A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލައް ޓޫރިޒަމް އެވޯޑްސް އަށް ނަންހުށަހެޅުމަށް ހުޅުވާލައިފި

ބެންކޮކް ޑައިވް ފެއާގައި ފުވައްމުލައް ސިޓީ ޕްރޮމޯޓް ކުރަނީ 2023 މެއި

ފުވައްމުލަކުގެ ފަތުރުވެރިކަމަށް 10 އަހަރު ފުރުމާއި ގުޅުވައިގެން، ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ އެކި ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ފުވައްމުލައް ސިޓީ ކައުންސިލުން އިންތިޒާމް ކޮށްގެން “ފުވައްމުލައް ޓޫރިޒަމް އެވޯރޑްސް 2024 ” އަށް ނަން ހުށަހެޅުމަށް ފުވައްމުލަކު ސިޓީ ކައުންސިލުން ހުޅުވާލައިފިއެވެ.

މިއިނާމު ދިނުމުގައި ބަލާނެ މިންގަނޑުތަކާއި އިނާމްތަކުގެ ތަފްސީލް އަދި ނަން ހުށަހަޅާ ފޯމު ފުވައްމުލަކު ސިޓީ ކައުންސިލުން މިހާރުވަނީ އިއުލާންކޮށްފައެވެ.  އަދި މި އެވޯރޑްތަކަށް ނަން ހުށަހެޅުމަށް ޝައުޤުވެރިވާ ފަރާތްތަކުން 19 ސެޕްޓެމްބަރ 2024 ވާ ބުރާސްފަތި ދުވަހުގެ 12:00ގެ ކުރިން އިއުލާނާއިއެކުވާ ގޫގްލް ފޯމް ފުރުމަށްވެސް ފުވައްމުލަކު ސިޓީ ކައުންސިލުން އެދިލައްވައެވެ.

ފުވައްމުލަކު ސިޓީގައި މިވަގުތު ރަޖިސްޓްރީވެފައިވާ 25 ގެސްޓްހައުސް ގެ 346 އެދު އެބަހުއްޓެވެ. ފެމުނު މިއަރުގެ ޚާއްސަ މަންޒިލެއްކަމަށްވާ ފުވައްމުލަކު ސިޓީއަށް ފަތުރުވެރިން ޒިޔާރަތްކުރަމުންދަނީ ހަމައެކަނި ޑައިވިންއަށެވެ. ގެސްޓް ހައުސް ގިނަވެ އެކަށީގެންވާ މިންވަރަށް ގެސްޓުން ނުލިބޭކަމުގެ ޝަކުވާ ބައެއް ގެސްޓްހައުސްތަކުން މިހާރުވެސް ކުރަމުންދެއެވެ. ފުވައްމުލަކު ޓޫރިޒަމް ކުރިއެރުމަށް ފުވައްމުލައް ޓުއަރިޒަމް ޕްރޮމޯޝަން ބޯޑެއް އެކުލަވާލާ އެބޯޑަށް މެންބަރުންވެސް ވަނީ މިދިޔަ އަހަރު ހޮވާފައެވެ.

+1
2
+1
1


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !