A wide advertisement which will be shown on all devices. (700 x 100)

ޑިޖިޓަލް ޓެކްނޮލޮޖީގެ ފައިދާ ކޮންމެ ރައްޔިތަކަށްވެސް ކުރު މުއްދަތެއްގެ ތެރޭގައި ލިބޭނެ: މިނިސްޓަރ އިހުސާން

ޑިޖިޓަލް ޓެކްނޮލޮޖީގެ ފައިދާ ކޮންމެ ރައްޔިތަކަށްވެސް ކުރު މުއްދަތެއްގެ ތެރޭގައި ލިބޭނެ މަގު ފަހިކުރުމަށް ސަރުކާރުން މިހާރު މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

އޭޝިޔާ ޕެސިފިކް ރީޖަންގެ އިންފޮމޭޝަން ކޮމިޔުނިކޭޝަން ވަޒީރުންގެ ބައްދަލުވުމުގައި ތަޤުރީރުކުރައްވަމުން ވަޒީރު ވަނީ ޑިޖިޓަލް ޓެކްނޮލޮޖީގެ ފައިދާ ކޮންމެ ރައްޔިތަކަށްވެސް ކުރު މުއްދަތެއްގެ ތެރޭގައި ލިބޭނެ މަގު ފަހިކުރުމަށް ސަރުކާރުން މިހާރު މަސައްކަތްކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވާ މި ކަންކަން ފަހިކުރުމުގައި ކޮންމެ ޤައުމަކަށްވެސް މިހާރު އޮތް އެންމެ ބޮޑު އެއް ދައްޗަކީ ޓެކްނޮލޮޖީގެ ބޭނުން ބައެއް މީހުން ނަހަމަ ގޮތުގައި ހިފުން ކަމަށް ވިދާޅުވެފައެވެ.

އެގޮތުން ސައިބަރ ކުށްތައްކޮށް، އެތައް ބައެއްގެ ފައިސާއާއި ކުންފުނިތަކުގެ މުހިންމު މަޢުލޫމާތު އަތުލައި، ނަހަމަ ކަންކަން ކުރަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު ވަނީ ސައިބަރ ކުށްތައް ހިންގާ މީހުންނާމެދު ފިޔަވަޅު އެޅުމަށް ހަރުދަނާ ސިޔާސަތުތަކާއި ޤާނޫނުތައްވެސް އެކުލަވާލަންޖެހޭ ކަމަށާއި އަދި ސައިބަރ ކުށްތަކާ ދެކޮޅަށް ފިޔަވަޅު އެޅުމުގައި ސަރަހައްދީ ޤައުމުތައް ގުޅިގެން މަސައްކަތްކުރުމަށް ގޮވާލައްވާފައެވެ.

މީގެ އިތުރުން ވަޒީރު ވަނީ ޓެކްނޮލޮޖީ ބޭނުންކުރުމަށް ދިވެހި ސަރުކާރުން ވަރަށް ބޮޑަށް އިސްކަންދޭކަން ފާހަގަކުރައްވާ ޓެކްނޮލޮޖީ އާއި އިނޮވޭޝަންގެ ފައިދާތައް ދެނެގަނެ، ޑިޖިޓަލް އިންފްރާސްޓްރަކްޗަރގެ ބޭނުން ހިފުމަށްޓަކައި، ޑިޖިޓަލް ޓްރާންސްފޯމޭޝަނަށް ފޯކަސް ކުރަމުން ގެންދާވާ ކަމަށްވެސް ވިދާޅުވެފައެވެ.

“ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ “ޑިޖިޓަލް ފަސްޓް ނޭޝަން” ސިޔާސަތު ވަނީ މިދިޔަ މަހު އިފްތިތާޙުކޮށްފައި. “މޯލްޑިވްސް 2.0″އަކީ ރައީސްގެ އަމާޒުކަމުގައިވާ ޑިޖިޓަލް ޓްރާންސްފޮމޭޝަނެއް ގެނައުމަށް ސަރުކާރުން ދޭ ޚިދުމަތްތަކާއި އިޤުތިޞާދީ ކުރިއެރުމާއި ޢާންމު ޚިދުމަތްތަކާއި ފުރުޞަތުތަކާއި މުހިންމު މަޢުލޫމާތު ޑިޖިޓަލް ވަޞީލަތްތަކުގެ އެހީތެރިކަމާއެކު ދިވެހި ރައްޔިތުންނަށް ފޯރުކޮށްދިނުން.” – ވަޒީރު އިހުސާނު

ވަޒީރު ވަނީ ޑިޖިޓަލް އިންފްރާސްޓްރަކްޗަރ ބޭނުންކުރުމަށް އަހަންމިއްޔަތުކަން ދެމުން ދިޔަ ނަމަވެސް ޑިޖިޓަލް ސެކިއުރިޓީއަކީ އެންމެންނަށް ވެސް ކުރިމަތިވެފައިވާ ވަރަށް ބޮޑު ގޮންޖެހުމެއްކަންވެސް ފާހަގަކުރައްވާފައެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !