A wide advertisement which will be shown on all devices. (700 x 100)

ޕައިލެޓްކަން ކިޔަވަމުން ދިޔަ ފުވައްމުލަކުގެ ދަރިވަރަކު މަގުމަތީ އެކްސިޑެންޓެއްގައި އައިސީޔޫގައި

ލުހައިމު - ފިލިޕީންސްގައި ޕައިލެޓް ޓްރެިނިންގައި.

ޕިލިޕީންސްގައި ޕައިލެޓްކަން ކިޔަވަމުން ދިޔަ ފުވައްމުލައް ސިޓީގެ ދަރިވަރަކު މަގުމަތީ އެކްސިޑެންޓެއްގައި ހާލުދެރަވެ އައިސީޔޫގައި ފަރުވާދޭން ފަށައިފިއެވެ.

މިކަލް ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެކްސިޑެންޓް ވެފައިވަނީ ލުހެއިމް މުހައްމަދު އިސްމާއީލު، 21 އަހަރު އެވެ. އެއީ ފުވައްމުލައް ސިޓީ ކައުންސިލް މެމްބަރު މުހައްމަދު އިސްމާއީލުގެ ފިރިހެން ދަރިފުޅު ކަމަށް މައުލޫމާތު ލިބެއެވެ.

މިއެކްސިޑެންޓް ހިނގާފައި ވަނީ ފާއިތުވި ހުކުރު ދުވަހުގެ ރޭ އޭނާ ދުއްވާފައި ދިޔަ ސައިކަލު އެހެން ސައިކަލެއްގައި ޖެހިގެންނެވެ. މިއެކްސިޑންޓުވެ ލުހައިމުއަށް ވަނީ ބޮޑެތި އަނިޔާތަކެއް ވެފައެވެ. އޭނާގެ ދެފައި ބިނދި ބޮލަށް ވެސް ގެއްލުންވެފައިވާކަމަށް ވެއެވެ. އެކްސިޑެންޓަށް ފަހު އޭނާ އަދިވެސް ހޭނާރާ ކަމަށް ވެއެވެ.

އެކްސިޑެންޓްގެ ޚަބާރާއެކު އާއިލާ މީހުން ފިލިޕީންސަށް ދަތުރުކޮށްފައިވާ ކަމަށާއި އާއިލާއިން މަސައްކަތް ކުރަނީ އިތުރު ފަރުވާއަށް އޭނާ އިންޑިއާއަށް ގެންދިއުމަށް ކަމަށް ‘މިހާރު’ ނޫހުން ހާމަކޮށްފައި ވެއެވެ.

ލުހައިމު އަކީ ފިލިޕީންސްގެ އެއާވޯކްސް އޭވިއޭޝަން އެކަޑެމީގައި ޕައިލެކްޓް ކަން ކިޔަވަމުންދާ ދަރިވަރެކެވެ.

 

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !