިއެއްގައި މޭޒަކާއި ގޮނޑިއެއް ބަހައްޓައިގެން ޔުނިސެފުން ހަދިޔާކުރި މަދު ބޭސް ކޮޅެއް ބޭނުންކޮށްގެން ކަމަށް ކުރީގެ ހޮސްޕިޓަލު މެނޭޖަރުކްން ކުރެއްވި އަހުމަދު ސައީދު ހާމަކުރައްވައެވެ.
ފުވައްމުލަކުގައި ނިޒާމީ ގޮތުން ސިއްހީ ޚިދުމަތް ފެށުމުގެ ކުރިން ކޮށްއުޅުނީ ދިވެހި ބޭސްވެރިކަމާއި ފަންޑިތަވެރިކަމުގެ ފަރުވާގެ މަސައްކަތެވެ. އަދި ފޫޅުމައި ކަމާއި ހެލްތު ވޯކަރުންގެ މަސައްކަތެވެ.
ނަމަވެސް މިހާރު ފުވައްމުލައް ހޮސްޕިޓަލުގައި މިވަަނީ ޒަމާނީ ބޭސްފަރުވާގެ މަސައްކަތް ފެށިފައެވެ. އެގޮތުން ސްޕެޝަލިސްޓް ޑޮކްޓަރުންނާއި، ސާޖަރީ އާއި ލެބޯޓަރީ އާއި މެޑިކަލް އިމޭޖްގްރަފީގެ ޚިދުމަތްތައް ލިބެއެވެ. އަދި ގޭގެއަށް ޒިޔާރަތްކޮށް ދާނުގައި ތިބޭ ބަލި މީހުގް ސިއްހީ ހާލަތު ދެނެގަތުމުގެ މަސައްކަތްތައް ކޮންމެ އަހަރަކު ވެސް އެތައް ފަހަރަކު ކުރެއެވެ.
މީގެ އިތުރުން ޕަބްލިކް ހެލްތު ސާވިސް ދާއިރާއިން ވެސް ކުރިޔާލައި ބަލިން ރައްކާތެރިވުމުގެ އެތައް މަސައްކަތްތަކެއް ކުރަމުން އާދެއެވެ. އެގޮތުން ވެކްސިންޖެހުމާއި، މޫސުމީ ގައިން ގަޔަށް ފެތުރޭ ބަލިތަކަށް ރައްކާތެރިކުރުމަށް މީހުން ހޭލުންތެރިކުރުމާއި ރަށުތެރެ އާއި ގެތައް މޮނިޓާކޮށް ކަންކަން ރަނަގަޅުކުރަން އިރުޝާދު ދިނުމަކީ އަބަދުވެސް ފުވައްމުލައް ހޮސްޕިޓަލުން ކުރަމުން އަންނަ ބުރަ މަސައްކަތް ކަން ހަނދާން ކުރަން ޖެހެއެވެ.

ފުވައްމުލައް ހޮސްޕިޓަލަށް 50 އހަރުން ފުރޭ ގޯލްޑެން ޖުބިލީހަރަކާތްތައް ފެށުން 2023
ސިއްހީ ދާއިރާގައި މަސައްކަތްކުރާ މީހުންގެ އަތުން ވެސް ދޫވެގެން އެންމެ ފުރިހަމައަށް ނުކުރެވޭ ކަންކަން ހުންނާނެއެވެ. ބަލިވެގެން ދާ މީހާ އެދޭ ހުރިހާ ކަމެއް ފުރިހަމަ ވެފައިވާ ހޮސްޕިޓަލެއް ދުނިޔޭގައި ވެސް ހުރުމަކީ ނާދިރުކަމެކެވެ. އެގޮތުން ފުވައްމުލައް ހޮސްޕިޓަލުގެ ޚިދުމަތް ހޯދާ ފަރާތްތަކަށް ވެސް ބޭނުންވާ ހުރިހާ ޚިދުމަތެއް ބޭނުންވާ ހުރިހާ ވަގުތެއްގައި ނުލިބެއެވެ. ނަމަވެސް މިއަދު އެއީ 24 ގަޑިއރު ޚިދުމަތް ދެމުން އަންނަ ހޮސްޕިޓަލެކެވެ. ފަންނީ ޑޮޓަރުންނާއި ލެބޯޓަރީ ޓެކްނީޝަނުން ޚިދުމަތް ދިނުމަށް އެބަ ތިއްބެވިއެވެ.
ފުވައްމުލަކު ހޮސްޕިޓަލުގެ 50 އަހަރުގެ ޚިދުމަތުގެ ތެރެއިން އައިސްފައިވާ ހެޔޮ ބަދަލު ވިސްނައި ގަބޫލުކުރުން ވެސް އެއީ މި މުނާސަބާގައި ކުރުން މުހިންމު ކަމެކެވެ. އަދި ގޯލްޑެން ޖުބިލީ ހަރަކާތްތަކުގައި ހޮސްޕިޓަލުގެ މައުލޫމާތުތަކާއި މުވައްޒަފުންގެ ބުރަ މަސައްކަތް ބޮޑަށް ދައްކުވައިދޭ ހަރަކާތްތަކެއް ހިމަނައި އާއްމު ގިނަބަޔަކު އެ ހަރަކާތްތަކުގައި ބައިވެރިކުރުމަކީ މުހިންމު ކަމެކެވެ.
+1
+1
ޚިޔާލުތައް