A wide advertisement which will be shown on all devices. (700 x 100)

ބޮޑެތި އިނާމުތަކާއެކު ‘ރަށި ބާޒާރޮ’ ފެށެނީ – ‘ލާތޯ-ލާތޯ’ ތައާރަފު ކުރުން އަލްފޮތި ސްޓޯލްގައި

ރަށި ބާޒާރޮ ފަށަނީ 3، 5، 6، 7، 8 ފެބްރުއަރީ ގައި

ބޮޑެތި އިނާމުތަކާއެކު ‘ރަށި ބާޒާރޮ’ ފެށެން ތައްޔާރުވަމުން އަންނަ ކަމަށް ފުވައްމުލައް ސިޓީ ކައުންސިލުން ހާމަކުރައްވައެވެ. މި ބާޒާރުގެ ކޮންމެ ރެއްގައިވެސް ގުރުއަތު ހޮވޭ ފަރާތަކަށް އަގުހުރި އިނާމެއް ދިނުމަށް ހަމަޖެހިފައި ވެއެވެ.

ފުވައްމުލައް ސިޓީގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު ބާޒާރު ބޭއްވުމަށް ހަމަޖެހިފައި ވަނީ މި ފެބްރުއަރީ މަހު 3 އިން 8 އަށް ކޮންމެ ރެއަކުވެސް 20:00 އިން 23:00 އަށް ފުވައްމުލަކު އިޖުތިމާއީ މަރުކަޒުގެ ގޯތިތެރޭގައެވެ. މިއީ ފުވައްމުލައް ސިޓީ ކައުންސިލާއި ފުވައްމުލަކު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީ (ޑަބްލއިޔުޑީސީ) އިން އިނތިޒާމުކުރާ ބާޒާރެކެވެ.

މި ބާޒާރުގައި ފުވައްމުލައް ސިޓީގައި ހުރި ބޮޑެތި ވިޔަފާރުތަކުންނާއި ގިނަ އަދަދެއްގެ ކުދި ވިޔަފާރި ތަކާއެކު ޖުމުލަ 52 ވިޔަފާރިއަކުން ވެސް ބައިވެރިވެއެވެ. އޮންލައިން ވިޔަފާރި ކުރާ ފަރާތްތަކާއި ގޭގައި ތިބެގެން މަސައްކަތް ކުރާ މީހުން ވެސް މިބާޒާރުގައި ބައިވެރިވެއެވެ.

ރަށިބާޒާރޮ- އިނާމުތަކާއެކު

ބާޒާރުގައި ވިއްކާ ތަކެއްޗަކީ ކޮލިޓީ ރަނގަޅު އަދި އަގު ވަރަށް ބޮޑުތަން ކުޑަ ކުރެވިފައިވާ ތަކެތި ކަމުގެ މައުލޫމާތު ބާޒާރުގައި ބައިވެރިވާ ފަރާތްތަކުން ބުނެއެވެ.

މި ބާޒާރުން ބަދިގެ ސާމާނާއި ގޭތެރެ ޒީނަތްތެރި ކުރުމުގެ ސާމާނާއި ހާޑްވެއާ، އަދި ރަށުގެ އުފެއްދުން ތައް ވެސް ލިބެން ހުންނާނެއެވެ.

މި ބާޒާރުގައި ބައިވެރިވާ އޮންލައިން ވިޔަފާރިއެއް ކަމަށްވާ ‘އަލް ފޮތި’ އިން މައުމޫމާތު ދިން ގޮތުގައި އެ ސްޓޯލުން ވިއްކާނީ މުޅިންވެސް އައު މުދަލެވެ. މޮޅު ދިގުހެދުން ފޮއްޗާއި، ބުރުގާ އަދި އިސްޓާކީނެވެ. އިސްޓާކީނުތައް ޚާއްސަ ކުރެވިފައި ވަނީ ފުވައްމުލަކުގައި ވެސް ކޮންމެ އަހަރަކު ފާހަގަ ކުރަމުން އަންނަ ޑައުން ސިންޑްރޯމް ޑޭއަށް ޚާއްސަކޮށްގެންވެ. އެގޮތުން ބޮޑެތި މީހުންނާއި ކުޑަކުދިން އަދި ހުރިހާ އުމުރެއްގެ މީހުންގެ އިސްޓާކީނު ވެސް ލިބެން ހުންނާނެ ކަމަށެވެ. ހުރިހާ އައިޓަމް ތަކެއްވެސް ވާނީ %25 އާއި %50 އަށް އަގު ދަށްކުރެވިފައި ކަމަށް މައުލޫމާތު ދެއެވެ.

ވަކިން ޚާއްސަކޮށް އެތުލެޓިކްސްގައި އަވީގައި އުޅޭ ފަރާތްތަކަށް އެންޓި-ޔޫވީ ނިއްގަޑާއި އާދައިގެ ނިންގަޑުތައް ހެޔޮއަގުގައި ލިބެން ހުންންނާނެ ކަމަށް މައުލޫމާތު ދެއެވެ.

ލާތޯ-ލާތޯ – ހުނަރުވެރި ކުޅިވަރެއް

މިމާކެޓްގެ އަލްފޮތި ސްޓޯލުން ރާއްޖެއަށް މުޅިން އާ އައިޓަމެއް ކަމަށްވާ ކުޑަކުދިން ކުޅޭ ‘ލާތޯ-ލާތޯ’ ތައާރަފުކުރުން ވެސް އޮންނާނެ ކަމަށް މައުލޫމާތު ދީފައި ވެއެވެ. ލާތޯ-ލާތޯ އަކީ މިހާރު މެލޭޝިއާގައި ވަރަށް މަޝްހޫރު ކުޑަކުދިންކުޅޭ އެއްޗެކެވެ. ލާތޯ-ލާތޯ އަކީ އޭގައި ފިޒިކްސްގެ ތިއަރީތައް ބޭނުންކޮށްގެން މޮޅެތި ގޮތްތައް ހަދާލެވޭ އެއްޗެކެވެ. ލާތޯ-ލާތޯ ތައާރަފު ކުރުން އޮންނާނީ 5 ފެބްރުއަރީ ދުވަހުގެ ރޭ އަލްފޮތި ސްޓޯލްގައި ކަމަށް މައުލޫމާތު ލިބެއެވެ.

ލާތޯ-ލާތޯ – ހުނަރުވެރި ކުޅިވަރެއް

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !