ލ. ކައްދޫ އެއާޕޯޓު، ބައިނަލްއަގްވާމީ ފެންވަރަށް ތަރައްގީ ކުރަން އެމްއޭސީއެލް އާއި ހަވާލުކޮށްފި އެވެ.
މި މަސައްކަތް އެމްއޭސީއެލް އާއި ހަވާލުކޮށްފައި ވަނީ ރައީސުލްޖުމްހޫރީއްޔާ ޑރ. މުހައްމަދު މުއިއްޒު ލ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
ލ. ކައްދޫ އެއާޕޯޓު، ބައިނަލްއަގްވާމީ ފެންވަރަށް ތަރައްގީ ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ފޮނަދޫގައި ބޭއްވި ރަސްމިއްޔާތުގައި ފިނޭންސް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާއި ބެހޭ ވަޒީރު މޫސާ ޒަމީރާއި، އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު އެވެ.
މި އެއްބަސްވުމުގެ ދަށުން، ކައްދޫ އެއާޕޯޓު، އިންޓަނޭޝަނަލް ފެންވަރަށް ތަރައްގީކޮށް، އޮޕަރޭޓް ކުރުމާއި ލ. ފޮނަދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުން ހިމެނެއެވެ.
މި މަޝްރޫއުގެ ދަަށުން ކައްދޫ އެއާޕޯޓު ތަރައްގީ ކުރަން ނިންމާފައި ވަނީ، 2،800 މީޓަރުގެ ދިގު ރަންވޭއަކާއެކު އެވެ.
މީގެ އިތުރަށް އާޕޯޓު މަޝްރޫއު އަށް 114 ހެކްޓަރުގެ ބިން އަދި ފޮނަދޫގެ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން، 30 ހެކްޓަރުގެ ބިން ހިއްކުމަށްވެސް ވަނީ ނިންމާފަ އެވެ.
ޚިޔާލުތައް