ރޭ ތާރު މަގުގައި ކާރަކާއި ސައިކަލެއް އެކްސިޑެންޓްވެ ދެމީހުންނަށް އަނިޔާވެއްޖެ

ރޭގެ އެކްސިޑެންޓްގެ ހާދިސާ.
Share on facebook
Share on twitter
Share on google

ރޭ ފުވައްމުލަކު ނާއިބު ތުއްތު މަގު ނުވަތަ ތާރު މަގުގައި ކާރަކާއި ސައިކަލެއް އެކްސިޑެންޓްވެ ދެ މީހުންނަށް އަނިޔާވެއްޖެއެވެ.

މިއެކްސިޑެންޓް ހިނގީ ތާރުމަގުން ހޯކްސް ޕެޓްރޯލް ޝެޑުން ނުކުމެ މަގުން ހުޅަނގު ކޮޅަށް އަނބުރާލި ސައިކަލެއްގައި އެމަގުގެ އިރުން ހުޅަނގަށް ދުއްވާފައި އައި ކާރަކުން ޖެހިގެން ކަމަށް މައުލޫމާތު ލިބިފައި ވެއެވެ. ރޭ 9:30 ހާއިރު ހިންގި މިއެކްސިޑެންޓްގައި ޝާމިލުވި ސައިކަލު ދުއްވަން އިނީ ދަޑިމަގު އަވަށުގެ ޒުވާން އަންހެނެކެވެ. އަދި އެސައިކަލުގެ ފަހަތުގައި މެދުއުމުރުގެ އަންހެނަކު ހުއްޓެވެ.

އެކްސިޑެންޓްގައި ބޮޑަށް އަނިޔާ ލިބިފައިވަނީ ސައިކަލުގެ ފަހަތުގައި އިން މެދުއުމުރުގެ އަންހެން މީހާއަށެވެ. އޭނާގެ ދެފައި ވެސް ބިންދައިގެން ގޮސްފައިވާ ކަމަށް މައުލޫތު ލިބެއެވެ. ފުވައްމުލައް ހޮސްޕިޓަލުގައި އެ ދެ މީހުންނަށް ވެސް ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް މެދުއުމުރުގެ އަންހެންމީހާ ވަނީ މާލެ ގެންގޮސްފައެވެ. ސައިކަލު ދުއްވަން އިން އަންހެން މީހާއަށް މާކަބޮޑެތި އަނިޔާތަކެއް ލިބިފައި ނުވާކަމަށް ވެއެވެ.

މިއެކްސިޑެންޓްގެ މައުލޫމާތު ފުލުހުންނާއި ހަވާލާ ދީ އޮންލައިން މީޑިއާ އަކުން ހާމަކުރި ގޮތުގައި މިއެކްސިޑެންޓުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ ރޭ 9؛50 ހާއިރު އެވެ. އަދި މިއެކްސިޑެންޓާއި ގުޅިގެން ބަލަން ޖެހޭ ކަންތައްތައް ބަލަމުން އަންނަ ކަމަށް ހާމަކޮށްފައި ވެއެވެ.

 

 

No Article rating
0 Reviews
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments