A wide advertisement which will be shown on all devices. (700 x 100)

ހިލޭ ޑިގްރީ ސްކީމަށް ސަރުކާރުން މިހާތަނަށް 230 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފި

ހިލޭ ޑިގްރީ ސްކީމްގެ ދަށުން ކިޔަވާ ދަރިވަރުންނަށް ސަރުކާރުން މިހާތަނަށް 230 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް، ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެ މިނިސްޓްރީން މިއަދު އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ހިލޭ ޑިގްރީ ސްކީމްގެ ދަށުން ކިޔަވާ ދަރިވަރުންނަށް މިހާތަނަށް 235.84 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، މި އަހަރުގެ މިހާތަނަށް 85.48 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ.

މިނިސްޓްރީގެ ތަފާސްހިސާބުތަކުން ހާމަވާ ގޮތުގައި، ހިލޭ ޑިގްރީ ސްކީމްގެ ދަށުން މިހާތަނަށް 20،554 ދަރިވަރަކަށް ޚަރަދުކޮށްފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • މިހާތަނަށް ރަޖިސްޓްރީވި 3،888 ދަރިވަރުން
  • މިހާތަނަށް ގްރެޖުއޭޓްވި 5،412 ދަރިވަރުން
  • މި އަަހަރު ރަޖިސްޓްރީކުރި 1،100 ދަރިވަރުން
  • މި އަހަރު ގްރެޖުއޭޓްވި 2،068 ދަރިވަރުން
  • މިހާރު ކިޔަވަމުން އަންނަ 8،086 ދަރިވަރުން

މިދިޔަ ސަރުކާރުން ހިލޭ ޑިގްރީ ސްކީމް ތައާރަފްކުރީ ފެބްރުއަރީ 14، 2019 ގައެވެ.

ހިލޭ ޑިގްރީގެ ފެށުން އިފްތިތާހުކުރުމަށް އެ ދުވަހު ގައުމީ ޔުނިވާސިޓީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވީ، ރާއްޖޭގެ ހުރިހާ ޒުވާނުން ވެސް މަސައްކަތް ކުރަންވީ، ސަރުކާރުން ފަހިކޮށްދިން ތަނަވަސް ފުރުސަތުގެ ބޭނުން ޒިންމާދާރުކަމާއެކު ހިފައި، އުފެއްދުންތެރި އިލްމީ ބަޔަކަށްވުމަށް ކަމަށެވެ.

އެ ފުރުސަތުގެ ސަބަބުން މަތީ ތަޢުލީމު ހާސިލުކުރާ ޒުވާނުން އިތުރުވެ، ރާއްޖޭގެ އިގްތިޞާދަށް ބޭނުންވާ ތަޢުލީމީ ގާބިލު ޒުވާނުންތަކެއް ބިނާކުރެވިގެންދާނެކަން ޔަގީންކަން އެބައޮތް ކަމަށް ވެސް އެމަނިކުފާނު އެ ދުވަހު ވިދާޅުވިއެވެ.

 

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !