A wide advertisement which will be shown on all devices. (700 x 100)

ވަޖީހު އެމްޕީއެލްގެ އެމްޑީ މަގާމުން ވަކިކޮށްފި

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ މެނޭޖިން ޑިރެކްޓަރު ގެ މަގާމުންނާއި ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަގާމުން މުހައްމަދު ވަޖީހު އިބްރާހިމް  ވަކިކޮށްފިއެވެ. ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ރޭ ކުރި ޓުވީޓެއްގައި ބުނީ، އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުންނާއި އެ ކުންފުނީގެ ބޯޑު ޑިރެކްޓަރުކަމުން ވަޖީހު ވަކިކޮށްފައިވާ ކަމަށެވެ. ނަމަވެސް ވަކިކުރި ސަބަބެއް ހާމައެއްނުކުރެއެވެ. ފުވައްމުލަކަށް އުފަން ވަޖީހު އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަން ކޮށްފައިވަނީ 28 ނޮވެމްބަރު 2023 ގަ އެވެ.

ފާއިތުވީ އަހަރެއްހާ ދުވަސްތެރޭ ވަޖީހުވަނީ އެމްޕީއެލްއަށް ގިނަ ކުރިއެރުންތަކެއް ގެނެސްދެއްވާފައެވެ. އެގޮތުން، ޑޮކްޔާޑެއް އެޅުމުގެ މަސައްކަތާއި، ބަންކަރިންގެ ޚިދުމަތާއި، ގާދޫގައި މެރިޓައިމް ހަބެއް ގާއިމުކުރުގެ މަސައްކަތްވަނީ ފަށާފައެވެ. އަދި ފާއިތުވީ 2024 ވަނަ އަހަރު ވަޖީހުގެ އެމްޑީކަމުގައި ރެކޯޑު އަދަދަކަށް ކޮންޓެއިނާއަށް ޚިދުމަތް އެމްޕީއެލްއިން ވަނީ ދީފައެވެ.

ވަޖީހަކީ 2013 އިން ފެށިގެން 2022 ވަނަ އަހަރާ ހަމައަށް ވެސް އެމްޕީއެލްގެ އިސް މަގާމުތަކެއް ފުރުއްވި ބޭފުޅެކެވެ. އެމްޕީއެލްގައި ވަޖީހު ހޭދަކުރެއްވި ނުވަވަރަކަށް އަހަރުގައި ވަނީ އެސިސްޓެންޓް ޖެނެރަލް މެނޭޖަރު ކަމާއި ޖެނެރަލް މެނޭޖަރު ކަމާއި އެސިސްޓެންޓް ސީއީއޯގެ މަގާމު ވެސް ފުރުއްވައިފަ އެވެ.

އެމްޕީއެލްގެ ވަޒީފާ އަދާކުރެއްވުމުގެ ކުރިން ވަޖީހު ވަނީ ރާއްޖޭގެ ގިނަ ސްކޫލުތަކެއްގެ ޕްރިންސިޕަލްކަމުގެ މަގާމު ފުރުއްވައިފަ އެވެ. އެޑިއުކޭޝަން މިނިސްޓްރީގެ ފައިނޭންސް ޑިޕާޓްމެންޓްގައި ވެސް ވަޖީހު ކުރިން މަސައްކަތް ކުރެއްވި އެވެ.

 

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !