ކެމްބޯޑިއާ ގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ޚާރިޖީ ވަޒީރު ސޮކޮން ޕްރަކް އަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފި އެވެ.
ވަޒީރުގެ މެސެޖުގައި ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުން އަދި ވަޒީރުގެ އަމިއްލަ ނަންފުޅުގައި ކެމްބޯޑިއާ ގެ މިނިވަން ދުވަހުގެ އުފާވެރި މުނާސަބަތުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރައްވާފައިވެއެވެ. އަދި ދިވެހިރާއްޖެ އާއި ކެމްބޯޑިއާ އާ ދެމެދު އޮތް ގާތް ރަޙްމަތްތެރިކަމުގެ ގުޅުން ކުރިއަަަށް އޮތް އަހަރުތަކުގައި އިތުރަށް ހަރުދަނާވެގެންދާނެކަމަށް ޔަޤީންކުރައްވާކަމަށްވެސް ވިދާޅުވިއެވެ.
ކެމްބޯޑިއާ ފްރާންސްގެ އަޅުވެތިކަމުން މިނިވަންވެފައިވަނީ 1953 ވަނަ އަހަަރުގެ ނޮވެންބަރުމަހުގެ 9 ވަނަ ދުވަހުއެވެ.
+1
+1



ޚިޔާލުތައް