ފުވައްމުލަކު ފަރަށް ޑައިވިން ކުރުމުގެ އުސޫލެއް ދައުލަތުގެ ގެޒެޓްގައި ޝާއިއުކޮށްފިއެވެ.
“ފުވައްމުލަކު އިހުތިސާސު ތެރޭގައި ހިމެނޭ ކަނޑުގެ ސަރަހައްދު ފަތުރުވެރިކަމުގެ ބޭނުމަށް މެނޭޖުކުރުމާއި ބެހޭ ގަވާއިދު” ގެނަމުގައި 5 ޖޫން 2023ގައި ޝާއިކުރި މި ގަވާއިދުގައި 16 މާއްދާއެއް ހިމެނެއެވެ. މި ގަވާއިދުގައިވާ ގޮތުން ފަތުރުވެރިކަމުގެ ބޭނުމަށް މި ސަރަހައްދު މެނޭޖުކުރުމުގެ ގޮތުން 2 ޒޯނަކަށް ވަނީ ބަހާފައި ވެއެވެ.
ޒޯން 1: ޓައިގާ ޝާކް ޕޮއިންޓް – ފުވައްމުލަކު ބަނދަރަށް ވަންނަ ނެރު ކައިރީ ސަރަހައްދު.
ޒޯން 2: ފުވައްމުލަކުގެ އިހުތިސާސުތެރޭގައި ހިމެނޭ އެހެނިހެން ހުރިހާ ޑައިވް ސައިޓްތައް.
ފުވައްމުލަކުގެ އިހުތިސާސްތެރޭގައި ހިމެނޭ ސަރަހައްދަކީ ފުވައްމުލަކުގެ އުރަފަށުން ފެށިގެން 700 މީޓަރުގެ ސަރަހައްދެވެ. މިސަރަހައްދަށް ނަގިލި ލުމަކީ މަނާކަމެކެވެ.

ފުވައްމުލަކުގެ އިހުތިސާސްގައި ހިމެނޭ 700 ކިލޯމީޓާރުގެ ސަރަހައްދު
ގަވާއިދުގެ 7 ވަނަ މާއްދާގައިވާ ގޮތުން މަސްވެރިކަމަށް ފިޔަވައި ފުވައްމުލަކުގެ ސަރައްދަށް އެއްވެސް ބޭނުމެއްގައި ޑައިވް ކުރަން ވާނީ ހުއްދަ ސިޓީ ކައުންސިލުން ހުއްދަ ނަގައިގެންނެވެ، މި ސަރަހައްދަށް ޑައިވްކުރާ ގްރޫޕްތަކުގައި ކޮންމެ 10 ޑައިވަރަކަށް ސިޓީ ކައުންސިލުގެ ހުއްދަ ލިބިފައިވާ 1 ގައިޑު އަދި މޫސުން ރަނގަޅު ނޫން ދުވަސްތަކުގައި ކޮންމެ 5 ޑައިވަރަކަށް 1 ގައިޑް ހުންނަން ޖެހެއެވެ. މިސަރަހައްދުގައި މިޔަރަށް އަތުން ކާންދިނުމާއި ދިރޭ އެއްޗެއްސަށް ގޯނާކުރުމަކީ މަނާ ކަމެއްކަމަށް ވެއެވެ.
ފުވައްލަކު އިހުތިސާސު ހިމެނޭ ސަރަހައްދަށް ޑައިވް ކުރުން ހުއްދަވަނީ ހެނދުނު 6:00 އިން ހަވީރު 6:00 އަށެވެ. ޒޯން 1 އަށް އެއްފަހަރާ ޑައިވް ކުރެވޭނެ މީހުންގެ އަދަދު 35 އަށް ވަނީ ލިމިޓް ކޮށްފައެވެ.
އަންނަ ޖުލައި މަހު (2023) 1 އިން ފެށިގެން މި ސަރަހައްދުގައި ޑައިވް ގައިޑެއް ގޮތުން މަސައްކަތް ކުރެވޭނީ ގައިޑެއްގެ ގޮތުގައި ސިޓީ ކައުންސިލުގައި ރަޖިސްޓްރީ ކޮށްގެންނެވެ. މި ހުއްދަ ދޫކުރެވެނީ 3 އަހަރުގެ މުއްދަތަށް 500 ރުފިޔާގެ ފީއަކަށެވެ.

ފުވައްމުލަކުގެ އިހުތިސާސްގައި ހިމެނޭ ޓައިގާ ޝާކް ޑައިވް ޕޮއިންޓް
މި ސަރަހައްދަށް ޑައިވް ކުރުމަށް މި، 2023 ވަނަ އަހަރު ސެޕްޓެމްބަރު މަހުން ފެށިގެން ފީ ނަގާގޮތަށް ގަވާއިދުގައި ވެއެވެ.
ޑައިވް ފީ ނަގަނަނީ 15 ދުވަހަށް ޑައިވް ކުރާ ކޮންމެ މީހަކަށެވެ.
ބިދޭސީންނަށް
ރާއްޖެއިން ބޭރު އުޅަނދުތަކަށް – 200 ޑޮލަރު
ފުވައްމުލަކުގެ ނޫން ޑައިވް ސެންޓަރުތަކަށް – 55 ޑޮލަރު
ފުވައްމުލަކުގެ ޑައިވް ސެންޓަރުތަކަށް – 40 ޑޮލަރު
ދިވެހިން އަދި ވޯކް ވިސާ، ސްޓޫޑެންޓް ވިސާ ބޭރު މީހުންނަށް
ރާއްޖެއިން ބޭރު އުޅަނދުތަކަށް – 200 ޑޮލަރު
ފުވައްމުލަކުގެ ނޫން ޑައިވް ސެންޓަރުތަކަށް – 20 ޑޮލަރު
ފުވައްމުލަކުގެ ޑައިވް ސެންޓަރުތަކަށް – 20 ޑޮލަރު
ޚިޔާލުތައް
ދެން ތިކަން އިންސްޕެކްޓް ކުރަން ސިޓީކައުންސިލަށް ޑައިވަރުން ހޯދަންވީ!