ފަގީރުންގެ ދަފުތަރުގައި ރަޖިސްޓްރީ ނުވާ ފަރާތްތަކަށް ޝަކުވާއަށް ހުޅުވާލައިފި

ރާއްޖޭގެ ފަގީރުންގެ އަދަދުތައް 2016/17
Share on facebook
Share on twitter
Share on google

ފަގީރުންނާއި މިސްކީނުންގެ ދަފުތަރުގައި ރަޖިސްޓްރީ ވުމަށް އެދިފައި ރަޖިސްޓްރީ ނުވާ ފަރާތްތަކަށް ޝަކުވާ ހުށަހެލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ޝަކުވާގެ ފުރުސަތު މިފަހަރު ހުޅުވާލީ މިއަހަރު، 2023ގައި މިދަފުތަރުގައި ރަޖިސްޓްރީ ވުމަށް އެދިގެން ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަނުވާ ފަރާތްތަކަށެވެ. އެގޮތުން ޝަކުވާގެ ސިޓީ ހުށަހަޅަން ޖެހެނީ 12-16 މާރިޗު 2023 އާއި ދެމެދު ފުވައްމުލަކު ސިޓީ ކައުންސިލުގެ އިދާރާށެވެ.

މިއީ ކޮންމެ އަހަރަކުވެސް އަދާހަމަކުރެވޭ ދަފުތަރެކެވެ. ދަފުތަރުގައި ރަޖިސްޓްރީ ކުރެވެނީ އެކަމަށް އެދި ހުށަހެޅުމުން އިސްލާމިކް މިނިސްޓްރީ އިން ކަނޑައަޅާފައިވާ މިންގަނޑަށް ފެތޭތޯ އެ މިނިސްޓްރީއިން ބެލުމަށް ފަހު ކަމަށް މައުލޫމާތު ލިބެއެވެ.

ފަގީރުންގެ ގޮތުގައި ބަލަނީ އާމްދަނީގެ ގޮތުގައި މަހެއްގެ މައްޗަށް ވަކިވަރަކަށް ވުރެ މަދުން ލިބޭ ފަރާތްތަކެވެ.

ފުވައްމުލައް ސިޓީގައި މިއަހަރު ފަގީރުންގެ ގޮތުގައި ރަޖިސްޓްރީވެފައި ވަނީ ކިތައްމީހުން ކަމެއް ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް މިކަލް ނޫހުން އަންދާޒާކުރަނީ 250 އެއްހާ މީހުން ފަގީރުންގެ ގޮތުގައި ރަޖިސްޓްރީ ވެފައި ތިބޭނެ ކަމަށެވެ.

ފަގީރުކަމުގެ ސާރވޭ 2018، ދުވާލަކަށް 74 ރ. އަށްވުރެ މަދުން ލިބެނީ ފަގީރުން

އާމްދަނީގެ މިންގަޑުން ރާއްޖޭގައި ފަގީރުންގެ ގޮތުގައި ބަލަނީ ދުވާލެއް މައްޗަށް 74 ރުފިޔާ އަށް ވުރެ މަދުން އާމްދަނީ ލިބޭ އާއިލާތަކެެވެ. އެގޮތުން ރާއްޖޭގެ %8 މީހުންނަކީ ފަގީރުންނެވެ. ނަމަވެސް މި މިންގަނޑާއި އިސްލާމިކް މިނިސްޓްރީއިން ގެންގުޅޭ މިންގަޑު ތަފާތުކަމަށް ވެއެވެ.

ރާއްޖޭގެ ފަގީރުކަމުގެ ނިސްބަތް ގައުމީ މިންގަނޑުން 2019ގައި ހުރީ %5.4ގައެވެ. ނަމަވެސް ޕާޗޭސިން ޕަވާއަށް ބަލާއިރު ދިވެހިރާއްޖޭގެ އިގުތިސާދަކީ ދުނިޔޭގެ 73ވަނަ އަށް އެންމެ މުއްސަދި އިގުތިސާދު ކަމަށް ވޯލްޑްޑޭޓާ އިންފޯ އިން ހާމަކުރެއެވެ.

3.5/5.0 Article rating
2 Reviews
  1. 5
  2. 4
  3. 3
  4. 2
  5. 1
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments