A wide advertisement which will be shown on all devices. (700 x 100)

ރިޔާސީ އިންތިޚާބު 9 ސެޕްޓެމްބަރުގައި ބާއްވަން ނިންމައިފި

ވޯޓުލުން - ފުވައްމުލައް 2021

ކުރިޔަށް އޮތް ރިޔާސީ ދައުރުގެ އިންތިޚާބު އަންނަ ސެޕްޓެމްބަރު 9 ވާ ހޮނިހިރު ދުވަހު ބާއްވަން އިލެކްޝަންސް ކަމިޝަނުން ނިންމައި މިއަދު އިއުލާން ކޮށްފިއެވެ.

މިއިންތިޚާބާއި ގުޅިގެން އެކޮމިޝަނުން މިއަދު އާއްމުކުރި ތާރީޚުތައް:

2 މޭ – ވޯޓާސް ރަޖިސްޓްރީ އާންމުކުރުން

30 ދުވަސް (2 ޖޫން އަށް) ވޯޓާސް ރަޖިސްޓްރީއަށް ޝަކުވާ ހުށަހެޅުން

16 ޖުލައި – 5 އޮގަސްޓް އަށް ރީ-ރަޖިސްޓްރޭޝަން

23 ޖުލައި – 3 އޮގަސްޓް އަށް އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު

25 ޖުލައި – 13 އޮގަސްޓް އަށް އޮބްޒާވަރުންނާއި މޮނިޓަރުންނަށް ފުރުސަތު

9 އޮގަސްޓް – ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުން

10 އޮގަސްޓު – 8 ސެޕްޓެމްބަރު އަށް އިންތިޚާބުގެ ކެމްޕޭން ކުރުން

30 ސެޕްޓެމްބަރު – ދެވަނަ ބުރަކަށް ދާން ޖެހިއްޖެ ނަމަ، އެ އިންތިހާބު ބޭއްވުން

އެންމެފަހުން 2018 ގައި ރިޔާސީ އިންތިޚާބު ބާއްވާފައި ވަނީ 23 ސެޕްޓެމްބަރުގައެވެ. އެއިގެ ކުރިން 2013ގެ އިންތިޚާބު ބާއްވާފައި ވަނީ 7 ސެޕްޓެމްބަރު، 9 ނޮވެމްބަރު އަދި ދެވަނަ ބުރު 16 ނޮވެމްބަރުގައެވެ. 2088 ގެ ރިޔާސީ އިންތިޚާބު ބައްވާފައި ވަނީ 8 އޮގަސްޓް އަދި ދެވަނަ ބުރު 28 އޮގަސްޓްގައެވެ.

މިއިންތިޚާބުގައި ވާދަކުރުމަށް ޕީޕީއެމްގެ ޓިކެޓް ދީފަިއވާ ރައީސް ޔާމީނު ވަނީ ޖަލު ހުކުމަކާއެކު މަގާމުގެ ޝަރުތު އުނިވެފައެވެ. އެމްޑީޕީގެ ކެންޑިޓަކު ހޮވުމަށް ބާއްވާ އިންތިޚާބު މި ޖެނުއަރީ މަހު 28 ގައި އޮތް އިރު އިންތިޚާބުގައި ވާދަކުރަނީ މިހާރުގެ ރައީސް އިބުރާހިމް މުހައްމަދު ސާލިހާއި ކުރިގެ ަރއީސް އަދި ރައްޔިތުންގެ މަޖުލީހުގެ ރައީސް ރައީސް ނަޝީދު އެވެ. އަދި އެމްއެންޕީއިން މަޖުލިސް މެމްބަރު އަހުމަދު ނާޒިމު އާއި  އެމްޑީއޭގެ ލީޑަރު ސަން ޝިޔާމު އާއި އަމިއްލަ ގޮތުން ނައިބުގޭ އަލީ ޝިޔާމު އިންތިޚާބުގައި ވާދަކުރައްވާނެ ކަމުގެ އަޑުތައް ފެތުރިފައި ވެއެވެ.

ނަމަވެސް ރާއްޖޭގެ ސިޔާސީ މަސްރަހުގެ މަންޒަރު މުޅިން ސާފުވެގެން ދާނީ އެމްޑީޕީގެ ޕްރައިމަރީއަށް ފަހުގައި ކަމަށް ސިޔާސީ މަސްރަހު ދިރާސާ ކުރައްވާ ފަރާތްތަކުން ހާމަކުރައްވައެވެ. އެއީ މިސަރުކާރުގެ ކޯލިޗަނުގައި ހިމެނޭ 3 ޕާޓީ، ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އަދި އެމްއާރު އިން ރިޔާސީ އިންތިޚާބުގައި އަމަލުކުރާނެ ގޮތް އެނގިގެންދާނީ އެމްޑިޕީގެ ޕްރައިމަރީއަށް ފަހު ކަމަށް ބެލެވޭތީއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !